logo
Bank of Maldives

Bank of Maldives

ޚަބަރު

މަސްމާރުކޭޓު އިމާރާތުގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާނަމަ، ފިޔަވަޅު އަޅަނީ

އައިމިނަތު މޫސާ
21 އޯގަސްޓު 2025 - 11:07
މަސްމާރުކޭޓު އިމާރާތުގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާނަމަ، ފިޔަވަޅު އަޅަނީ

މާލޭ ރޯމަސްމާރުކޭޓު އިމާރާތުގައި ގަވާއިދާ ހިންގާ ވިޔަފާރިތައް ހުއްޓުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފިއެވެ.

ސިޓީ ކައުންސިލުން ކުރި އިއުލާނުގައި ބުނީ ރޯމަސްމާރުކޭޓުގެ ފުރަތަމަ ފަންގި ފިލާއާއި ދެވަނަ ފަންގިފިލާގައި އެއްވެސް އެއްބަސްވުމެއް ނެތި ގަވާއިދާ ހިލާފަށް ހިންގަމުންދާ ބައެއް ފިހާރަތަކާއި ގުދަންތަކާއި އެހެނިހެން ބޭނުމަށް ބޭނުން ކުރަމުންދާ ތަންތަން ހުރިކަން ކައުންސިލަށް ފާހަގަ ކުރެވިފައިވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިފަދަ ތަންތަން ހިންގަނީ އެއްބަސްވުމެއްގެ ދަށުން ކަމަށްވާ ނަމަ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހުގެ ކުރިން، އެ އެއްބަސްވުމުން ސިޓީ ކައުންސިލަށް ހުށަހެޅުމަށް ވަނީ އަންގައިފައެވެ.

ލިޔުން ހުށަހެޅުމަށް މިއަދުން ފެށިގެން 7 ދުވަސް ތެރޭ ސިޓީ ކައުންސިލަށް ލިޔުން ހުށަނާޅާ ނަމަ، އެފަދަ ތަންތަނަކީ އެއްވެސް މީހަކު ބޭނުން ނުކުރާ ތަންތަން ކަމުގައި ބަލައި އެ ތަންތަން ސިޓީ ކައުންސިލްގެ ބެލުމުގެ ދަށަށް ގެންނާނެ ކަމަށް ވެސް އިއުލާނުގައި ބުންޏެވެ.

ހަތް ދުވަހުގެ ތެރޭގައި، އެކަން ބަޔާންކޮށް ހުށަހަޅާފައި ނުވާނަމަ އެފަދަ ތަންތަނަކީ އެއްވެސް މީހަކު ބޭނުން ނުކުރާ ތަންތަން ކަމުގައި ބަލައި އެފަދަ ތަންތަން ކައުންސިލްގެ ބެލުމުގެ ދަށަށް ގެންނާނެކަމަށް ކައުންސިލުން ވަނީ ބުނެފައެވެ.

އަދި ކައުންސިލްގެ ބެލުމުގެ ދަށަށް ގެންނަ ފިހާރަތަކާއި ގުދަންތަކާއި އެހެނިހެން ތަންތަން ކައުންސިލްގެ ބެލުމުގެ ދަށަށް ގެނެސް އެފަދަ ތަންތަން ސާފު ކުރުމުގެ މަސައްކަތް ކުރާ އިރު އެފަދަ ތަންތަނުގައި ބަހައްޓާފައި ހުންނަ ތަކެއްޗަކީ ބޭނުން ނެތިގެން ދޫކޮށްލާފައިވާ ތަކެތި ކަމުގައި ބަލައިގެން އެފަދަ ތަކެތި ކުނީގެ ގޮތުގައި ނައްތާލާނެކަމަށް ވަނީ ބުނެފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިނަމާލެ ފްލެޓުތަކާއި ލިފްޓްތައް މަރާމާތުކޮށްދޭނެ ފަރާތެއް ހޯދަން އިއުލާންކޮށްފިޚަބަރު | 3 ދުވަސް ކުރިންއަމިއްލަ ކެންޑިޑޭޓު އިބްރާހީމްގެ ތާއީދު ޕީއެންސީގެ އަރީޝަށްޚަބަރު | 6 ދުވަސް ކުރިންނައްތާލަން ބޭނުންވާ މުޞްޙަފްތަކާއި ޙަދީޘް ފޮތްތައް މާލެ ސިޓީ ކައުންސިލަށް ހަވާލުކުރުމުގެ ފުރުސަތު!ޚަބަރު | 2 މަސް ކުރިންމަސްމާރުކޭޓު އިމާރާތުގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާނަމަ، ފިޔަވަޅު އަޅަނީޚަބަރު | 7 މަސް ކުރިން