logoEN
ޚަބަރު

ކުރީގެ މެމްބަރު ނިހާދު، ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް

މެމްބަރު ނިހާދު

މެމްބަރު ނިހާދު

އާމިނަތު ސަފާއާމިނަތު ސަފާ

27 ޖެނުއަރީ 2025 - 05:28

ކުރީގެ މެމްބަރު މުޙައްމަދު ނިހާދު، ފިނޭންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް އައްޔަން ކޮށްފިއެވެ.

މެންދުރު ޓީވީއަށް އެނގިފައިވާގޮތުގައި ނިހާދު އެމަގާމަށް އައްޔަނުކުރައްވާފައިވަނީ މިދިޔަ ބުރާސްފަތިދުވަހުއެވެ.

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމުގައި ހުންނެވި ނިހާދު އެ މަގާމުން ސަސްޕެންޑްކުރީ ޓޫރިޒަމް އިންޑަސްޓްރީއަށް ޓެރަރިސްޓު ޙަމަލާއެއްދީ، އެ އިންޑަސްޓްރީ ފުނޑާލުމަށް އިދިކޮޅު އެމްޑީޕީން އަމާޒު ހިފާފައިވާކަމަށް ޕީއެންސީގެ ހަރުގެ ޖަލްސާއެއްގައި ވިދާޅުވުމާ ގުޅިގެންނެވެ.

އޭގެ ފަހުން އެމްޑީޕީންވަނީ ނިހާދުގެ އަބުރު ކަތިލުމަށް ތަފާތު ވާހަކަތަކެއް ދައްކާފައެވެ.

ނިހާދަކީ އެމްޑީޕީގެ ޓިކެޓުގައި 19ވަނަ މަޖިލީހަށް ހޮވިވަޑައިގެން، އައްޑޫ ސިޓީ ފޭދޫ ދާއިރާ ތަމްސީލު ކުރެއްވި މެންބަރެކެވެ. ޕީއެންސީއަށް ބަދަލުވެވަޑައިގެންނެވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން ފެށުމާއެކުއެވެ. ނިހާދު އޭރު ވިދާޅުވަމުން ގެންދެވީ އިދިކޮޅު އެމްޑީޕީން ސަރުކާރު ހިންގާ ޕީއެންސީއަށް ބަދަލުވާން ޖެހުނީ އެމްޑީޕީ އުފެއްދި ހަގީގީ މަގުސަދާ ފުށޫއަރާ ކަންތައްތަކެއްގެ ޕާޓީގައި ހުރުމުގެ ސަބަބުންކަމަށެވެ.

ކޮމެންޓް

871x217_placeholder