logo
ޚަބަރު

ސިޓީ ކައުންސިލުން ކުއްޔަށް ދީފައިވާ ބިންތަކުގެ ތަފުޞީލު ހާމަކުރަން ނިންމައިފި

އާމިނަތު ޝަފާ
30 ޖުލައި 2025 - 08:08
ސިޓީ ކައުންސިލުން ކުއްޔަށް ދީފައިވާ ބިންތަކުގެ ތަފުޞީލު ހާމަކުރަން ނިންމައިފި

މާލެ ސިޓީ ކައުންސިލުން ކުއްޔަށް ދޫކޮށްފައިހުރި ބިންތައް ކުއްޔަށް ދޫކޮށްފައިހުރީ، ކޮންބަޔަކަށް، ކޮންބޭނުމަކު، ކޮން ކުއްޔަކަށް، ކިހާ މުއްދަތަކަށްކަން، ކުރިޔަށް އޮތް މަހެއްހާ ދުވަހުގެތެރޭ ހާމަކުރަމުން ގެންދާނެކަމަށް ކައުންސިލުން ބުނެފިއެވެ.

މާލޭގެ މޭޔަރު އާދަމް އާޒިމާއި ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ފާތިހުގެ ކޯޅުމުގެ ތެރެއިން މާލޭ ސިޓީ ކައުންސިލްގެ މިލްކުވެރިކަމުގައި ހުރި ބިންތަކެއް އާޒިމު ނުއަގުގައި އެކިއެކި ފަރާތްތަކަށް ދޫކުރާ ކަމަށް ބުނެ ސައިފް ވަނީ ތުހުމަތުތަކެއް ކުރައްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެއާއެކު ސިޓީ ކައުންސިލްގެ ރައްޔިތުންގެ ބައްދަލުވުމުގެ ތެރެއިން މޭޔަރު އާދަމް އާޒިމް ވިދާޅުވީ ކުރިން ކުއްޔަށް ދޫކޮށްފައި ހުރި ބިންތަކުގެ އެއްބަސްވުމުގެ މުއްދަތު ހަމަވެގެން، މުއްދަތު އިތުރުކުރަން އެދޭ ހާލަތްތަކުގައި ވެސް، ޢަމަލުކުރާނެގޮތެއް ނިންމަމުން ކައުންސިލް ތަޅުމަށް ހުށަހަޅައި، މަޝްވަރާގެ ރީތި އުސޫލުންކަންކުރުމަށް މަސައްކަތް ކުރަމުންދާކަަމަށެވެ.

މާލެ ސިޓީއިން ކުރު އަދި ދިގު މުއްދަތަށް ކުއްޔަށް ދޫކޮށްފައިވާ ބިންބިމުގެ ތަފްޞީލު ހޯދަން މީގެ ކުރިން ތަކުރާރުކޮށް އެދުމުންވެސް ވިސްނަވަމުންދާކަމަށް ބުނެ އެ މައުލޫމާތު ނުދޭކަމަށް ސައިފް ވަނީ މީގެ ކުރިން ބުނެފައެވެ.

ކައުންސިލް ބައްދަލުވުމަކުން ފާސްކޮށްގެން ނޫނީ ބިންތައް ދޫނުކުރެވޭ ގޮތް ހެދުމަށް 2023 ވަނަ އަހަރު ހުށަހެޅި ހުށަހެޅުން ބޮލާލާ ޖެހުމަށް ފަހު ނުއަގުގައި މާލޭގެ ބިންތައް ދިގު މުއްދަތަކަށް އާޒިމް ދޫކުރައްވަމުން ގެންދަވާ ކަމަށްވެސް ސައިފް ތުހުމަތު ކުރައްވާފައިވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްމާރުކޭޓު އިމާރާތުގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާނަމަ، ފިޔަވަޅު އަޅަނީޚަބަރު | 25 ދުވަސް ކުރިންމާލެ ސިޓީން ފާއިތުވި 2 ދުވަހު 1.75 ޓަނުގެ ކުނި ނަގައިފިޚަބަރު | މަހެއް ކުރިންސިޓީ ކައުންސިލުން ކުއްޔަށް ދީފައިވާ ބިންތަކުގެ ތަފުޞީލު ހާމަކުރަން ނިންމައިފި ޚަބަރު | 2 މަސް ކުރިންމާފަންނު ސަހަރާ ކޮނެ ސާފުކޮށް، ބައިބަލާ މައިދާނެއް އެޅުމުން އާންމުންގެ ކަންބޮޑުވުންޚަބަރު | 6 މަސް ކުރިން