logoEN
ޚަބަރު

ބިދޭސީން އާންމު މަސްލަހަތު ނަގާލާ ތަންތަން އިމިގްރޭޝަނުން މޮނީޓާ ކުރަނީ

އިމިގަރޭޝަން އޮފިސަރުން ބިދޭސީންގެ މައުލުމާތު އެއްކުރަނީ

އިމިގަރޭޝަން އޮފިސަރުން ބިދޭސީންގެ މައުލުމާތު އެއްކުރަނީ

ރަނާ އަޙްމަދު ފަޔާޒްރަނާ އަޙްމަދު ފަޔާޒް

25 ޖެނުއަރީ 2025 - 08:00

އާންމު މަސްލަހަތު ނަގާލައި ބިދޭސީން ހަރަކާތްތެރިވާ ސަހަރައްދުތަކުގައި އިމިގްރޭޝަނުން މޮނިޓާކުރަން ފަށައިފިއެވެ.

އިއްޔެ އިމިގްރޭޝަނުން "އެކްސް"ގައި ކުރޮ ޕޯސްޓެއްގައި ބުނީ، އާންމު ސަރަހައްދުތަކަށް އެއްވެ އުޅޭ ބިދޭސީންގެ މެދުގައި ފަހަކަށް އައިސް އާއްމު މަސްލަހަތު ގެއްލޭފަދަ ކަންކަން ހިންގަމުންދާކަން އިމިގްރޭޝަނަށް ފާހަގަކުރެވިފައިވާތީ، އެ އިދާރާގެ އެންފޯސްމަންޓް އެންޑް ކޮމްޕްލަޔަންސް ޑިވިޝަންގެ އޮފިސަރުން އެ ސަރަހައްދުތައް މޮނިޓަާކުރަން ފަށާފައިވާކަމަށެވެ.

އަދި އެ ހަރަކާތްތައް ކުރިިއަށްދާއިރު ބިދޭސީން ގަވައިދާ ހިލާފަށް ދިރިއުޅޭ މައްސަލައެއް ފާހަގަވެއްޖެނަމަ އެފަރާތަކާ މެދު ފިިޔަވަޅު އަޅާނެކަމަށް ވެސް އިމިގްރޭޝަނުން ވަނީ ބުނެފައެވެ. ހަމަމިއާއެކު، އިމިގްރޭޝަނުން ބުނީ އާންމު މަސްލަހަތު ގެއްލޭ ފަދަ އަމަލުތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައި މި ހަރަކާތް ސިލްސިލާކޮށް ކުރިއަށް ގެންދިއުމަށް ވެސް ނިންމާފައިވާ ކަމަށެވެ.

ބިދޭސީންގެ މައްސަލަ ޙައްލުކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްގެންދާ މަސައްކަތެކެވެ. އެ މަސައްކަތުގެ ދަށުން މާލޭގައި ހިންގާ އޮޕަރޭޝަންގެ އިތުރުން މީހުން ދިރިއުޅޭ އެހެން ރަށްރަށާއި ރިސޯޓުތަކާއި ސިނާއީ ރަށްތަކާއި ދަނޑުވެރިކަމަށް ދޫކޮށްފައިވާ ރަށްތަކުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ.

ކޮމެންޓް

871x217_placeholder