logo
Bank of Maldives

Bank of Maldives

ޚަބަރު

ޚާރިޖީ ވަޒީރުގެ ދަތުރުފުޅު: ދެޤައުމުގެ ތާރީޚީ ގުޅުން އިތުރަށް ބަދަހިކުރާއްވާނެކަމުގެ ޔަޤީންކަން ދެއްވައިފި

ސްރީލަންކާގެ ޚާރިޖީ ވުޒާރާގައި މިއަދު  ބޭއްވެވި މަޝްވަރާތަކުގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އާއި، ސްރީލަންކާގެ ޚާރިޖީ ވަޒީރު ވިޖިތަ ހެރާތު
ސްރީލަންކާގެ ޚާރިޖީ ވުޒާރާގައި މިއަދު ބޭއްވެވި މަޝްވަރާތަކުގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އާއި، ސްރީލަންކާގެ ޚާރިޖީ ވަޒީރު ވިޖިތަ ހެރާތު

ސްރީލަންކާގެ ޚާރިޖީ ވުޒާރާގައި މިއަދު ބޭއްވެވި މަޝްވަރާތަކުގައި ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް އާއި، ސްރީލަންކާގެ ޚާރިޖީ ވަޒީރު ވިޖިތަ ހެރާތު ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ތާރީޚީ އަދި ގިނަ ގުނަ ގުޅުން އިތުރަށް ބަދަހިކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ތަޢުލީމާއި، ވިޔަފާރި އިންވެސްޓްމަންޓް، ތިމާވެއްޓާއި މޫސުމަށް އަންނަ ބަދަލުތައް، މަސްވެރިކަން، ޒުވާނުން ބާރުވެރިކުރުވުން، ވޮކޭޝަނަލް ތަމްރީނު، އަދި ކޮންސިއުލަރ ގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމާ ބެހޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. މީގެ އިތުރުން ސަރަޙައްދީ ގޮތުންނާއި މަލްޓިލޭޓަރަލް ގޮތުން ދެޤައުމުގެ މެދުގައި ގުޅުން ބަދަހިކުރުމާއި، ދެޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ދެޤައުމުން ގުޅިގެން މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ވެސް ދެފަރާތުން ވަނީ ދެއްވާފައެވެ. އަދި ވަޒީރު ޑރ. ޚަލީލް ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ އިޖްތިމާޢީ، އިޤްތިޞާދީ އަދި އިންސާނީ ވަޞީލަތް ތަރައްޤީކުރުމަށް ސްރީލަންކާ ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޓަކައި ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެފައިވާކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ތާގައިވެސް ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަމަށް އުއްމީދުކުރައްވާކަމުގައި ދެވަޒީރުން ވިދާޅުވިއެވެ. އެގޮތުން ވަޒީރު ޑރ. ޚަލީލް ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ސްރީލަންކާގެ ޚާރިޖީ ވަޒީރު ވިޖިތަ ހެރާތުއަށް ރާއްޖެ ވަޑައިގަތުމަށް ދަޢުވަތު އަރުވާފައެވެ.

ޚާރިޖީ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، ޑރ. ޚަލީލް ލަންކާއަށް ވަޑައިގަތީ އެ ގައުމުގެ ޚާރިޖީ އަދި ފަތުރުވެރިކަމުގެ ދާއިރާގެ ވަޒީރު ވިޖިތަ ހެރާތު ދެއްވި ދަޢުވަތަކަށެވެ.

މި ދަތުރުފުޅަކީ ތިން ދުވަހުގެ ދަތުރުފުޅެއް ކަމަށާއި، މި ދަތުރުފުޅުގައި ޚާރިޖީ ވަޒީރު ޑރ. ޚަލީލް، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރަ ޑިސަނަޔަކައާއި ބޮޑުވަޒީރު ޑރ. ހަރިނީ އަމަރަސޫރިޔާއާ ބައްދަލުކުރައްވާނެ ކަމަށް ޚާރިޖީ ވުޒާރާއިން މަޢުލޫމާތު ދެއްވާފައިވެއެވެ.

ޚާރިޖީ ވުޒާރާއިން އިތުރަށް ވިދާޅުވެފައިވާ ގޮތުގައި، މި ދަތުރުފުޅުގައި ޑރ. ޚަލީލް، ސްރީލަންކާގެ އަމިއްލަ ވިޔަފާރިތަކުގައި ހަރަކާތްތެރިވާ ފަރާތްތަކާ ބައްދަލުކުރައްވައި، އެކި ދާއިރާތަކުން ގުޅިގެން މަސައްކަތް ކުރެވޭނެ ފުރުސަތުތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވާނެއެވެ. އަދި ހަމައެއާއެކު، ސްރީލަންކާގައި ދިރިއުޅޭ ދިވެހީންގެ ހާލު ބައްލަވައިލެއްވުމަށް ވެސް ހަމަޖެހިފައިވާ ކަމަށް ޚާރިޖީ ވުޒާރާއިން ފާހަގަކުރައްވާފައިވެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"އިންސާނީ ކަރާމާތް ރައްކާތެރިކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެ"ޚަބަރު | 22 ދުވަސް ކުރިންހިއުމަން ރައިޓްސް ކައުންސިލްގެ ބައްދަލުވުމަކަށް ޚާރިޖީ ވަޒީރު ޖެނީވާއަށްޚަބަރު | 23 ދުވަސް ކުރިންޚާރިޖީ ވަޒީރު ޑރ. ޚަލީލް ދޯހާ ފޯރަމް 2025ގައި ބައިވެރިވެވަޑައިގެންފިޚަބަރު | 3 މަސް ކުރިންދިވެހިންގެ ފަރާތުން ލަންކާއަށް ވީ އެހީގެ އަދަދު 2.4 މިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާ: ޚާރިޖީ ވަޒީރުޚަބަރު | 4 މަސް ކުރިން