ކޮނާޓޭ ރެއާލް އަށް ދާން ބޭނުންވާކަން ލިވަރޕޫލަށް އަންގައިފި

ކޮނާޓޭއަކީ ނިމިދިޔަ ސީޒަނުގައި ލިވަރޕޫލުގައި މުހިންމު ދައުރެއް އަދާކުރި ކުލުންތެރިއެއް -

08 ޖުލައި 2025 - 10:59
ލިވަޕޫލްގެ ޑިފެންޑަރު އިބްރާހިމާ ކޮނަޓޭ އޭނާގެ ކޮންޓްރެކްޓް ހަމަވުމުން ރިއަލް މެޑްރިޑަށް ބަދަލުވާން ބޭނުންވާކަމަށް އެ ކުލަބަށް އަންގާފައިވާ ކަމަށް ރިޕޯޓުތަކުން ހާމަވެއްޖެއެވެ.
ސްކައި ސްޕޯޓްސް ސްވިޒަލޭންޑުން ރިޕޯޓުކުރި ގޮތުގައި، 26 އަހަރުގެ ޑިފެންޑަރު ކޮނަޓޭ ރިއަލް މެޑްރިޑަށް ބަދަލުވާން ބޭނުންވާކަން "ސާފުކޮށް އަންގާފައިވާ" ކަމަށާއި، ލިވަޕޫލާއެކު ކޮންޓްރެކްޓް އައުކުރުމާ ގުޅޭ މަޝްވަރާތަކުން "އެއްވެސް ކުރިއެރުމެއް" ލިބިފައިނުވާ ކަމަށް ބުނެފައިވެއެވެ.
މި ރިޕޯޓު އައިސްފައިވަނީ ފާއިތުވި މަހު ލިވަޕޫލުން ހުށަހެޅި އެންމެ ފަހުގެ އޮފަރާ މެދު ކޮނަޓޭ ހިތްހަމަނުޖެހޭ ކަމަށް ބުނެ ރިޕޯޓުތަކެއް ނިކުތުމަށްފަހުގައެވެ. އޭނާ ބޭނުންވަނީ އަސާސީ މުސާރަ މަތިކުރުމަށް ކަމަށާއި، ލިވަޕޫލުން ހުށަހަޅާފައިވާ އައު ކޮންޓްރެލްޓުގައި ގިނަ ބައިތަކެއް ބިނާވެފައިވަނީ "ވަކި ޕަފޯމަންސް ޓާގެޓްތަކެއް ހާސިލުކުރުމުގެ" މައްޗަށް ކަމަށް ބުނެވެއެވެ. ކޮނާޓޭގެ މިހާރުގެ މުސާރައަކީ ހަފްތާއަކު 70ހާސް ޕައުންޑްއެވެ. މިއީ މިހާރު މާކެޓްގައި މިލެވެލްގެ ކުޅުންތެރިންނަށް ދޭ މުސާރައާއި އަޅާބަލާފައި ވަރަށް ކުޑަ މުސާރައެކެވެ. ކޮނާޓޭ އާއި ރެއާލް މެޑްރިޑް އާއި ދެމެދު މީގެކުރިން ވާހަކަ ދެކެވިފައިވާކަމަށާއި އަދި ރެއާލް މެޑްރިޑުން ކޮނާޓޭއަަށް ބޮޑު މުސާރައެއް ދޭން ތައްޔާރަށް ތިބިކަމަށް ރިޕޯރޓްތައް ބުނެއެވެ.
ފާހަގަކޮށްލެވޭ ކަމަކީ ރިއަލް މެޑްރިޑުން ވަނީ ފަހަކަށް އައިސް ކޮންޓްރެކްޓް ހަމަވާ ކުޅުންތެރިން ހިލޭ ހޯދުމުގައި ކާމިޔާބު ވެފައެވެ. މީގެ ތެރޭގައި ކިއިލިއަން އެމްބާޕޭ، ޑޭވިޑް އަލާބާ އަދި އެންޓޯނިއޯ ރުޑިގަރ ފަދަ ކުޅުންތެރިން ހިމެނެއެވެ. އަދި ފަހުން ލިވަޕޫލްގެ ޓްރެންޓް އެލެކްސެންޑަރ-އާނޯލްޑް ވެސް ވަނީ ރިއަލް މެޑްރިޑަށް ބަދަލުވެފައެވެ.
ކޮނަޓޭގެ މިހާރުގެ ކޮންޓްރެކްޓް ހަމަވާނީ އަންނަ އަހަރުގެ ޖޫންމަހުގައެވެ. އަދި އޭނާ ރިއަލް މެޑްރިޑަށް ބަދަލުވުމުގެ ކުރިން ލިވަޕޫލުން އިތުރު މަސައްކަތްތަކެއް ކުރާނެ ކަމަށް ބެލެވެއެވެ. އެހެންކަމުން މި ޓްރާންސްފަރ މާކެޓް ނިމުމުގެ ކުރިން ކޮނާޓޭ އާއި ދެމެދު އެއްބަސްވުމަކަށް ނާދެވިއްޖެނަމަ، ކުޅުންތެރިޔާ ވިއްކާލުމަކީ ގާތުގައިވާކަމެކެވެ.
އިތުރު ލިޔުންތައް

އަމިއްލަ ދަނޑުގައި ޗެލްސީ ބަލިކުރުމަށްފަހު ލިވަޕޫލުން ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފި.
9 މަސް ކުރިން
ދުނިޔޭގެ ތާރީޚުގެ އެންމެ އަގުބޮޑު ފުޓްބޯޅަ ކުޅުންތެރިޔާގެ މަޤާމު ރެއާލް މެޑްރިޑްގެ ވިނީޝިއަސް އަށް.
9 މަސް ކުރިން
ވިނީޝިއަސްގެ ހެޓްރިކަކާއެކު ރެއާލް އިން އެޓީމަކީ ޗެންޕިއަންސް ލީގު ގެ ރަސްގެފާނު ކަމުގައި ސާބިތުކޮށްދީފި
9 މަސް ކުރިން