ރެއިޑެއްގައި ގަވައިދާ ހިލާފަށް އުޅުނު ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފި
25 ޖެނުއަރީ 2025 - 14:12
.jpg&w=2048&q=75)
އިމިގްރޭޝަންގެ ރެއިޑު އޮޕަރޭޝަނެއްގައި، ގަވާއިދާ ހިލާފަށް އުޅެމުންދިއަ ބިދޭސީންތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ.
މިދިޔަ ބުރާސްފަތި ދުވަހު ހިންގި އިމިގްރޭޝަންގެ ޓާސްކުފޯހުން މާލޭގައި ހިންގި ރެއިޑު އޮޕަރޭޝަނެއްގައި، އާންމު ސިއްހަތަށް ނުރައްކާވާ ގޮތަށް، ބިދޭސީން ދިރިއުޅެ، ވިޔަފާރި ކުރަމުންދިއަ ތަނެއް ވަނީ ބަލައި ފާސްކޮށްފައެވެ. އަދި މިތަނުގައި އުޅުނު 13 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

Ad by Hajj Corporation
އިމިގްރޭޝަންއިންގެ ޓާސްކް ފޯހުން މިދިޔަ އަހަރު ބަލާފާސްކުރި ތަންތަން އަލުން ބަލަން އިއްޔެ ވަނީ ފަށައިފަިވާއިރު، އަދި މި އިންސްޕެކްޝަނުގައި، އިއްޔެ ބަލައި ފާސްކުރި ދެ ތަނެއްގައި ވެސް ޤަވައިދާ ހިލާފަށް އުޅޭ އެއްވެސް ބިދޭސީއަކު ނެތްކަމަށް އިމިގްރޭޝަނުން ބުނެއެވެ.
ރާއްޖޭގައި ޤާނޫނާއި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ސަރުކާރުގެ އަމާޒެކެވެ. އެގޮތުން މިމައްސަލަ ހައްލުކުރުމަށް ތަންފީޒީ އިދާރާތައް ގުޅިގެން މިދިޔަ އަހަރު މަސައްކަތް ފަށާފަވާއިރު، 5،000 އަށްވުރެ ގިނަ ބިދޭސީން މިދިޔަ އަހަރު ވަނީ ޑިޕޯޓްކޮށްފައެވެ.
މީގެތެރޭގައި ހިމެނެނީ ޤަވާއިދާ ޚިލާފަށް އުޅެމުންދިޔަ ބިދޭސީންނާއި ޤަވާއިދާ ޚިލާފަށް މަސައްކަތް ކުރަމުންދިޔަ ބިދޭސީންނެވެ. އަދި މީގެތެރެއިން ގިނަ މީހުންނަކީ އިމިގްރޭޝަނުން ހިންގި އޮޕަރޭޝަންތަކުގައި އެ އިދާރާގެ ބެލުމުގެ ދަށަށް ގެނައި މީހުންނެވެ. ރާއްޖޭގައި ޤަވާއިދާޢި ޚިލާފަށް އުޅެމުންދާ ބިދޭސީން ފޮނުވާލުމުގެ އިތުރުން، ޤަވާއިދުގެ ތެރެއަށް ވަންނަން ބޭނުންވާ ބިދޭސީންނަށް އެފުރުސަތުވެސް ސަރުކާރުން ދަނީ ފޯރުކޮށްދެމުންނެވެ. އަދި ރާއްޖޭގައި އުޅެމުންދާ ބިދޭސީންގެ ބަޔޯމެޓްރިކް ޑޭޓާ އެއްކޮށް، ނިޒާމީ ގޮތުން މިމައްސަލަ ހައްލުކުރުމަށް ދިމާވެފައި ހުރި ގޮންޖެހުންތައް ހައްލުކުރުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.


