logo
E-Platinum
ކުޅިވަރު

ރޮޑްރީގޯގެ ސޮއި ހޯދުމަށް ލިވަރޕޫލުން މަސައްކަތްކުރަނީ

އަބްދުﷲ ޣާނިމް
16 އޭޕްރީލު 2025 - 09:28
ލިވަރޕޫލުން ރޮޑްރީގޯގެ ސޮއި ހޯދުމަށް މަސައްކަތްކުރާކަމުގެ ރިޕޯޓްތައް ވަނީ ލިބިފައި
ލިވަރޕޫލުން ރޮޑްރީގޯގެ ސޮއި ހޯދުމަށް މަސައްކަތްކުރާކަމުގެ ރިޕޯޓްތައް ވަނީ ލިބިފައި

ރިއަލް މެޑްރިޑްގެ ބްރެޒިލިއަން އޭޓޭކަރ ރޮޑްރިގޯގެ މުސްތަގުބަލާ މެދު ސުވާލު އުފެދިފައިވާ ދަނޑިވަޅެއްގައި، އޭނާ ސޮއިކުރުމަށް ލިވަޕޫލުން ވެސް މަސައްކަތް ކުރަމުން އަންނަކަމަށް އޭއެސް އިން ބުނެފިއެވެ. މިކަން ފަބްރީޒިއޯވެސް ވަނީ ޔަޤީންކޮށްދީފައެވެ.

ކޯޗް ޒާބި އަލޮންސޯގެ ދަށުން ޓީމުގައި އެކަށީގެންވާ ވަގުތު ނުލިބި، ކްލަބް ވޯލްޑް ކަޕްގައިވެސް މަދު ވަގުތުކޮޅެއް ލިބުނު ރޮޑްރިގޯ އަށް މިހާތަނަށް ލިބިފައިވަނީ 95 މިނެޓްގެ ކުޅުމެވެ. މިކަމާ ގުޅިގެން އާސެނަލް އަދި ބަޔަން މިއުނިކްގެ އިތުރުން ލިވަޕޫލުންވެސް ވަނީ އޭނާއަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.

ނަމަވެސް ޑިއާރިއޯ އޭއެސްއިން ރިޕޯޓުކުރި ގޮތުގައި މިހާތަނަށް ރިއަލް މެޑްރިޑަށް އެއްވެސް ކުލަބަކުން ރަސްމީ ހުށަހެޅުމެއް ލިބިފައެއް ނުވެއެވެ. އާރްއެމްސީ ސްޕޯޓްގެ ނަމާދި ސާޗާ ޓަވޮލިއެރި މެދުވެރިކޮށް އޭއެސްއިން ހާމަކުރި ގޮތުގައި ލިވަޕޫލުން ރަސްމީކޮށް ރޮޑްރިގޯގެ ސޮއި ހޯދުމަށް މަސައްކަތްކުރާނީ ލުއިސް ޑިއާޒް ކުލަބުން ބޭރުވާ ހިސާބުންނެވެ. ޑއާޒްގެ ސޮއި ހޯދުމަށް ބަޔާން މިޔުނިކާއި ބާސާއިން ދަނީ މަސައްކަތް ކުރަމުންނެވެ. ނަމަވެސް ލިވަރޕޫލުން ކުޅުންތެރިޔާ ދޫކޮށްލުމަށް ބުނާ އަގުބޮޑުކަމުން މިކުޅުންތެރިޔާގެ ޓްރާންސްފަރ ވަނީ މިހާތަނަށް މަޑުޖެހިފައެވެ.

މީގެ އިތުރުން އާރސެނަލް އިންވެސް ރޮޑްރީގޯގެ ސޮއި ހޯދުމަށް ޝައުޤުވެރިވެފައިވާއިރު، މިވަގުތު އާރސެނަލް އިން އެންމެ އިސްކަމެއްދީފައިވަނީ ޗެލްސީގެ އެޓޭކަރ ނޫނޯ މަޑުއޭކޭގެ ސޮއި ހޯދުމަށެވެ.

ރިއަލް މެޑްރިޑްގައި އެކަށީގެންވާ ވަގުތު ނުލިބުނު ނަމަވެސް، ޒާބި އަލޮންސޯގެ ދަށުން ކުޅުމުގެ ފުރުސަތު ލިބޭނެ ކަމަށް އުންމީދުކުރާ ރޮޑްރިގޯ ވަނީ ޓީމުގައި ދެމިހުރުމަށް ބޭނުންވާ ކަމަށް ބުނެފައެވެ. ނަމަވެސް އެއީ އިތުރު ކުޅުމުގެ ވަގުތު ލިބޭނެ ނަމައެވެ. އޭނާގެ މުސްތަގުބަލު ބިނާވެގެންދާނީ ރިއަލް މެޑްރިޑުން ނިންމާ ގޮތަކާއި އެހެން ކްލަބުތަކުން ހުށަހަޅާ ހުށަހެޅުންތަކުގެ މައްޗަށެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލޫކާ މޮޑްރިޗް އޭސީ މިލާނަށް ސޮއިކޮށްފިކުޅިވަރު | ދުވަހެއް ކުރިންކަރޭރާސް ރެއާލް މެޑްރިޑްއަށް ސޮއިކޮށްފިކުޅިވަރު | ދުވަހެއް ކުރިންއާސެނަލް އަންނަނީ މޮސްކުއެރާ ސޮއި ހޯދުމަށް މަސައްކަތްކުރަނީކުޅިވަރު | 2 ދުވަސް ކުރިންގްޔޯކެރޭސް އާރސެނަލް އަށް ބަދަލުވުމަށް މެޑިކަލް ހަދަނީ، މިއީ ފަހުގެ ތާރީޚެއްގައި އާރސެނަލް އިން ހަދާ އެންމެ ބޮޑު ޓްރާންސްފަރކުޅިވަރު | 2 ދުވަސް ކުރިން