ޑްރަގް އެތެރެކުރި ބްރެޒިލް މީހާ ޝަރީޢަތް ނިމެންދެން ބަންދު


26 ޖެނުއަރީ 2025 - 13:00
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި ބްރެޒިލް މީހާ ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
އޭނާ ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ނެރުނު ބަންދު އަމުރުން އެނގޭ ގޮތުގައި ލެންޑަސަން ބަންދުގައި ބެހެއްޓުމަށް ފުލުހުން އެދިފައިވަނީ 30 ދުވަހަށް ނަމަވެސް ކޯޓުން ނިންމީ ޝަރީއަތް ނިމެންދެން ބަންދުކުރުމަށެވެ.
މި މައްސަލައިގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވަނީ ބްރެޒިލް އަށް ނިސްބަތްވާ އުމުރުން 44 އަހަރުގެ ލެންޑަސަން ޑިޕައުލޯ ގާސިއާ އެވެ.
އެ ބަންދު އަމުރުން އެނގޭ ގޮތުގައި ލެންޑަސަންގެ ހަށިގަނޑު މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 107 ރަބަރު ބުލެޓު ފެނިފައިވާއިރު މިތަކެތީގެ ބަރުދަން ކިލޯއަށްވުރެ ގިނަކަން ފުލުހުން ފާހަގަކުރާ ކަމަށް ބުނެފައިވެއެވެ.
އަދި މި މައްސަލައިގައި އިތުރު ފަރާތްތަކެއް ބައިވެރިވެފައިވާ ކަމަށާއި މި މައްސަލައިގައި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސް ދިވެއްސަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ފާހަގަކޮށްފައިވާ ކަމަށް ފުލުހުން ބުނެފައިވެއެވެ.
އިތުރު ލިޔުންތައް

ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި މީހަކު 12 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފި
7 މަސް ކުރިން
ބޮކްސާ ތެރެއިން ޑްރަގް ފެނުނު މައްސަލައިގައި އުމުރު ދުވަހުގެ ޖަލު އަދަބެއް
6 މަސް ކުރިން
އިންޓަރޕޯލް ރެޑްނޯޓިސް ނެރެގެން ގެނައި އެކަކު ދޫވެއްޖެ
6 މަސް ކުރިން