logo
Bank of Maldives

Bank of Maldives

ކުޅިވަރު

އިސާކްގެ ސޮއި ހޯދުމަށް ލިވަޕޫލުން ރެކޯޑް އަގެއް ހުށަހަޅައިފި

އަބްދުﷲ ޣާނިމް
16 ޖުލައި 2025 - 06:38
އިސާކް ގެ ސޮއި ހޯދުމަށް ރަސްމީކޮށް ލިވަރޕޫލުން ނިއުކާސަލް އާއި ވާހަކަދައްކަން ފަށައިފި
އިސާކް ގެ ސޮއި ހޯދުމަށް ރަސްމީކޮށް ލިވަރޕޫލުން ނިއުކާސަލް އާއި ވާހަކަދައްކަން ފަށައިފި

ނިއުކާސްލް ޔުނައިޓެޑްގެ ސްޓްރައިކަރު އަލެކްސަންޑަރ އިސާކް ސޮއިކުރުމަށް ލިވަޕޫލުން މަސައްކަތް ފަށައިފިއެވެ. އެތްލެޓިކްގެ ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި ލިވަޕޫލުން ވަނީ 120 މިލިއަން ޕައުންޑުގެ އަގެއްގައި އިސާކް ގަތުމަށް ޝައުގުވެރިކަން ފާޅުކޮށް ނިއުކާސަލް އާއި ވާހަކަ ދައްކަން ފަށާފައިވާކަމަށް މިރިޕޯޓްގައި ބުނެފައިވެއެވެ.

ނަމަވެސް މިހާތަނަށް ރަސްމީ އޮފަރެއް ހުށަހަޅާފައި ނުވާކަމަށާއި، ނިއުކާސްލްއިން އެ ކުޅުންތެރިޔާ ވިއްކާލަން ބޭނުން ނުވާކަން ލިވަޕޫލަށް އެނގޭކަމަށް އެތްލެޓިކްގެ ރިޕޯޓުގައި ބުނެއެވެ. 25 އަހަރުގެ ސުވިޑަނުގެ ސްޓްރައިކަރަށް ލިވަޕޫލުން ވަނީ ކުރީއްސުރެ ޝައުގުވެރިކަން ފާޅުކުރަމުން އައިސްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފާއިތުވި މޫސުމުގައި ޕްރިމިއަރ ލީގުގައި އިސާކް ވަނީ 23 ލަނޑު ޖަހާފައެވެ. މިއީ ލިވަޕޫލްގެ މުހަންމަދު ސަލާހުގެ ފަހަތުން އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާއެވެ.

2022 ވަނަ އަހަރު ރިއަލް ސޮސިއެޑާޑުން 60 މިލިއަން ޕައުންޑަށް ނިއުކާސްލްއާ ގުޅުނު އިސާކް ވަނީ އެ ޓީމަށް ކުޅުނު 109 މެޗުގައި 62 ލަނޑު ޖަހާފައެވެ. އޭނާގެ ލަނޑުތަކާއެކު ނިއުކާސްލްއިން ވަނީ މިދިޔަ މާޗް މަހު ކަރަބާއޯ ކަޕް ކާމިޔާބުކޮށްފައެވެ. މިއީ 70 އަހަރު ފަހުން ނިއުކާސްލްއިން ކާމިޔާބުކުރި ފުރަތަމަ މޭޖަރ މުބާރާތެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މެސީ ލައިޓް 2.0 މެންޗެސްޓަރ ޔުނައިޓެޑް ދޫކޮށްލަން ނިންމައިފިކުޅިވަރު | 2 ދުވަސް ކުރިންރެކޯޑް އަދަދުތަކާއެކު ޕްރީމިއަރ ލީގު އަދި ލަލީގާގެ ޓްރާންސްފާ މާކެޓް ނިންމާލައިފިކުޅިވަރު | 15 ދުވަސް ކުރިންއާސެނަލް ދޫކޮށް މާޓިނެއްލީ އަލް ހިލާލް އަށްކުޅިވަރު | 15 ދުވަސް ކުރިންވޯލްޑްކަޕްގައި ވިދާލި ޒުވާން މޮރޮކޯގ މިޑްފީލްޑަރ އައްޔޫބް ބުއާޑީ މެންޗެސްޓަރ ސިޓީއަށް ސޮއިކޮށްފިކުޅިވަރު | 22 ދުވަސް ކުރިން