logo
ވީއައިއޭ ޓާމިނަލް ވަންނަން ދިޔަ ބެންކް މުވައްޒަފުންގެ އަތުގައި އޮތް ފައިސާ ހުރި ސޫޓް ކޭހެއް ފޭރިގެންފިBank of Maldives

Bank of Maldives

ޚަބަރު

އިސްލާމީ އުންމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އެކުގައި މަސައްކަތް ކުރުމަށް ރާއްޖެއިން ގޮވާލައިފި

މުހައްމަދު މޫސާމުހައްމަދު މޫސާ
22 ޖޫން 2025 - 02:45
އުންމަތަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އެކުގައި މަސައްކަތް ކުރުމަށް ރާއްޖެއިން ގޮވާލައިފި

އިސްލާމީ އުންމަތަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށްޓަކައި އެކުގައި މަސައްކަތްކުރުމަށް އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯ.އައި.ސީ.) ގެ މެމްބަރު ގައުމުތަކަށް ދިވެހިރާއްޖެއިން ގޮވާލައިފިއެވެ.

މިކަމަށް ގޮވާލައްވާފައިވަނީ އޯ.އައި.ސީ.ގެ ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ 51 ވަނަ ބައްދަލުވުމުގައި، ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު ޑރ. ޢަބުދުﷲ ޚަލީލް ދެއްވި ތަޤްރީރުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމަނިކުފާނުގެ ތަޤްރީރުގައި، އިސްލާމީ އުންމަތަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށާއި، ސުލްހައާއި އިންސާފު ގާއިމްކުރުމަށްޓަކައި އޯ.އައި.ސީ. ހަރުދަނާކޮށް، މެމްބަރު ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަމަށް އަލިއަޅުއްވާލެއްވިއެވެ.

ފަލަސްތީނަށް ކުރިމަތިވެފައިވާ ހާލަތަށް ވަޒީރު ޚަލީލް ރިޢާޔަތްކުރައްވަމުން، އިސްރާއީލުން މެދުކެނޑުމެއްނެތި ޢައްޒާ އަދި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަނިޔާވެރިކަން ވަރަށް ބޮޑަށް ކުށްވެރިކުރައްވައި އެކަމާ ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އަދި 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައި އޮތް އިންތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސްއަކީ ފަލަސްތީނުގެ ވެރިކަންކުރާ ރަށްކަމުގައި ކަނޑައަޅައި، މިނިވަން އަދި އަމިއްލަ ސިޔާދަތީ ބާރު ހިނގާ ދައުލަތެއްގެ ގޮތުގައި ފަލަސްތީނުގެ ދައުލަތް ޤާއިމުކުރުމަށް ވަކާލާތުކުރުމުގައި ރާއްޖެއިން އަބަދުވެސް ދެމިއޮންނާނެކަމުގެ ޔަޤީންކަން އެރުވިއެވެ.

ފަލަސްތީނު މިނިވަން މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަކީ މެދުއިރުމަތީގައި ސުލްހައާއި އިންސާފު ގާއިމްކުރުމަށް ޒަރޫރީ ކަމެއްކަން ފާހަގަކުރައްވައި، މި މަޤްސަދު ހާސިލްކުރުމަށް އޯ.އައި.ސީ.ގެ ހުރިހާ ގައުމުތަކުގެ މެދުގައި އެއްބާރުލުން އިތުރުކުރުމަށްވެސް އެމަނިކުފާނު ވަނީ ގޮވާލައްވާފައެވެ.

މީގެ އިތުރުން، އެމަނިކުފާނުގެ ތަޤްރީރުގައި، އިސްރާއީލުން އީރާނަށް ދެމުންގެންދާ ހަމަލާތައް ކުއްވެރިކުރައްވައި، އިސްރާއީލުގެ މައްޗަށް ބައިނަލްއަޤްވާމީ ޤާނޫނު ތަންފީޒުކުރުމަށްވެސް ވަނީ ގޮވާލައްވާފައެވެ. މި ބައްދަލުވުމުގެ ހަވާސާގައި، އިސްރާއީލުން އިރާނަށް ދެމުންގެންދާ ހަމަލާތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ޚާއްސަ ބައްދަލުވުމުގައިވެސް ދިވެހި ވަފްދުން ވަނީ ބައިވެރިވެފައެވެ.

އޯ.އައި.ސީ.ގެ ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ މި ބައްދަލުވުމުގެ ހަވާސާގައި، ޚާރިޖީ ވަޒީރު ޑރ. ޚަލީލް ވަނީ ޓަޖިކިސްތާންގެ ޚާރިޖީ ވަޒީރާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި އޯ.އައި.ސީ. ތެރެއިން ގުޅުން ވަރުގަދަކޮށް އަދި ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން ބަދަހިކޮށް އެއްބާރުލުން ދެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ.

ޚާރިޖީ ވަޒީރުންގެ ކައުންސިލްގެ މި ބައްދަލުވުމަކީ ކޮންމެ އަހަރަކުވެސް އޯ.އައި.ސީ.ގެ ގައުމުތަކުގެ ޚާރިޖީ ވަޒީރުން އެއްތަނަކަށް އެއްވެ އިސްލާމީ އުންމަތަށް ދިމާވެފައިވާ މުހިންމު މައްސަލަތަކަށް ހައްލު ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެކެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސައިބަރ ކްރައިމް ހުއްޓުވަން މަސައްކަތްކުރާ މުއާހަދާގައި ރާއްޖެއިން ސޮއިކޮށްފިޚަބަރު | 2 ދުވަސް ކުރިންއދ.ގެ އާންމު މަޖިލީހުގެ 80ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ޚަލީލާއި ޠާރިޤް ނިއުޔޯކަށްޚަބަރު | މަހެއް ކުރިންއައިއޭއީއޭގެ މެމްބަރުކަން ހޯދަން ރާއްޖެއިން ހުށަހެޅި ހުށަހެޅުން ބަލައިގަންނަން ފާސްކޮށްފިޚަބަރު | މަހެއް ކުރިންލަންކާގައި ދިރިއުޅޭ ދިވެހިންނަށް މެޑިކަލް އަދި ސްޕައުސް ވިސާ 1 އަހަރު ދުވަހަށް ދޭން ފަށައިފިޚަބަރު | 3 މަސް ކުރިން