logo
ޚަބަރު

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މާލޭގެ މަގުތަކުން ޕެލެޓްތައް ނަގަނީ

އާމިނަތު ޝަފާ
26 ޖެނުއަރީ 2025 - 05:18
ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މާލޭގެ މަގުތަކުން ޕެލެޓްތައް ނަގަނީ

ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، މާލޭގެ މަގުތަކުން ޕެލެޓްތައް ނަގައި، ހިނގާބިގާވެއުޅޭ މީހުންނަށް ފަސޭހަ ކުރުމުގެ މަސައްކަތްތައް މާލޭ ސިތީ ކައުންސިލުން ފަށައިފިއެވެ.

ސިޓީ ކައުންސިލުން އަންނަނީ ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން މާލޭ ސިޓީގެ ބެލުމުގެ ދަށުގައިވާ މިސްކިތްތައް ޒީނަތްތެރިކުރުމުގެ މަސައްކަތްތައްވެސް ކުރަމުންނެވެ. އެގޮތުން ރަމަޟާން މަހަށް ތައްޔާރު ވުމަށް މިވަގުތު ވެސް ހުޅުމާލޭގައި ހުންނަ އަލްޘާނީ މިސްކިތުގައި ގަސް އިންދުން ކުރިއަށް ދާއިރު، ހުޅުމާލޭގައި ހުންނަ މަސްޖިދުލް ޢަޒީޒާ މުސާ، މިސްކިތުގައި ކަތުރު ފަނި އަޅާފައިވާ މިމްބަރު ގެ ބަދަލުކުރުމުގެ މަސައްކަތް މި ވަނީ ނިމިފައެވެ. އަދި ހުޅުމާލޭގައި އެންމެ ފުރަތަމަ ބިނާކުރެވުނު މިސްކިތް، މަސްޖިދުލް އަމާނީ މަރާމާތުކޮށް ސާފުކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

މީގެއިތުރުން ފުރުޤާން މިސްކިތުގައި ކުރަން ހުރި މަރަމާތުގެ މަސައްކަތްތަކާއި ބެހޭ ގޮތުން ވެސް ވަނީ ކައުންސިލުން މަޝްވަރާކޮށްފައެވެ. އެ ގޮތުން މި މިސްކިތުގެ އަމިއްލަ ފަރާތަކުން އޭސީ ހަރުކުރުމުގެ އިތުރުން، މިސްކިތް ޒީނަތްތެރި ކުމަށް ނިންމާފައިވާ ކަމަށެވެ.

 

ހުޅުމާލެ މަސްޖިދުލް ޚައްތާބުގެ ފާހަނާގެ ދޮރުތަކާއި ޓައިލްސް ބަދަލުކޮށް، ވުޟޫކުރާ ބައި މަރާމާތުކޮށް ނިންމާފައިވާއިރު، މަސަޖިދުލް ތަޤްވާ މިސް ވެސް ޒީނަތްތެރި ކުމާއި ނަމާދު ކުރާބައި ބޮޑު ކުރުމަށް ނިންމުމުގެ އިތުރުން، އެ މިސްކިތުގައި އިތުރު ފާހާނަ އެއް ހެދުމަށް ވަނީ ނިންމައިފައެވެ.

 

މިސްކިތްތައް މަރާމާތުކުރުމުގެ އިތުރުން، ރަމަޟާން މަހަށް ތައްޔާރުވުމުގެ ގޮތުން، މާލޭގެ މަގުތަކުން ޕެލެޓްތައް ނަގައި، ހިނގާބިގާވެއުޅޭ މީހުންނަށް ފަސޭހަ ކުރުމުގެ މަސައްކަތްތައް ވެސް ދަނީ މާލޭގެ، އެކި ސަރަހައްދު ތަކުގައި ކުރަމުންނެވެ. އަދި ގޭގެއިން މަގުގެ ޕޭމަންޓުގައި ކުނި ބަހައްޓާފައި ހުރޭތޯ ބެލުމާއި، ނެރިފައި ހުންނަ ކުނިތައް އުކުމާއި މާލޭގެ މަގުތައް މިހާރަށް ވުރެ ބޮޑަށް ބެލެހެއްޓުމުގައި މުނިސިޕަލް ޑިމާޓްމަޓުގެ (ކޮމިއުނިޓީ އެންގޭޖްމަންޓުން) ވެސް ދަނީ ކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްމާރުކޭޓު އިމާރާތުގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާނަމަ، ފިޔަވަޅު އަޅަނީޚަބަރު | 22 ދުވަސް ކުރިންމާލެ ސިޓީން ފާއިތުވި 2 ދުވަހު 1.75 ޓަނުގެ ކުނި ނަގައިފިޚަބަރު | މަހެއް ކުރިންސިޓީ ކައުންސިލުން ކުއްޔަށް ދީފައިވާ ބިންތަކުގެ ތަފުޞީލު ހާމަކުރަން ނިންމައިފި ޚަބަރު | މަހެއް ކުރިންމާފަންނު ސަހަރާ ކޮނެ ސާފުކޮށް، ބައިބަލާ މައިދާނެއް އެޅުމުން އާންމުންގެ ކަންބޮޑުވުންޚަބަރު | 6 މަސް ކުރިން