logo
Bank of Maldives

Bank of Maldives

ޚަބަރު

ރާއްޖެ އާއި މޮރޮކޯއާ ދެމެދު ޚާރިޖީ ގުޅުން އިތުރަށް ވަރުގަދަ ކުރަން މަޝްވަރާކޮށްފި

ސުދާ ލަތީފް
27 ޖެނުއަރީ 2025 - 11:22
މޮރޮކޯއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ފޮރިން މިނިސްޓަރ އާ ބައްދަލުކުރެއްވުމުގެ ތެރެއިން  -- ފޮޓޯ: ޚާރިޖީ ވުޒާރާ
މޮރޮކޯއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު ފޮރިން މިނިސްޓަރ އާ ބައްދަލުކުރެއްވުމުގެ ތެރެއިން -- ފޮޓޯ: ޚާރިޖީ ވުޒާރާ

މޮރޮކޯއާ ރާއްޖެއާ ދެމެދު ޚާރިޖީ ގުޅުން އިތުރަށް ބަދަހުކުރުމަށް މޮރޮކޯ އިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުޙައްމަދު މާލިކީ އާއި ޚަރިޖީ ވަޒީރު އަބްދުﷲ ޚަލީލް މަޝްވަރާކުރައްވައިފިއެވެ.

އެ ދެބޭފުޅުން އެފަދައިން މަޝްވަރާކުރައްވާފައިވަނީ، ސާފީރު މާލިކީ، ވަޒީރު ޚަލީލްގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތެއްގައެވެ. މިއަދު ކުރެއްވި މި ބައްދަލުވުން ބާއްވައިފައިވަނީ ޚާރިޖީ ވުޒާރާގއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުވުމުގައި ރާއްޖެ އާއި މޮރޮކޯއާ ދެމެދު އޮންނަ ގުޅުން ބަދަހިކުރުމާއި، ދެ ޤައުމަށް ފައިދާހުރި ދާއިރާތަކުގައި އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ވަޒީރު ޚާލީލް ވަނީ ، ރާއްޖެއާއި މޮރޮކޯއާ ދެމެދު އޮންނަ ގުޅުމަކީ ވަރަށް ވަރުގަދަ ގުޅުމެއް ކަމަށާއި، މި ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ޤައުމުން ވެސް މަސައްކަތްކުރާނެ ކަމަށް ވިދާޅުވެފައެެވެ.

މި ބައްދަލުވުމުގައި ދެ ޤައުމުގެ މެދުގައި ވިޔަފާރިއާއި، ފަތުރުވެރިކަމާއި، ތަޢުލީމީ ދާއިރާގައި އެއްބާރުލުން އިތުރުކުރުމާ ބެހޭގޮތުން ވެސް ވަނީ މަޝްވަރާކުރެވިފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސައިބަރ ކްރައިމް ހުއްޓުވަން މަސައްކަތްކުރާ މުއާހަދާގައި ރާއްޖެއިން ސޮއިކޮށްފިޚަބަރު | 2 ދުވަސް ކުރިންއދ.ގެ އާންމު މަޖިލީހުގެ 80ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ޚަލީލާއި ޠާރިޤް ނިއުޔޯކަށްޚަބަރު | މަހެއް ކުރިންއުންމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އެކުގައި މަސައްކަތް ކުރުމަށް ރާއްޖެއިން ގޮވާލައިފިޚަބަރު | 4 މަސް ކުރިންޚާރިޖީ ވަޒީރުގެ ދަތުރުފުޅު: ދެޤައުމުގެ ތާރީޚީ ގުޅުން އިތުރަށް ބަދަހިކުރެއްވާނެކަމުގެ ޔަޤީންކަން ދެއްވައިފިޚަބަރު | 8 މަސް ކުރިން