logo
ޚަބަރު

މާފަންނު ސަހަރާ ކޮނެ ސާފުކޮށް، ބައިބަލާ މައިދާނެއް އެޅުމުން އާންމުންގެ ކަންބޮޑުވުން

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
18 މާރިޗު 2025 - 04:33
މާފަންނު ސަހަރާގައި ގާއިމްކުރާ ބައިބަލާ ކުޅޭ މައިޒާން -- ފޮޓޯ: ނާޖިހް ދީދީ / ސޯޝަލް މީޑިޔާ
މާފަންނު ސަހަރާގައި ގާއިމްކުރާ ބައިބަލާ ކުޅޭ މައިޒާން -- ފޮޓޯ: ނާޖިހް ދީދީ / ސޯޝަލް މީޑިޔާ

މާފަންނު ސަހަރާގެ ގަބުރުތައް ނަގައި ސާފުކޮށް، އެތަނުގައި ބައިބަލާ ކުޅޭނެ މައިޒާނެއް ހެދުމުން އާންމުންގެ ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަން ފަށައިފިއެވެ.

މާލެ ސިޓީ ކައުންސިލުން އިސްވެ އޮވެ، މާފަންނު ސަހަރާގެ ގަބުރުތައް ނަގައި، އެތަން ސާފުކުރުމުގެ މަސައްކަތް ފެށީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ. އޭރު އެ މަސައްކަތް ފެށީ އެ ބިމުގައި ޕާކިންއެއް އެޅުމުގެ ނަމުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެކަމާ ގުޅިގެން އޭރު ވެސް ޢާންމުންގެ ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ކުރިއަށް އޮތް މި އަހަރުގެ ބައިބަލާ މުބާރާތާ ގުޅުވައި މާފަންނު ސަހަރާގެ ސާފުކޮށްފައިވާ ބިމެއްގައި ބައިބަލާ މައިޒާނެއް ވެސް މިހާރު ވަނީ ހަދާފައެވެ.

އެގޮތުން އެ މައިޒާނުގެ ފޮޓޯއަކާއެކު ސޯޝަލް މީޑީޔާގައި ހިއްސާކުރައްވަމުން ދިވެހި ތާރީޚު ދިރާސާކުރާ ނާޖިހް ދީދީ ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އެގޮތުން ގާތް ތިމާގެ މީހުންގެ ގަބުރުތަކަށް އެއްވެސް ގަދަރެއް އަދި އިހްތިރާމެއް ނެތި ނަގައި އެއްލާލާފައި، އެތަނުގައި މޭޔަރު އާދަމް އާޒިމް ހިމެނޭ ސިޓީ ކައުންސިލުން ހަދަނީ ބައިބަލާ މައިޒާނެއް ކަމުގައި ނާޖިހް ފާހަގަކުރައްވައިފައިވެއެވެ.

އަސްތަޣްފިރުﷲ! މާ ރަމަޟާން ރޯދަމަހު މާފަންނު ސަހަރާގައި ހުރި އަހަރެމެންގެ ގާތްތިމާގެ މީހުންގެ ގަބުރުތައް އެއްވެސް ކަހަލަ ޤަދަރެއް އިޙްތިރާމެއް ނެތި ނަގާ އެއްލާލާފައި އެތަނުގައި މޭޔަރު އާދަމް އާޒިމްމެން މި ހަދަނީ ބައިބަލާ ކުޅޭ މައިދާނެއް! ހަލާކުހުރި!

 

ނާޖިހްގެ އެ ޕޯސްޓުގައި ވެސް ގިނަ ފަރާތްތަކުން ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ. އެގޮތުން އެ ސަހަރާއަކީ ރާއްޖޭގެ ތާރީޚުގެ އަގުހުރި މުދަލެއް ކަމުގައި ފާހަގަކޮށް، އެ މުދާ އެފަދައިން ހަލާކުކޮށް އެތަނުގައި ކުޅިވަރު ކުޅޭނެ މައިޒާނެއް އެޅުމުން އެކަން ގިނަ ފަރާތްތަކުން ވަނީ ކުށްވެރިކޮށްފައެވެ.

 

އެހެން ނަމަވެސް އެ ސަހަރާގައި ކުޅިވަރު ކުޅޭނެ މައިޒާނެއް ބިނާކުރީ ސިޓީ ކައުންސިލުގެ ހުއްދަ ނެތި ކަމުގައި މޭޔަރު އާދަމް އާޒިމް ވަނީ ވިދާޅުވެފައެވެ. ނަމަވެސް އެފަދަ ބޮޑު ކަމެއް ސިޓީ ކައުންސިލުގެ ހުއްދަ ނެތި ނުކުރެވޭނެ ކަމުގައި ގިނަ ފަރާތްތަކުން ވަނީ ބުނެފައެވެ.

މާފަންނު ސަހަރާގައި ޕާކިން ބިނާކުރަން ސިޓީ ކައުންސިލުން ނިންމުމުން ވެސް ގިނަ އާންމުން އެކަމާ ކަންބޮޑުވުން ފާޅުކުރިއެވެ. އެގޮތުން އެ ތަނަކީ ރާއްޖޭގެ ތާރީޚުގެ އަގުހުރި ތަރިކައެއް ކަމަށާއި، ނޮވެމްބަރު ތިނެއްގެ އުދުވާނީ ޙަމަލާގައި ޝަހީދުވި ބައެއް ފަރާތްތައް ވަޅުލެވިފައިވަނީ ވެސް އެ ސަހަރާގައި ގިނަ ފަރާތްތަކުން ފާހަގަކުރިއެވެ. އެހެން ނަމަވެސް އެ ކަންބޮޑުވުންތަކަށް މިހާރުގެ މޭޔަރު އާޒިމް އަދި ކައުންސިލުން އިޖާބަދީފައެއް ނުވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަސްމާރުކޭޓު އިމާރާތުގައި ގަވާއިދާ ހިލާފަށް ވިޔަފާރި ކުރާނަމަ، ފިޔަވަޅު އަޅަނީޚަބަރު | 13 ދުވަސް ކުރިންމާލެ ސިޓީން ފާއިތުވި 2 ދުވަހު 1.75 ޓަނުގެ ކުނި ނަގައިފިޚަބަރު | މަހެއް ކުރިންސިޓީ ކައުންސިލުން ކުއްޔަށް ދީފައިވާ ބިންތަކުގެ ތަފުޞީލު ހާމަކުރަން ނިންމައިފި ޚަބަރު | މަހެއް ކުރިންފާޑުކިޔުންތަކާ ހެދި މާފަންނު ސަހަރާގައި ހެދި ބައިބަލާ ކޯޓު ނަގައިފިޚަބަރު | 6 މަސް ކުރިން