logo
Bank of Maldives

Bank of Maldives

ޚަބަރު

ބަންގްލަދޭޝް އަށް ނިސްބަތްވާ 4 މީހަކު އިމިގްރޭޝަނުން ހޯދަނީ

އައިޝަތު ނަޝާ
22 ޖެނުއަރީ 2026 - 04:22
 ބަންގްލަދޭޝް އަށް ނިސްބަތްވާ 4 މީހަކު އިމިގްރޭޝަނުން ހޯދަނީ

ބަންގްލަދޭޝް އަށް ނިސްބަތްވާ ހަތަރު މީހަކު ހޯދުމަށް މޯލްޑިވްސް އިމިގްރޭޝަނުން އިއުލާނުކޮށްފިއެވެ.

އިމިގްރޭޝަނުން ކޮށްފައިވާ ޕޯސްޓެއްގައި ވަނީ އެ މީހުން އަދިވެސް ނުފެންނާތީ، ފޮޓޯ އާއި ވަނަވަރާއެކު އާންމުކޮށްފައެވެ.އަދި އެމީހުންނާއި ގުޅޭގޮތުން އެއްވެސް މައުލޫމާތެއް އެނގޭނަމަ 7980408 މި ނަންބަރަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ވެސް އިމިގްރޭޝަނުން ވަނީ އެދިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިމިގްރޭޝަނުން ހޯދަމުންދާ ބަންގްލަދޭޝްގެ ހަތަރު މީހުންނަކީ، ޖިއާއުރް ރަހްމާން ބިޝްވާސް (46އ)، ރަފީގުލް (32އ)، އަދި އެމްޑީ އާރިފް ޓަޓީ (22އ) ގެ އިތުރުން އެމްޑީ ސަހާދަތް ހޮސެއިން (27އ) އެވެ.

އެ މީހުން ހޯދަނީ ކޮން މަައްސަލައަކާ ގުޅިގެން ކަމެއް އިމިގްރޭޝަނުން ހާމަކޮށްފައެއް ނުވެއެވެ.

އިމިގްރޭޝަނުން މި އަހަރާއި މިދިޔަ އަހަރުގެ ތެރޭގައި ހިންގި ރެއިޑް އޮޕަރޭޝަންތަކުގައި މިހާތަނަށް ގިނަ އަދަދެއްގެ ބިދޭސީން ވަނީ ހައްޔަރުކޮށްފައެވެ. އަދި މި މައްސަލަތަކާ ގުޅިގެން ޑިޕޯޓޭޝަން ސެންޓަރުގައި ބަންދުކުރާ ފަރާތްތައް އެ މީހުންގެ ގައުމުތަކަށް ފޮނުވުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ.

ގަވާއިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން މޮނިޓަރުކުރުމަށް އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މާލޭގެ އާންމު ތަންތަނުގައި އޮފިސަރުން އޮބްޒާވޭޝަން މަސައްކަތްތައް ވެސް މިހާރު ދަނީ ކުރިއަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޕާސްޕޯޓް ބުކްލެޓްގެ ސްޓޮކް ހުސްވެ، ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓް ދޫކުރަނީޚަބަރު | 2 ގަޑިއިރު ކުރިންޤަވާއިދާ ޚިލާފަށް އުޅެމުން އައި ބިދޭސީއެއް ހުޅުމާލެއިން ހައްޔަރުކޮށްފިޚަބަރު | މަހެއް ކުރިންގަވާއިދާ ހިލާފަށް އުޅުނު 3 ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިޚަބަރު | 2 މަސް ކުރިން ބަންގްލަދޭޝް އަށް ނިސްބަތްވާ 4 މީހަކު އިމިގްރޭޝަނުން ހޯދަނީޚަބަރު | 4 މަސް ކުރިން