ރައީސް މުޢިއްޒުގެ ފަރާތްޕުޅުން ފެންނަނީ ރައްޔިތުންގެ ވެރިއެއްގެ ރީތި ނަމޫނާ: ޝިޔާމް

22 ޖެނުއަރީ 2025 - 17:09
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތްޕުޅުން ފެންނަނީ ރައްޔިތުންގެ ވެރިއެއްގެ ރީތި ނަމޫނާއެއް ކަމަށް ފިޝަރީޒް މިނިސްޓަރު އަހްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ޝިޔާމް ވިދާޅުވި ގޮތުގައި ރައީސް ޑރ. މުޢިއްޒު ގެންދަވަނީ ފަރުދީ، އިޖްތިމާއީ އަދި ޤައުމީ މައްސަލަތަކުގެ ހައްލު ހޯއްދެވުމަށް އާދަޔާ ޚިލާފަށް ރައްޔިތުންނާ ގާތުން މަސައްކަތްޕުޅު ކުރައްވަމުންނެވެ.
"ރައީސްގެ ފަރާތްޕުޅުން އަޅުގަނޑުމެންނަށް ފެންނަނީ ހަގީގީ މާނައިގައި ރައްޔިތުންގެ ވެރިއެއްގެ ރީތި ނަމޫނާއެއް. އެމަނިކުފާނު ރައްޔިތުންނާ ވަރަށް ގާތުން މުޢާމަލާތް ކުރައްވާ. ކަންބޮޑުވެވަޑައިގެން ދަރިފުޅުގެ ހައްޤުގައި އަޑުއުފުއްލެވި ބައްޕައެއް ވެސް ރައީސްއާ މުޚާތަބުކުރެއްވިތަން ފެނުނީ ނުހަނު އިހުތިރާމާއެކު،" މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.
މިިނިސްޓަރު ޝިޔާމް މިފަދައިން ވިދާޅުވެފައިވާއިރު، ރައީސް ޑރ. މުޢިއްޒު ގެންދަވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޒިޔާރަތްކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތަކާއި އުންމީދުތައް އަޑުއައްސަވަމުންނެވެ. މިކަމަކީ ރައްޔިތުންނާއި ސަރުކާރާ ދެމެދު އޮންނަ ގުޅުން ބަދަހިކޮށް، ރައްޔިތުންގެ އިތުބާރު އިތުރުކުރުމަށް މުހިންމު ކަމެއް ކަމަށް މިނިސްޓަރު ޝިޔާމް ފާހަގަކުރެއްވިއެވެ.
ރައީސް ޑރ. މުޢިއްޒުގެ މި ފަދަ މަސައްކަތްޕުޅުތަކަކީ ދިވެހިރާއްޖޭގެ ތަރައްޤީއަށާއި ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް އެޅޭ މުހިންމު ފިޔަވަޅުތަކެއް ކަމަށް ވެސް މިނިސްޓަރު ޝިޔާމް ފާހަގަކުރެއްވިއެވެ.
އިތުރު ލިޔުންތައް

އެލްޖީއޭގެ ސީއީއޯއަކަށް ނިމާލް އައްޔަންކުރައްވައިފި
8 މަސް ކުރިން
ޒުވާނުންގެ ހިއްސާ އިތުރުކޮށްގެން ފަޚުރުވެރި ރާއްޖެއެއް ބިނާކުރެވޭނެ: ރައީސް
8 މަސް ކުރިން
ތަރައްޤީގެ ބިންގަލެއްގެ ގޮތުގައި، ދިރާސާކުރުމަށް ލޯބިކުރާ މުޖުތަމަޢެއް ބިނާކުރާނަން"
8 މަސް ކުރިން