logo
Bank of Maldives

Bank of Maldives

ޚަބަރު

ދިވެހިންގެ ފަރާތުން ލަންކާއަށް ވީ އެހީގެ އަދަދު 2.4 މިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާ: ޚާރިޖީ ވަޒީރު

ޢައްފާން މުޙައްމަދު
2 ޑިސެމްބަރު 2025 - 10:41
ފޮޓޯ/ ދައުލަތުގެ މީޑިއާ
ފޮޓޯ/ ދައުލަތުގެ މީޑިއާ

އަވަށްޓެރި ސްރީލަންކާއަށް މިހާރު ކުރިމަތިވެފައިވާ އުނދަގޫ ހާލަތުން އަރައިގަތުމަށް، ދިވެހިރާއްޖެއިން އެ ގައުމަށް ވީ އެހީގެ ޖުމްލަ އަދަދު 2.4 މިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާކަމަށް ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ލަންކާއަށް އެހީވުމަށް ދައުލަތުގެ މީޑިއާއިން އިސްނަގައިގެން، ރާއްޖޭގެ 37 މީޑިއާއެއްގެ ބައިވެރިވުމާއެކު ކުރިއަށް ގެންދިޔަ ޙާއްސަ ޓެލެތޯން، "ސިލޯނާއެކު ދިވެހިން" ގެ ތެރެއިން ލިބުނު ފައިސާ، ޚާރިޖީ ވުޒާރާއާ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާޙަކަދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ޓެލެތޯންގެ ތެރެއިން ޖުމްލަ 800،352 ޑޮލަރު އެހީގެ ގޮތުގައި ލިބިފައިވެއެވެ. އެއީ، 11،553،291.10ރ އާއި 51،088.31 ޔޫއެސް ޑޮލަރެވެ.

މި ޓެލެތޯންގެ އިތުރުން ވެސް، ރާއްޖޭގެ ޕްރައިވެޓް ސެކްޓަރގެ ބައެއް ކުންފުނިތަކުން ވެސް ބޮޑެތި އަދަދުތަކުން ސްރީލަންކާއަށް ފައިސާގެ އެހީ ފޯރުކޮށްދީފައިވެއެވެ. އަދި ދިވެހި ސަރުކާރުން ވެސް ވަނީ 50،000 ޔޫއެސް ޑޮލަރާއި 25،000 މަސްދަޅު ކޭސް ފޯރުކޮށްދީފައެވެ.

ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވަޒީރު ވަނީ، މިއީ މިހާ ބޮޑުކޮށް މިފަދަ ހަރަކާތެއް ހިންގުނު ފުރަތަމަ ފަހަރުކަން ފާހަގަކުރައްވައި އެކަމަށްޓަކައި ރާއްޖޭގެ މީޑިއާތަކަށް ޝުކުރު ދަންނަވާފައެވެ.

ލަންކާއަށް ކުރިމަތިވި ހާދިސާއާ ގުޅިގެން އެންމެ ފުރަތަމަ އިސްނަގައިގެން އެހީގެ އަތް ދިއްކުރި ގައުމަކީ ރާއްޖެކަމާއި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު އިސްނަންގަވައިގެން، ސަރުކާރުގެ ފަރާތުން ލަންކާއަށް ވީ އެހީ ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އެފަހުން ރާއްޖޭގެ މީޑިއާތަކާއި ޕްރައިވެޓް ސެކްޓަރ އިން އިސްނަގައިގެން ހިންގި ފަންޑްރެއިސިންގް ހަރަކާތްތަކުން ވެސް ދައްކައިދެނީ، ލަންކާއާއި ރާއްޖޭގެ ރައްޔިތުންނަކީ ވަރަށް ގާތް، އެއްބަނޑު އެއްބަފާ ބައެއްކަން ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ޓީވީ ޓެލެތޯންގެ އިތުރުންވެސް ރާއްޖޭގެ އަމިއްލަ ބޮޑެތި ވިޔަފާރިތަކުން ލަންކާއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އެގޮތުން ޖުމުލަކޮށް ދިވެހިންގެ ފަރާތުން އެ ޤައުމަށް ދޭ އެހީ 2.4 މިލިޔަން ޑޮލަރަށްވުރެ ގިނަވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ޓެލެތޯން މެދުވެރިކޮށް 8 ލައްކައަށްވުރެ ގިނަ ޔޫއެސް ޑޮލަރު އެހީގެ ގޮތުގައި ލިބިފައިވާއިރު އަދި އެ ފައިސާ ޚާރިޖީ ވުޒާރާއާ ހަވާލުކޮށްފައިވާއިރު، މިއަދުގެ ވަގުތެއްގައި އެ ފައިސާ ލަންކާ ސަރުކާރާ ހަވާލުކުރާނެކަމަށް ވަޒީރުގެ ވާޙަކަފުޅުގައި ވިދާޅުވިއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދިވެހިންގެ ފަރާތުން ލަންކާއަށް ވީ އެހީގެ އަދަދު 2.4 މިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާ: ޚާރިޖީ ވަޒީރުޚަބަރު | ގަޑިއިރެއް ކުރިންސިލޯނާއެކު ދިވެހިން ޓެލެތޯން: ގައުމީ ބޭންކުން 25،000 ޑޮލަރުގެ އެހީއެއްޚަބަރު | 2 ދުވަސް ކުރިންސިލޯނާއެކު ދިވެހިން ޓެލެތޯން: ޕީއެންސީން 300،000ރ ގެ އެހީއެއްޚަބަރު | 2 ދުވަސް ކުރިން"ސިލޯނާއެކު ދިވެހީން": 7 ގަޑިއިރު ތެރޭ 1.3 މިލިއަނަށްވުރެ ގިނަ ރުފިޔާއާއި 12،000 އަށްވުރެ ގިނަ ޑޮލަރުޚަބަރު | 2 ދުވަސް ކުރިން