logo
ޚަބަރު

މާލެ ސިޓީން ފާއިތުވި 2 ދުވަހު 1.75 ޓަނުގެ ކުނި ނަގައިފި

އައިމިނަތު މޫސާ
3 އޯގަސްޓު 2025 - 10:50
މާލެ ސިޓީން ފާއިތުވި 2 ދުވަހު 1.75 ޓަނުގެ ކުނި ނަގައިފި

މާލޭ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމެންޓް ޔުނިޓާއި، ދިވެހި ފުލުހުން ގުޅިގެން ކުރި މަސައްކަތުން، ފާއިތުވި ދެ ދުވަހުގެ ތެރޭ، މާލޭގެ ތިން ސަރަހައްދަކުން، 1.75 ޓަނުގެ ކުނި ނަގައި ސާފުކޮށްފައިވާ ކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

ކައުންސިލުން ބުނީ މި މަސައްކަތްކޮށްފައި ވަނީ، މާލެ ސާފު ތާހިރުކޮށް ބޭއްވުމާއި، މަގުތައް ހިތްފަސޭހަ ތަނަކަށް ހެދުމުގެ މަގްސަދުގައި ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކުނި ނަގައިފައިވަނީ މާލޭގެ ތިން ސަރަހައްދަކުން ކަމަށް ކައުންސިލް ވަނީ ފާހަގަ ކޮށްފައެވެ. އެ ސަރަހައްދުތަކަކީ ބާޒާރުމަތީ، ވަދުފޮށި ކަންމައްޗާއި، ޒައިތުއްމާ ކުރިމަތީ ޕޭވްމަންޓްމަތީގެ އިތުރުން، އާއްމުކޮށް ކުނި ބަހައްޓާފައި ހުންނަ ސަރަހައްދެއްކަމަށްވާ، އާބުރުޒު މަގު، ފުއްކަފަ ގޯޅި ކަންމަތިންނެވެ.

މާލެ ސިޓީގެ، ކޮންމެ މަގަކީ ވެސް ސާފު ތާހިރުކޮށް އޮންނަ މަގަކަށް ހެދުމަކީ މާލެ ސިޓީ ކައުންސިލުން ނުހަނު ބޭނުންވާ ކަމެކެވެ. މަގުތަކަށް އަޅާ ކުނި، ކާނުތަކަށް އެޅި، ކާނުތައް ބެދި، ވާރޭވެހޭ ދުވަސްވަރު، މަގުތަކުން ފެން ނުހިދުމުން، އޭގެ ދަތިކަން ރައްޔިތުންނަށް، އިންތިހާއަށް ކުރިމަތިވެއެވެ.

ކުނީގެ މައްސަލައަކީ އެ ތަނެއްގައި ދިރިއުޅޭ ރައްޔިތުންގެ ވިސްނުމާ ވަރަށް ބޮޑަށް ގުޅިފައިވާ ކަމަކަށް ވުމުން މާލެ ސިޓީގެ ކުނި މެނޭޖުކޮށް، ސާފު، ރީތި، ހިތްގައިމު، ސިޓީއަކަށް ހެދުމަށް، މާލެ ސިޓީން ކުރަމުންދާ މަސައްކަތަށް އެއްބާރުލުން ދެއްވުމަށް، މަގުތަކާއި ޕާކުތަކާއި މައިޒާން ތަކާއި އަދި ފަޅުތެރެއަށް ވެސް ކުނި ނޭއްޅުއްވުމަށް ކައުންސިލް ވަނީ އިލްތިމާސްކޮށްފައެވެ.

 

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްމާރުކޭޓު އިމާރާތުގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާނަމަ، ފިޔަވަޅު އަޅަނީޚަބަރު | 16 ދުވަސް ކުރިންމާލެ ސިޓީން ފާއިތުވި 2 ދުވަހު 1.75 ޓަނުގެ ކުނި ނަގައިފިޚަބަރު | މަހެއް ކުރިންސިޓީ ކައުންސިލުން ކުއްޔަށް ދީފައިވާ ބިންތަކުގެ ތަފުޞީލު ހާމަކުރަން ނިންމައިފި ޚަބަރު | މަހެއް ކުރިންމާފަންނު ސަހަރާ ކޮނެ ސާފުކޮށް، ބައިބަލާ މައިދާނެއް އެޅުމުން އާންމުންގެ ކަންބޮޑުވުންޚަބަރު | 6 މަސް ކުރިން