ސެޓްލްމަންޓް އެއްބަސްވުމެއްގެ ދަށުން ބަދަލު ހޯދުކަމަށް ފެތުރި ވާހަކަ ސީއެމްސީން ދޮގުކޮށްފި


28 ޖެނުއަރީ 2025 - 04:13
ރަސްމާލެ ހިއްކުމުގެ މަޝްރޫޢުއާ ގުޅިގެން ސަރުކާރާ ދެކޮޅަށް ބަދަލު ހޯދުމަށް އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅަން އުޅޭ ކަމަށް ފަތުރާ ވާހަކަތައް ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އިން ދޮގުކޮށްފިއެވެ.
ސީއެމްސީސީއާ ރަސްމާލެ ހިއްކުމުގެ މަސައްކަތް ސަރުކާރުން ހަވާލުކުރީ 2023 ވަނަ އަހަރުގެ ޑިސެމްބަރު 18 ވަނަ ދުވަހުއެވެ. އޭރު އެއްބަސްވެފައިވަނީ ބިން ހިއްކުމުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި މާލެ ސަރަހައްދުން 70 ހެކްޓަރުގެ ބިން 99 އަހަރަށް ދޭ ގޮތަށެވެ. ނަމަވެސް، ސަރުކާރަށް ދިން ޝެޑިއުލާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންގޮސް މަޝްރޫޢު ލަސްވާތީ، ސަރުކާރުން ނިންމީ އެ ކުންފުންޏަށް އިތުރު ފުރުސަތެއް ނުދިނުމަށެވެ.
ސީއެމްސީސީން އިއްޔެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ރަސްމާލެ ހިއްކުމުގެ މަޝްރޫޢު ފުރަތަމަ އެއްބަސްވި ގޮތަށް ނުދިޔުމުން، އެކަމާ ގުޅޭ ސެޓްލްމަންޓް އެއްބަސްވުމެއް ހަދައި، ދެ ފަރާތުން އެއްބަސްވި ގޮތަށް މަސައްކަތް ވަނީ ނިންމާފައި ކަމަށެވެ. މިގޮތުން ނިންމާފައިވަނީ ސައިޓް ޖޭގެ ބިން ހިއްކުމާއި ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް ކަމަށް ސީއެމްސީސީން ބުނެފައިވެއެވެ.
ސީއެމްސީސީން އިތުރަށް ބުނެފައިވަނީ، މަސައްކަތުގެ ބަދަލަށް ދޭން އެއްބަސްވި ބިންތައް ނުދޭ ގޮތަށް އެޗްޑީސީން ނިންމާފައިވާތީ، ރަސްމާލެ ސައިޓް ޖޭގެ މަސައްކަތް ކޮށްފައިވަނީ ކޮންޓްރެކްޓާ ފައިނޭންސިންގެ މޮޑެލްގެ ދަށުން ކަމަށެވެ. އަދި އެޗްޑީސީން ފައިސާ ދޭން ޖެހޭނީ ފަހުން އެއްބަސްވި ގޮތަށް ކުރާ މަސައްކަތްތަކަށް އެކަނި ކަމަށާއި، އެއީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭ ފައިސާއެއް ނޫން ކަމަށް ވެސް ސީއެމްސީސީން ބުނެފައިވެއެވެ.
ބައެއް ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުން، ސީއެމްސީސީއަށް 21 މިލިއަން ޑޮލަރު ދޭން ނިންމާފައިވާ ކަމަށް ބުނެފައިވީ ނަމަވެސް، ސީއެމްސީސީން ބުނެފައިވަނީ ސަރުކާރުގެ ފަރާތުން އެއްވެސް ފައިސާއެއް ދީފައި ނުވާ ކަމަށެވެ.
ސީއެމްސީސީގެ ބަޔާނުގައި ވަނީ އެ ކުންފުނީގެ އަގު ވެއްޓޭ ގޮތަށް ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް އެދިފައެވެ.
އިތުރު ލިޔުންތައް

ރަސްމާލެ މަޝްރޫޢު ކާމިޔާބު ކުރެވޭނެ - ސަރުކާރު
8 މަސް ކުރިން
ރަސްމާލެ މަޝްރޫޢު: ދެ ސަރަހައްދަކުން ވެލި ނެގުމުގެ ހުއްދަ ދީފި
8 މަސް ކުރިން.jpg&w=3840&q=75)
ރަސްމާލެ ހިއްކުމުގެ މަސައްކަތް އަލުން ފަށައިފި
6 މަސް ކުރިން.jpg&w=3840&q=75)