logo
Bank of Maldives

Bank of Maldives

ޚަބަރު

އިމިގްރޭޝަނުން ކުރިން ބަލާފާސްކުރި ތަންތަން އަލުން ބަލަނީ

އިމިގްރޭޝަނުގެ އޮފިސަރުންތަކެއް މަސައްކަތުގައި--ފޮޓޯ: އިމިގްރޭޝަން
އިމިގްރޭޝަނުގެ އޮފިސަރުންތަކެއް މަސައްކަތުގައި--ފޮޓޯ: އިމިގްރޭޝަން

އިމިގްރޭޝަންގެ ޓާސްކް ފޯހުން މިދިޔަ އަހަރު ބަލާފާސްކުރި ތަންތަން އަލުން ބަލަން ފަށައިފިއެވެ.

އިމިގްރޭޝަނުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެްގައި ހާމަކޮށްފައިވަނީ، އެ މުއައްސަސާގެ ޓާސްކް ފޯހުން މިދިޔަ އަހަރު އިންސްޕެކްޓް ކުރި ތަންތަނުގައި ބިދޭސީން އުޅޭތޯ ބެލުމަށް ހާއްސަ އޮޕަރޭޝަނެއް ފަށައިފައިވާ ކަމަށެވެ. އަދި މި އިންސްޕެކްޝަނުގައި، އިއްޔެ ބަލައި ފާސްކުރި ދެ ތަނެއްގައި ވެސް ޤަވައިދާ ހިލާފަށް އުޅޭ އެއްވެސް ބިދޭސީއަކު ނެތްކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރާއްޖޭގައި ޤާނޫނާއި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން މިމައްސަލަ ހައްލުކުރުމަށް ތަންފީޒީ އިދާރާތައް ގުޅިގެން މިދިޔަ އަހަރު މަސައްކަތް ފަށާފަވާއިރު، 5،000 އަށްވުރެ ގިނަ ބިދޭސީން މިދިޔަ އަހަރު ވަނީ ޑިޕޯޓްކޮށްފައެވެ.

މީގެތެރޭގައި ހިމެނެނީ ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ ބިދޭސީންނާއި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ ބިދޭސީންނެވެ. އަދި މީގެތެރެއިން ގިނަ މީހުންނަކީ އިމިގްރޭޝަނުން ހިންގި އޮޕަރޭޝަންތަކުގައި އެ އިދާރާގެ ބެލުމުގެ ދަށަށް ގެނައި މީހުންނެވެ. ރާއްޖޭގައި ޤަވާއިދާޢި ޚިލާފަށް އުޅެމުންދާ ބިދޭސީން ފޮނުވާލުމުގެ އިތުރުން، ޤަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެފުރުސަތުވެސް ސަރުކާރުން ދަނީ ފޯރުކޮށްދެމުންނެވެ. އަދި ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށް، ނިޒާމީ ގޮތުން މިމައްސަލަ ހައްލުކުރުމަށް ދިމާވެފައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބަންގްލަދޭޝް އަށް ނިސްބަތްވާ 4 މީހަކު އިމިގްރޭޝަނުން ހޯދަނީޚަބަރު | 17 ދުވަސް ކުރިންގަވާއިދާ ޚިލާފަށް އުޅެމުންދިއަ 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިޚަބަރު | މަހެއް ކުރިންހުޅުމާލޭގައި ހިންގާ އިތުރު ސެލޫންތަކެއް ބަލައި ފާސްކޮށްފިޚަބަރު | މަހެއް ކުރިންގަވައިދާއި ހިލާފަށް ބިދޭސީން ހިންގާ 66 ވިޔަފާރި ބަންދުކޮށްފިޚަބަރު | މަހެއް ކުރިން