logo
Bank of Maldives

Bank of Maldives

ޚަބަރު

ސައިބަރ ކްރައިމް ހުއްޓުވަން މަސައްކަތްކުރާ މުއާހަދާގައި ރާއްޖެއިން ސޮއިކޮށްފި

ޢައްފާން މުޙައްމަދު
25 އޮކްޓޯބަރު 2025 - 06:10
ސައިބަރ ކްރައިމް ހުއްޓުވަން މަސައްކަތްކުރާ މުއާހަދާގައި ރާއްޖެއިން ސޮއިކޮށްފި

ސައިބަރ ކްރައިމް ހުއްޓުވުމަށް ޤައުމުތައް ގުޅިގެން މަސައްކަތް ކުރާ އދ.ގެ މުއާހަދާގައި ދިވެހި ރާއްޖެއިން ބައިވެރިވެ ސޮއިކޮށްފިއެވެ.

މިކަން ހާމަކުރެއްވީ ޚާރިޖީ ވަޒީރު ޑރ. އަބްދުﷲ ޚަލީލެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ،  މިއީ ވަރަށް ތާރީޚީ މުނާސަބާއެއްކަމަށެވެ. މިއީ އިންޓަނެޓާއި ޑިޖިޓަލް ޕްލެޓްފޯމްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށާއި ރާއްޖެ ފަދަ ތަރައްޤީވަމުން އަންނަ ކުޑަ ޤައުމަކަށް، ވަސީލަތުގެ ދަތިކަމާއެކު މި ފަދަ މައްސަލަތަކުގެ ނާޒުކުކަން ބޮޑުވާކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް މި ގޮންޖެހުންތަކާ ކުރިމަތިލައި، ޑިޖިޓަލް ޕްލެޓްފޯމަކީ ރައްކާތެރި ތަނަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ރާއްޖެއިން ކުރާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި އެއްބަސްވުމުގެ ސަބަބުން މައްސަލަތައް ޙައްލުކުރުމަށް ގުޅިގެން މަސައްކަތްކުރުމަށް ގިނަ މަސައްކަތްތަކެއް ކުރެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ހިރާސްތައް ކުޑަކުރުމާއި ޤާނޫނީ ގޮތުން މި މައްސަލައަށް ރިޢާޔަތްކުރުމާއި ޤައުމުތައް ގުޅިގެން މަސައްކަތްކުރެވޭނެ ހަރުދަނާ ނިޒާމެއް އެކަށައެޅޭނެކަމަށް ވަޒީރުގެ ޕޯސްޓު ނިންމަވާލައްވަމުން ވިދާޅުވެފައިވެއެވެ.

ސައިބަރ ކްރައިމް ހުއްޓުވުމަށް ޤައުމުތައް ގުޅިގެން މަސައްކަތް ކުރާ އދ.ގެ މުއާހަދާ، "ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް ސައިބަރކްރައިމް"ގައި ރާއްޖެއިން ބައިވެރިވާން ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ މިމަހުގެ 15 ވަނަ ދުވަހުގައެވެ.

ސައިބަރ ކްރައިމް ހުއްޓުވުމަށް ޤައުމުތަކުން އަޅަންޖެހޭ ފިޔަވަޅުތައް ބަޔާންކޮށް، ސީރިއަސް ކުށްތަކަށް އިލެކްޓްރޯނިކް ހެކި ފޯރުކޮށްދިނުމުގައި ބައިނަލްއަގުވާމީ އެއްބާރުލުން އިތުރުކުރުމަށް އެހީވެދޭ މި މުއާހަދާގައި ޤައުމުތަކުން ސޮއިކުރަން ފަށާފަމިވަނީ ސައިބަރ ކްރައިމްއާ ދެކޮޅަށް، ވިއެޓްނާމްގެ ހަނޯއީގައި ކުރިއަށްދާ ހައިލެވަލް ކޮންފަރެންސްގެތެރެއިންނެވެ. ދިވެހިރާއްޖޭގެ ފަރާތުން މި މުއާހަދާގައި ސޮއިކުރެއްވީ ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލްއެވެ.

މި މުއާހަދާ އެކުލަވާލާފަވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 24ވަނަ ދުވަހު ނަމަވެސް، ޤައުމުތަކުން ސޮއިކުރަން ފަށާފަވަނީ މިއަދުއެވެ.

"ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އެގެއިންސްޓް ސައިބަރކްރައިމް" ހައިލެވެލް ކޮންފަރެންސްގައި ރާއްޖޭގެ ވަފުދެއް ބައިވެރިވެވަޑައިގަންނައެވެ. އަދި މި ބައްދަލުވުންތަކުގެތެރެއިން ރާއްޖެއިން މުހިންމު މަޝްވަރާތަކުގައި ބައިވެރިވެއެވެ.

ކޮންފަރެންސް ކުރިއަށްދާނީ ދެ ދުވަހުގެ މުއްދަތަކަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޚާރިޖީ ވަޒީރު ޑރ. ޚަލީލް ދޯހާ ފޯރަމް 2025ގައި ބައިވެރިވެވަޑައިގެންފިޚަބަރު | 8 ދުވަސް ކުރިންދިވެހިންގެ ފަރާތުން ލަންކާއަށް ވީ އެހީގެ އަދަދު 2.4 މިލިއަން ޑޮލަރަށްވުރެ މައްޗަށް އަރާ: ޚާރިޖީ ވަޒީރުޚަބަރު | 13 ދުވަސް ކުރިންސައިބަރ ކްރައިމް ހުއްޓުވަން މަސައްކަތްކުރާ މުއާހަދާގައި ރާއްޖެއިން ސޮއިކޮށްފިޚަބަރު | 2 މަސް ކުރިންއދ.ގެ އާންމު މަޖިލީހުގެ 80ވަނަ ސެޝަންގައި ބައިވެރިވެވަޑައިގަތުމަށް ޚަލީލާއި ޠާރިޤް ނިއުޔޯކަށްޚަބަރު | 3 މަސް ކުރިން