logo
ޚަބަރު

މިއަދު 3 ރަށަކަށް 4 ފަޅުރަށް ދޫކުރަނީ

އާމިނަތު ޝަފާ
27 ޖެނުއަރީ 2025 - 04:33
މިއަދު 3 ރަށަކަށް 4 ފަޅުރަށް ދޫކުރަނީ

ކައުންސިލްތަކަށް ފަޅުރަށް ލިބޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޢުލާން ކުރެއްވި ސިޔާސަތުގެ ދަށުން ތިން ކައުންސިލަކަށް ހަތަރު ރަށެއް ދޭން ނިންމައިފިއެވެ.

ރަށްރަށަށް އާމްދަނީ ލިބޭގޮތަށް ކައުންސިލްތަކުން ކުރިއަށްގެންދާ ވިޔަފާރީގެ މަސައްކަތްތަކަށް ފަސޭހައިން ހުއްދަ ލިބޭނެ އިންތިޒާމް ހަމަޖައްސަވައިދެއްވާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އިއުލާންކުރެއްވީ މިދިޔަ އަހަރުގެ މާރޗް މަހުގެ ތެރޭގައެވެ. އެގޮތުން ކޮންމެ ރަށަކުން އިޤްތިޞާދީ މަސައްކަތްތަކަށް ބޭނުންކުރުމަށް ފަޅުރަށް ހަމަޖައްސައިދިނުމަކީ މީގެދަށުން ކުރުމަށް ނިންމާފައިވާ އެންމެ ބޮޑު އެއް މަސައްކަތެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ގަވާއިދުގެ ދަށުން ޕްރޮޕޯޒަލް ހުށައަަޅައިގެން ހޮވޭ ކައުންސިލްތަަކަށް ފަޅުރަށްތަށް ދޫކުރަން ނިންމާފައިވަނީ 25 އަހަރަށެވެ. 

ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ވިދާޅުވީ ޕްރޮޕޯޒަލް ހުޅުވާލައިގެން ހޮވުނު ތިން ކައުންސިލަކަށް ހަަތަރު ރަށެއް ރަސްމީކޮށް ހަވާލުކުރުން މިއަދު އޮންނާނެކަމަށެވެ. 

މިއަދު ރަށްތަށްދޫކުރާ ކައުންސިލާ އެ ކައުންސިލަށް ދޫކުރާ ރަށްތައް

  • ރ. އިނގުރައިދޫ ކައުންސިލަށް އެ އަތޮޅު ނެޔޮ
  • ދ. އަތޮޅު ކައުންސިލަށް އެ އަތޮޅު މިނިމަސްގަލި އަދި ފެންފުށި 
  • ލ. މާވަށް ކައުންސިލަށްް އެ އަތޮޅު ބޮޑުމާބުޅަލި

ކައުންސިލްތަކަށް ދޫކުރުމަށް 28 ރަށެއް ކަނޑައަޅާ މިނިސްޓްރީން ވަނީ އިއުލާންކޮށްފައެވެ.

ކައުންސިލްތަކަށް ފަޅުރަށް ލިބޭ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު އިޢުލާން ކުރެއްވި ސިޔާސަތުގެ ދަށުން ޕްރޮޕޯސަލް ހުށަހެޅުއްވި ކައުންސިލްތަކަށް ފަޅުރަށް ޙަވާލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މީގެ ކުރިން ނިންމަވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކައުންސިލްތަކަށް ހަގީގީ ބާރުވެރިކަން: ދ. މިނިމަސްގަލީގައި ދަނޑުވެރިކަން ކުރަނީ ޚަބަރު | ދުވަހެއް ކުރިންނޫސްވެރިކަމުގެ ތަޞައްވަރު ރަނގަޅު ކުރުމަށް ކުރަންޖެހޭ މަސައްކަތް މަދެއް ނޫން: އާދަމް ޝަރީފްޚަބަރު | 7 ދުވަސް ކުރިންދ. އަތޮޅު ރައްޔިތުން ދަތުރުދާ ރަށަކަށް އުއްދޫ ހުޅުވާލައިފިޚަބަރު | 5 މަސް ކުރިންލާމަރުކަޒީ ނިޒާމު ހަރުދަނާކޮށް، ރައްޔިތުން ބާރުވެރިކުރުމަށް 'ރަށްވެހީންގެ ސައްލާ' ފޯރަމް ބާއްވައިފިޚަބަރު | 5 މަސް ކުރިން