logoEN
ދުނިޔެ

އަނެއްކާ ވެސް ލޮސް އެންޖެލިސްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

ފޮޓޯ: އަލް ޖަޒީރާ

ފޮޓޯ: އަލް ޖަޒީރާ

އެމެރިކާގެ ލޮސް އެންޖެލިސްގެ އުތުރުން އޮންނަ ފަރުބަދަތަކުގައި އަނެއްކާ ވެސް ހަލުވިކަމާ އެކު ފެތުރެމުންދާ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

ހިއުސް ފަޔާ ގެ ނަމުން ނަން ދީފައިވާ އެ އަލިފާންގަނޑު ރޯވެފައިވަނީ ލޮސް އެންޖަލިސް ކައުންޓީ އަދި ވެންޗޫރާ ކައުންޓީ ހިމެނޭ ސަރަހައްދުގައެވެ.

ގާތްގަނޑަކަށް 21 އަކަ ކިލޯމީޓަރަށް މިހާރު ފެތުރިފައިވާ އަލިފާނުގެ ސަބަބުން، އެ ސަރަހައްދުގެ ދޫކޮށް ރައްޔިތުން ދިޔުމަށް ކަމާ ގުޅޭ އިދާރާތަކުން ވަނީ އަންގާފައެވެ.

އެމެރިކާގެ ލޮސް އެންޖެލިސް ކައުންޓީގެ އުތުރުން ގާތްގަނޑަކަށް 80 ކިލޯމީޓަރު (50 މޭލު) ދުރުގައި އޮންނަ ލޮސް އެންޖެލިސް ކައުންޓީގެ ކެސްޓެއިކް ލޭކް ސަރަހައްދުގައި ހިނގި މި އަލިފާނުގެ ހާދިސާގެ ސަބަބުން އެ ސަރަހައްދުގެ ރައްޔިތުން އެވަކިޔުއޭޓް ކުރުމައް އަމުރެއް ނެރެފައިވާ ކަމަށް އަލިފާން ނިއްވާ ފަރާތްތަކުން ބުދަ ދުވަހު ބުނެފައިވެއެވެ.

އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވީ ކޮން ސަބަބަކާ ހުރެ ކަމެއް ސާފުވެފައި ނުވި ނަމަވެސް، މޫސުމާ ބެހޭ ތަޖުރިބާކާރުން ބުނާ ގޮތުގައި، ގަދަ ވަޔާއި އާދަޔާ ހިލާފަށް އަލިފާން ރޯވުމުގެ ސަބަބުން އަލިފާން ގަނޑު ހަލުވިކަމާއެކު ފެތުރޭނެ ކަމަށެވެ.

މީގެ ކުރިން، ޖެނުއަރީ މަހުގެ ހަތްވަނަ ދުވަހު އީޓަން އާއި ޕަލިސޭޑްގައި ހިނގި އަލިފާނުގެ ހާދިސާތަކުގައި ވެސް 28 މީހަކު ވަނީ މަރުވެ، ގާތްގަނޑަކަށް 16،000 އެއްހާ އިމާރާތްތަކަށް ވަނީ ގެއްލުންވެފައެވެ.

315x437_placeholder

ކޮމެންޓް

871x217_placeholder