logoEN
ޚަބަރު

ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ޑޮލަރު މާރުކުރެވޭ ޕްލެޓްފޯމެއް ބީއެމްއެލް އިން ތައާރަފްކޮށްފި

އާމިނަތު ސަފާއާމިނަތު ސަފާ

28 ޖެނުއަރީ 2025 - 05:33

ބޭންކް އޮފް މޯލްޑިވްސް އިން އިންޓަރނެޓް ބޭންކިންގ މެދުވެރިކޮށް ރިސޯޓް، ހޮޓެލް ގެސްޓްހައުސް އަދި ފަތުރުވެރިކަމުގެ ދާއިރާއާ ގުޅުންހުރި އެހެނިހެން ވިޔަފާރިތަކުން ބޭރުފައިސާ މާރުކުރުމަށް އެކުލަވާލައިފައިވާ ގާނޫނާއި ގަވައިދާ އެއްގޮތަށް ބޭރު ފައިސާ މާރުކުރެވޭ ގޮތަށް ހަމަޖައްސައިފިއެވެ.

މި ހިދުމަތަކީ ފޮރިން ކަރަންސީ އެކްޓް އަދި އެމްއެމްއޭގެ ކަރަންސީ ރެގިއުލޭޝަންއާ އެއްގޮތްވާ ގޮތުގެ މަތިން ފެށި ޚިދުމަތެކެވެ.

މި ޕްލެޓްފޯމްގެ ޒަރީއާއިން ވިޔަފާރިތަކަށް މަތީގައި ބަޔާންކޮށްފައިވާ ގާނޫނާއި ގަވައިދުގެ ދަށުން މާރުކުރަން ޖެހޭ ( މެންޑޭޓަރީ އެކްސްޗޭންޖް) ހުރިހާ މުއާމަލާތެއް ފަސޭހަކަމާއެކު ޓްރެކްކޮށް ރިވިއު ކުރުމަށް އެކްޓިވިޓީ ރިޕޯޓުން ފެންނާނެއެވެ. މި ޕްލެޓްފޯމު މެދުވެރިކޮށް ބޭންކަށް ޑޮލަރު މާރުކުރާނީ 15.42 ރުފިޔާ އަށެވެ. މިއީ ބޭންކުން ޑޮލަރު ވިއްކާ އަގެވެ .

ބޭންކުން ބުނީ މި އޮންލައިން ޕްލެޓްފޯމް ގާއިމުކުރުމުގެ މަގުސަދަކީ ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށް ލާޒިމްކޮށްފައިވާ ބޭރު ފައިސާ މާރުކުރުމަށް މަގުފަހިކޮށްދ،ީ ވީހާވެސް ފަސޭހަކަމާއެކު މި ހިދުމަތް ލިބޭނެ ގޮތް ހެދުންކަމަށެވެ.

ކޮމެންޓް

871x217_placeholder