logo
ޚަބަރު

ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު

ހުސައިން ވަސީމް
24 ޖެނުއަރީ 2025 - 12:49
ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު

ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ) އިން މިއަދު ހުޅުވާލައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ މިދިޔަ ޑިސެމްބަރު މަހުގެ 31 ގެ ނިޔަލަށް އެކޮމިޝަނަށް ލިބުނު ފޯމުތައް ދަފްތަރުކޮށްފައިވާ ކަމަށެވެ. އެ ލިސްޓަށް ޝަކުވާ ހުށަހަޅަން އަންނަ މަހުގެ 10 ވަނަ ދުވަހާ ހަމައަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށް އެކޮމިޝަނުން ބުނެ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޝަކުވާ ހުށަހަޅަން ޖެހޭނީ އިލެކްޝަން ޕޯޓަލް (my.elections.gov.mv) ނުވަތަ ޝަކުވާ ޕޯޓަލް (ppr.elections.gov.mv) މެދުވެރިކޮށެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރަށް ޝަކުވާ ހުށަހަޅަން ހުޅުވާލިއިރު، ބައެއް މީހުންގެ މައުލޫމާތު ވަގަށް ނަގައިގެން އެކި ޕާޓީތަކަށް ވައްދާފައިވާ ކަމުގެ ޝަކުވާތައް ވަނީ ބޮޑުވެފަ އެވެ.

ސިޔާސީ ޕާޓީތަކުގެ ތެރެއިން އެންމެ މެމްބަރުން ގިނަ ޕާޓީ އަކީ ވެރިކަން ކުރާޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކުރިގޮތުގައި، ފާއިތުވި އަހަރުގެ ނިޔަލަށް ރާއްޖޭގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި އެންމެ ގިނަ މީހުން ހިމެނެނީ ޕީއެންސީގައެވެ. އެއީ ޖުމްލަ 68,968 މެމްބަރުންނާއެކުއެވެ. ފާއިތުވި އަހަރުގެ ސެޕްޓެމްބަރު މަހުގައިވެސް ސިޔާސީ ޕާޓީތަކުގެ ދަފްތަރު ހާމަކޮށްފައިވާއިރު، އޭރު ޕީއެންސީގެ ދަފްތަރުގައި ތިބީ 28،000 އެއްހައި މެންބަރުންނެވެ.

އެގޮތުން މިއީ، ރާއްޖޭގެ ތާރީޚުގައި ވެސް އެންމެ ގިނަ އަދަދެއްގެ މެންބަރުން ނިސްބަތްވާ ސިޔާސީ ޕާޓީއެވެ.

އީސީގެ ތަފާސްހިސާބުތައް ދައްކާގޮތުން، ރާއްޖޭގެ އެންމެ ދުވަސްވީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގައި މިހާރު ތިބީ 43،755 މެންބަރުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިންތިހާބުތަކަށް ރައްޔިތުން ކުރާ އިތުބާރު ބޮޑު - އީސީގެ ރައީސް ޚަބަރު | 4 މަސް ކުރިންއެމްއާރްއެމް އުވާލައި ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކޮށްފި ޚަބަރު | 7 މަސް ކުރިންސިޔާސީ ޕާޓީތަކުގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތުޚަބަރު | 8 މަސް ކުރިން10 ހާސް ހަމަނުވިޔަސް ފައިސާ ލިބޭގޮތަށް ގަވާއިދު ބަދަލުކުރަނީ ޚަބަރު | އަހަރެއް ކުރިން