ގަލޮޅު ސިޓީ ޕާކުގެ ލޭންޑް ސްކޭޕިން ގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދަނީ


26 ޖެނުއަރީ 2025 - 05:34
ހާއްސަ މަފްހޫމަކަށް ތަރިއްޤީ ކުރުމަށް ނިންމާފައިވާ "ގަލޮޅު ސިޓީ ޕާރކް" ގެ ލޭންޑް ސްކޭޕިންގ ގެ މަސައްކަތް ކުރާނެ ފަރާތެއް ހޯދުމަށް މާލެ ސިޓީ ކައުންލިސުން ބީލަމަށް ހުޅުވާލައިފި އެވެ.
ކައުންސިލްގެ މި މަސައްކަތް ބުދަ ދުވަހު ބީލަމަށް ހުޅުވާލުމުން، މާލެ ސިޓީ ކައުންސިލްގެ މޭޔަރ އާދަމް އާޒިމް ވިދާޅުވީ، މިމަސައްކަތް ކުރިއަށް ގެންދިއުމަށް ރޭވިފައިވަނީ ގަލޮޅު ރައްޔިތުންގެ ހިޔާލާއި މަސްވަރާޔާއެކު ކަމަށެވެ. އަދި މި ޕާކުގެ މަސައްކަތް ނިމޭއިރު، ޕާކުގައި ދުވާ ޓްރެކަކާއި ބެންޑްމިންޓަން ކޯޓަކާއި ތްރީ އޮން ތްރީ ބާސްކެޓް ކޯޓަކާއި ކުޑަކުދިން ކުޅޭނެ ހުސް ސަރަހައްދަކާއި އައުޓްޑޯ ޖިމެއް ވެސް ހުންނާނެ ކަމަށް މޭޔަރ ވިދާޅުވިއެވެ.
މީގެ އިތުރުން މޭޔަރ އާޒިމް ވިދާޅުވީ އެއްވެސް ބޭނުމެއް ނުހިފި، ވީރާނަވަމުން ދިޔަ މި ޕާކުގައި އިވެންޓްތައް ބޭއްވުމަށް ޚާއްސަ ކުރެވިފައިވާ ސަރަހައްދަކާއި އުމުރުން ދުވަސްމީ ބޭފުޅުން ހިތްހަމަ ޖައްސާލުމަށް މަޑުކޮށްލައިގެން ތިބުމަށް ތައްޔާރުކޮށްފައިވާ ސަރަހައްދެއް ވެސް އޮންނާނެ ކަމަށެވެ.
މި ޕާކުގެ މަސައްކަތް ކުރުމަށް ބީލަން ހުށަހަޅާ ފަރާތްތަކަށް މަޢުލޫމާތު ދިނުން މި މަހުގެ 26 ދުވަހުގެ 11:00 ގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މި މަސައްކަތުގެ އަގު ހުށައެޅުން އޮންނާނީ 2025 ފެބުރުއަރީ ތިން ވަނަ ދުވަހު 10:00 ގައިއެވެ. އަދި މި މަސައްކަތްތަކުގެ މައުލޫމާތު ސާފުކުރުމާއި އަގު ހުށަހެޅުން ކުރިއަށް ދާނީ ހ. ހުޅުގަލީގައި ހުންނަ ކައުންސިލްގެ އޮފީހުގައެވެ.
މައުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކާއި ގަޑިޖެހުމުގެ ފަހުން އަންދާސީ ހިސާބު ހުށަހަޅުއްވަން ހާޟިރުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ. އަދި އަގު ހުށަހެޅުމުގައި ބައިވެރިވެވޭނީ ދިވެހި ކުންފުނި، ޕާޓްނާޝިޕް، ލޯކަލް އިންވެސްޓްމެންޓް، އަދި ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ.
ގަލޮޅު ސިޓީ ފާރކް ތަރައްޤީ ކުރުމުގެ މަސައްކަތަކީ މާލެ ސިޓީގެ މޭޔަރުކަމާ، މިހާރުގެ މޭޔަރ އާދަމް އާޒިމް ހަވާލުވެ ވަޑައިގެންނެވުމަށް ފަހު، މާލެ ސިޓީއަކީ އަމާން ހިތްފަސޭހަ ރައްކާތެރި އަދި އެކަކު އަނެކަކަށް އަޅައިލައި، ހިތް ހެޔޮ އޯގާތެރި ރައްޔިތަކު ދިރިއުޅޭ ސިޓީއަކަށް ހެދެމަށް ކުރައްވަމުންގެންދާ ގިނަ ގުނަ މަސައްކަތުގެ ތެރޭގައި ހިމަނުއްވައިގެން ކުރައްވާ މަސައްކަތެކެވެ.
އިތުރު ލިޔުންތައް
މާލޭގެ ހަ އަވަށަކަށް އަމާޒުކޮށް ފަސް ދާއިރާއަކުން "ރަނި އެވޯޑް" ދެނީ
8 މަސް ކުރިން
މަރާމާތަށްފަހު މާލޭގެ އާސަހަރާ މިސްކިތާއި އާ ސަހަރާ ހުޅުވައިފި
8 މަސް ކުރިން
ޕެލެޓްތައް ނުނަގައި ޑަސްޓްބިންތައް ނަގަން އެންގުމަކީ ހައްލެން ނޫން: މެމްބަރު ޒަމީރު
7 މަސް ކުރިން