logo
Bank of Maldives

Bank of Maldives

ޚަބަރު

ޚާރިޖީ ވަޒީރު ޑރ. ޚަލީލް ދޯހާ ފޯރަމް 2025ގައި ބައިވެރިވެވަޑައިގެންފި

ޒިދާން މުޙައްމަދު
7 ޑިސެމްބަރު 2025 - 04:12
ޚާރިޖީ ވަޒީރު ޑރ. ޚަލީލް ދޯހާ ފޯރަމް 2025ގައި ބައިވެރިވެވަޑައިގެންފި

ހާރިޖީ ވަޒީރު ޑރ. އަބްދުﷲ ހަލީލް ގަތަރުގައި ކުރިއަށްގެންދާ މަތީ ފަންތީގެ މަހާސިންތާއެއްކަމަށްވާ ދޯހާ ފޯރަމް 2025ގައި ބައިވެރިވެވަޑައިގެންފިއެވެ.

ހާރިޖީ ވުޒާރާއިން ބުނީ ދޯހާ ފޯރަމްގެ 23 ވަނަ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު އެ ގައުމަށް ވަޑައިގެންފައިވާ ކަމަށެވެ. އިއްޔެ ފެށި ފޯރަމް ކުރިއަށް ދާނީ މި މަހުގެ ހަތްވަނަ ދުވަހުގެ ނިޔަލަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ފޯރަމްގައި ވަޒީރު ޑރ. ހަލީލް ބައިނަލްއަގްވާނީ ގާނޫނާއި އިންސާފުގެ ހަމަތަކާއި ގުޅޭގޮތުން ވާހަކަދެއްކުމާއި ބެހޭ ރައުންޑް ޓޭބަލްއެއްގައި ބައިވެރިވުމަށް ހަމަޖެހިފައިވެއެވެ. އޭގެ އިތުރުން އެ ފޯރަމްގެ ހަވާސާގައި އެކި ގައުމުތަކުގައި އިސްބޭފުޅުންނާ ބައްދަލުކުރައްވައި ގުޅުން ބަދަހިކުރުމަށް ގިނަ މަޝްވަރާތަކެއް ކުރުމަށް ހަމަޖެހިފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.

ރާއްޖެއިން އެ ފޯރަމްގައި ބައިވެރުވުމުން ދައްކުވައިދެނީ ބައިނަލްއަގްވާމީ ގުޅުންތައް ބަދަހިކުރުމާއި އެކި މައްސަލަތަކުގައި ވާހަކަދެއްކުމަށް ސަރުކާރުން ދެއްވާ އަހައްމިއްޔަތުކަން ކަމަށް ހާރިޖީ ވުޒާރާއިން ބުނެއެވެ.

ހާރިޖީ ވުޒާރާއިން ބުނީ އެ ފޯރަމްގައި ވަޒީރު ޑރ. ހަލީލްގެ އަރިހުގައި ސެކްރެއްޓަރީ ހަދީޖާ ނަޖީހާ އާއި ދޯހާގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ޗާޖްޑް އެފެއާސް މުހައްމަދު ދީދީ، ޖޮއިންޓް ސެކްރެޓަރީ މަރިޔަމް މިދްފާ ނައީމް އަދި ދެވަނަ ސެކްރެޓްރީ މުހައްމަދު ތަހްސީން ވެސް ބައިވެރިވެވަޑައިގަންނަވާ ކަމަށެވެ.

ދޯހާ ފޯރަމްގެ 23 ވަނަ އެޑިޝަންކުރިއަށް ދަނީ ޤަތަރުގެ ވެރިރަށުގައެވެ. މި ފޯރަމްގައި ބައިވެރިވެވަޑައިގެންނަވާ މަތީ ފަންތީގެ ބޭފުޅުންގެ ތެރޭގައި ސީރިއާ އާއި ގާނާގެ ރައީސުންނާއި ޤަތަރު އަދި ލުބްނާންގެ ބޮޑުވަޒީރު އަދި ތުރުކީގެ ޚާރިޖީ ވަޒީރު ވެސް ހިމެނިވަޑައިގަންނަވައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

"އިންސާނީ ކަރާމާތް ރައްކާތެރިކުރުމަށް ރާއްޖެއިން އަބަދުވެސް މަސައްކަތް ކުރާނެ"ޚަބަރު | 22 ދުވަސް ކުރިންހިއުމަން ރައިޓްސް ކައުންސިލްގެ ބައްދަލުވުމަކަށް ޚާރިޖީ ވަޒީރު ޖެނީވާއަށްޚަބަރު | 23 ދުވަސް ކުރިންޚާރިޖީ ވަޒީރު ޑރ. ޚަލީލް ދޯހާ ފޯރަމް 2025ގައި ބައިވެރިވެވަޑައިގެންފިޚަބަރު | 3 މަސް ކުރިންދިވެހިންގެ ފަރާތުން ލަންކާއަށް ވީ އެހީގެ އަދަދު 2.4 މިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާ: ޚާރިޖީ ވަޒީރުޚަބަރު | 4 މަސް ކުރިން