logo
Bank of Maldives

Bank of Maldives

ކުޅިވަރު

ހިއުގޯ އެކިޓިކެ ގެ ސޮއި ހޯދުމަށް ލިވަޕޫލުން ތައްޔާރުވެއްޖެ

އަބްދުﷲ ޣާނިމް
17 ޖުލައި 2025 - 14:13
އެކިޓިކެ އަކީ މިސީޒަނުގައި ލިވަޕޫލަށް ގެންނަ 5 ވަނަ ކުޅުންތެރިޔާ
އެކިޓިކެ އަކީ މިސީޒަނުގައި ލިވަޕޫލަށް ގެންނަ 5 ވަނަ ކުޅުންތެރިޔާ

އައިންޓްރެކްޓް ފްރޭންކްފަރޓްގެ ސްޓްރައިކަރު ހިއުގޯ އެކިޓިކެ ގެ ސޮއި ހޯދުމަށް ލިވަޕޫލުން ތައްޔާރުވެއްޖެއެވެ.

އެކިޓިކޭގެ ސޮއި ހޯދުމުގައި ނިއުކާސަލް ކުރީގައިވަނިކޮށް ލިވަޕޫލުން ވަނީ މިކުޅުންތެރިޔާގެ ރޭހުގައި ކުރިހޯދާފައެވެ. 23 އަހަރުގެ ފްރާންސްގެ މި ކުޅުންތެރިޔާމިހާރުވަނީ ލިވަޕުލާއެކު 6 އަހަރުގެ އެއްބަސްވުމެއްގައި ސޮއިކުރުމަށް އެއްބަސްވެފައެވެ. މިހާރު މިދަނީ ދެކުލަބު ދެމެދުގައި އަގު ކަނޑައެޅުމުގެ މަސައްކަތެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެކިޓިކެގެ ރިލީސް ކްލޯޒްގެ އަގަކީ 86.5 މިލިއަން ޕައުންޑެވެ. ނަމަވެސް ލިވަރޕޫލުން އުއްމީދު ކުރަނީ މި އަދަދަށްވުރެ ކުޑަ އަގެއްގައި އޭނާ ގެނެވޭތޯއެވެ.

މިއީ މި ސީޒަންގައި ލިވަޕޫލުން ސޮއި ހޯދާ ފަސްވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން އިނގިރޭސި ރެކޯޑު އަގު ކަމުގައިވާ 116 މިލިއަން ޕައުންޑަށް ބަޔަރ ލެވަކޫޒަންގެ ފްލޯރިއަން ވަރޓްޒް އަދި ހަމަ އެ ކުލަބުން ޖެރެމީ ފްރިމްޕޮންގް ވަނީ ގެނެސްފައެވެ. މީގެ އިތުރުން ބޯންމައުތުން 40 މިލިއަން ޕައުންޑަށް މިލޮސް ކެރްކެޒްގެ ސޮއި ހޯދާފައިވާއިރު ވެލެންސިއާގެ މާމަދުއަޝްވިލީގެ ސޮއިވެސް ލިވަޕޫލުން ވަނީ ހޯދާފައެވެ.

އެކިޓިކެ ވަނީ މިދިޔަ ސީޒަނުގައި 48 މެޗުން 22 ގޯލާއެކު 12 އެސިސްޓް ހަދާފައެވެ. އެކިޓިކެގެ ސޮޔާއެކު ލިވަޕޫލްގެ މި ސީޒަންގެ ހޭދަ 250 މިލިއަން ޕައުންޑަށްވުރެ މައްޗަށް ދާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޔުނައިޓެޑްގެ ކީޕަރ އޮނާނާ ތުރުކިޔޭއަށް، ސަޕޯޓަރުން އުފާ ފާޅުކުރަނީކުޅިވަރު | މަހެއް ކުރިންބޮޑާހޭކުން ކާމިޔާބު، ޖެކްސަން ބަޔާން އަށް ސޮއިކޮށްފިކުޅިވަރު | 2 މަސް ކުރިންގާޑިއޯލާގެ އަނދަވަޅުން ސަލާމަތްވުމަށް ދެ ކީޕަރުން، މިފަހަރު ޑޮނަރުމާކުޅިވަރު | 2 މަސް ކުރިންގޯޓު އެންތޮނީ އެނބުުރި ލަލީގާއަށްކުޅިވަރު | 2 މަސް ކުރިން