logo
Bank of Maldives

Bank of Maldives

ޚަބަރު

ދ. އަތޮޅު ރައްޔިތުން ދަތުރުދާ ރަށަކަށް އުއްދޫ ހުޅުވާލައިފި

ދ. އޫއްދޫ؛ އެ ރަށް މިއަދު ވަނީ ދ. އަތޮޅު ރައްޔިތުން ދަތުރުދާން ހުޅުވާލައިފަ
ދ. އޫއްދޫ؛ އެ ރަށް މިއަދު ވަނީ ދ. އަތޮޅު ރައްޔިތުން ދަތުރުދާން ހުޅުވާލައިފަ

ދ. އަތޮޅު ރައްޔިތުން ދަތުރުދާ ރަށަކަށް އެ އަތޮޅުގެ އުއްދޫ ފަޅުރަށް މިއަދު ހުޅުވާލައިފިއެވެ.

އެ ރަށް ހުޅުވާލުމާއި އެކު ހަފުތާ ބަންދު ދުވަސްތަކާއި، ސަރުކާރު ބަންދު ދުވަސްތަކުގައި ދ. އަތޮޅުގެ ރައްޔިތުންނަށް ކުއްޔަކާ ނުލައި ދ. އުއްދޫއަށް ޕިކްްނިކް ދެވޭނެގޮތަށް މިހާރު ވަނީ ހަމަޖެހިފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޕިކްނިކު ދަތުރާ ގުޅޭގޮތުން މުޢާމަލާތް ކުރާނެ ނަންބަރު މިހާރު ވަނީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއިން އިޢުލާން ކޮށްފައެވެ. ޕިކްނިކު ދަތުރުގެ ކަންތަކާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް ގުޅާނީ 9108899 / 7777848 ނަންބަރަށެވެ.

ނިލަންދެއަތޮޅު ދެކުނުބުރީ ރައްޔިތުން ދަތުރުދާ ރަށެއްގެ ގޮތުގައި އެ އަތޮޅު އުއްދޫ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހަމަޖައްސަވައި ދެއްވާ، އެ ރަށް ވަނީ މިނިސްޓްރީ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވާރކްސްއާ ޙަވާލުކުރައްވާފައެވެ.

ދ. އުއްދޫ ބޭލެހެއްޓުމަށް ޓަކައި މިނިސްޓްރީގެ ޓީމެއް އެ ރަށުގައި ޙަރަކާތްރިވަމުން އަންނަތާ ދުވަސްކޮޅެއް ވެއްޖެއެވެ. ދަތުރުދާ ފަރާތްތަކަށް ގިނަގުނަ ޚިދުމަތްތަކެއް އެ ރަށުން ހަމަޖެހޭނެ ގޮތް ހައްދަވައި ދެއްވުމަށް ޓަކައި އަންނަނީ މަސައްކަތްތަކެއް ކުރަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޮޅުވެލިފުށީ ކައުންސިލް އިދާރާގެ އައު ޢިމާރާތުގެ ޢަމަލީ މަސައްކަތް ފަށައިފި ޚަބަރު | 11 ގަޑިއިރު ކުރިންކައުންސިލް އިދާރާތައް ޢިމާރާތް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްޚަބަރު | 6 ދުވަސް ކުރިންކައުންސިލްތަކަށް ހަގީގީ ބާރުވެރިކަން: ދ. މިނިމަސްގަލީގައި ދަނޑުވެރިކަން ކުރަނީ ޚަބަރު | 2 މަސް ކުރިންނޫސްވެރިކަމުގެ ތަޞައްވަރު ރަނގަޅު ކުރުމަށް ކުރަންޖެހޭ މަސައްކަތް މަދެއް ނޫން: އާދަމް ޝަރީފްޚަބަރު | 2 މަސް ކުރިން