logo
E-Platinum
ކުޅިވަރު

ޔުއޭފާ ޗެންޕިއަންސް ލީގު: ލިވަރޕޫލާއި އެތްލެޓިކޯ މޮޅުވިއިރު، ޑޯޓްމަންޑް ބަލިވެއްޖެ

އަބްދުﷲ ޣާނިމް
22 ޖެނުއަރީ 2025 - 08:28
ލިވަރޕޫލުގެ ގޯލުޖެހި ދެކުޅުންތެރިން. ފޮޓޯ: ލިވަރޕޫލް
ލިވަރޕޫލުގެ ގޯލުޖެހި ދެކުޅުންތެރިން. ފޮޓޯ: ލިވަރޕޫލް

ޔުއޭފާ ޗެންޕިއަންސް ލީގުގައި ލިވަރޕޫލް އާއި ލިލް ވާދަކުރި ފޯރިގަދަ މެޗުން ލިވަރޕޫލު މޮޅުވެފައިވާއިރު، އެތްލެޓިކޯ މެޑްރިޑް ބަޔާރ ލެވަރކޫސަން އަތުން މޮޅުވެއްޖެއެވެ.

 

ލިވަރޕޫލުގެ އަމިއްލަ ދަނޑުގައި ލިލް އާއި ދެކޮޅަށް ކުޅުނު މިމެޗު ލިވަރޕޫލުން ކާމިޔާބުކުރީ 2-1 އިންނެވެ. މިމެޗުގައި ސަލާހު 34 ވަނަ މިނެޓުގައި ގޯލުޖަހާފައިވާއިރު، 62 ވަނަ މިނެޓުގައި ލިލް ގެ ހުނަރުވެރި ފޯވާޑް ޖޮނަތަން ވަނީ ނަތީޖާ ހަމަކޮށްދީފައެވެ. މެޗުގެ 59 ވަނަ މިނެޓުގައި ލިލް ގެ ކުޅުންތެރިޔަކަށް ރަތްކާޑު ދައްކާފައިވާއިރު، މެޗުން ލިވަރޕޫލު މޮޅުކޮށްދިން ގޯލު ކާމިޔާބުކޮށްފައިވަނީ 67 ވަނަ މިނެޓުގައި ހަރވޭ އެލިއެޓް އެވެ. މިމޮޅާއެކު ލިވަރޕޫވު އޮތީ ތާވަލުގެ އެއްވަނައިގައެވެ.

 

އެތްލެޓިކޯ މެޑްރިޑާއި ލެވަރކޫސަން ވާދަކުރި ފޯރިގަދަ މެޗުގައި އެތްލެޓިކޯ ވަނީ ފަހަތުން އަރައި މޮޅުވެފައެވެ. އެގޮތުން ފުރަތަމަ ހާފުގެ ފަހުމިނެޓުގައި ލެވަރކޫސަން އިން ގޯލު ޖަހާފައިވާއިރު، މެޗުގެ 52 އަދި 90 ވަނަ މިނެޓުގައި އެތްލެޓިކޯގެ ގޯލުތައް ކާމިޔާބުކޮށްދިނީ އަލްވާރޭޒް އެވެ. މިމެޗު ނިމުނީ 2-1 އިންނެވެ. ރޭގެ މޮޅާއެކު އެތްލެޓިކޯ ވަނީ ތާވަލުގެ 3 ވަނަ އަށް އަރާފައެވެ.

474497022_18485719189039015_6840627185281573727_n.jpg

އެތްލެޓިކޯގެ 2 ގޯލުވެސް ކާމިޔާބުކޮށްދިނީ އަލްވާރޭޒް. ފޮޓޯ: އެތްލެޓިކޯ

 

 

ރޭގައި ކުޅެވުނު ފާހަގަކޮށްލެވޭ އެހެން މެޗަކަށް ބަލާއިރު، މިދިޔަ އަހަރުގެ ރަނަރަފް ޓީމު ޑޯޓްމަންޑު ރޭގައި ވަނީ ބޮލޯނިޔާ އަތުން 2-1 އިން ބަލިވެ ތާވަލުގެ 13 ވަނަ އަށް ވެއްޓިފައެވެ. މި ނަތީޖާއާއެކު ޑޯޓްމަންޑުގެ ކޯޗު ޝަހީން ކޯޗުކަމުން ވަކިކުރާނެކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިއުގޯ އެކިޓިކެ ގެ ސޮއި ހޯދުމަށް ލިވަޕޫލުން ތައްޔާރުވެއްޖެކުޅިވަރު | 14 ދުވަސް ކުރިންއިސާކްގެ ސޮއި ހޯދުމަށް ލިވަޕޫލުން ރެކޯޑް އަގެއް ހުށަހަޅައިފިކުޅިވަރު | 16 ދުވަސް ކުރިންރޮޑްރީގޯގެ ސޮއި ހޯދުމަށް ލިވަރޕޫލުން މަސައްކަތްކުރަނީކުޅިވަރު | 19 ދުވަސް ކުރިންކޮނާޓޭ ރެއާލް އަށް ދާން ބޭނުންވާކަން ލިވަރޕޫލަށް އަންގައިފިކުޅިވަރު | 24 ދުވަސް ކުރިން