logo
Bank of Maldives

Bank of Maldives

ޚަބަރު

މަމްދޫހަކީ މުވައްޒަފުންގެ ކުރިއެރުމަށް ވަކާލާތުކުރައްވާ ބޭފުޅެއް، އުޅެނީ އަބުރުކަތިލަން: މުބީން

އާމިނަތު ޝަފާ
28 ޖެނުއަރީ 2025 - 06:10
އާރްއޭސީއެލްގެ އެމްޑީ، މެމްބަރު މަމްދޫހުއާ އެކު
އާރްއޭސީއެލްގެ އެމްޑީ، މެމްބަރު މަމްދޫހުއާ އެކު

ފުނަދޫ ދައިރާ ތަމްސީލުކުރައްވާ ސަރުކާރު ހިންގާ ޕީއެންސީގެ މެމްބަރު މުހައްމަދު މަމްދޫހަކީ މުވައްޒަފުންގެ ކުރިއެރުމަށް އަބަދުވެސް ވަކާލާތުކުރައްވާ ބޭފުޅެއްކަމަށާއި މެމްބަރާ ބެހޭގޮތުން ބައެއް މީޑިއާތަކުގައި ފަތުރަމުންދަނީ އަބުރުކަތިލުމުގެ އަމަލުތަކެއްކަމަށް ރީޖަނަލް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ އަހުމަދު މުބީން ވިދާޅުވެއްޖެއެވެ.

ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްގެ ބައްޕަ "ސިޔާސީ" ބޭނުމެއްގައި ވަޒީފާއިން ވަކިކޮށްލިކަމަށް ބުނެ މެމްބަރު މަމްދޫހުއަށް އަމާޒުކުރަމުންދާ ފާޑުކިޔުންތަކާ ގުޅިގެން މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގަިއ މުބީން ވިދާޅުވީ އާރު.އޭ.ސީ.އެލް އިން ހިންގަމުން އަންނަ ފުނަދޫ އެއާޕޯރޓް ނިސްބަތްވަނީ ފުނަދޫ ދާއިރާއަށް ކަމަށްވާއިރު މެމްބަރު މަމްދޫޙް ދުވަހަކުވެސް އެއާޕޯރޓްގައި މަސައްކަތް ކުރައްވާ އެއްވެސް މުވައްޒަފަކަށް ވަކިގޮތަކަށް ކަންކުރަން އަންގަވާފައި ނުވާކަމަށެވެ. އަދި ދިމާވާ ކޮންމެ ފަހަރަކުވެސް އަބަދުވެސް މަޝްވަރާކުރައްވަނީ ހުރިހާ މުވައްޒަފުންގެވެސް ކުރިއެރުމަށް ކުރެވެން ހުންނަ ކަންކަމުގެ ވާހަކަ އާއި ފުނަދޫ އެއާޕޯރޓް އިތުރަށް ތަރައްޤީކުރަން ކުރެވެން ހުރިކަންކަމާއިމެދުގައިކަމަށް މުބީން ވިދާޅުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

އަޅުގަނޑު ފުނަދޫ ދާއިރާގެ މެމްބަރު މަމްދޫޙް ދަންނަތާ ވަރަށް ދުވަސްވެއްޖެއެވެ. މެމްބަރު މަމްދޫޙްއަކީ ވަރަށް ހިތްހެޔޮ، އެންމެނާވެސް ގުޅޭ، މަޑުމައިތިރި ހިތްތިރި ބޭފުޅެކެވެ.

 

މުބީން ވިދާޅުވީ މެމްބަރު މަމްދޫހަކީ ކޮންމެކަމެއްގައި ސިޔާސީ ކުލަޖައްސަވައިގެން މަސައްކަތްކުރައްވަވާ އެމް.ޕީއެއް ނޫންކަމަށެވެ.

 

ފުނަދޫ ދާއިރާގެ މެމްބަރު މަމްދޫޙް ހާއްސަ އެހީއަށް ބޭނުންވާ ކުއްޖެއްގެ ބައްޕަ "ސިޔާސީ" ބޭނުމެއްގައި އެމްޓީސީސީގެ ވަޒީފާއިން ވަކިކުރިކަމަށް ދެކެވޭ ވާހަކައަކީ އަޅުގަނޑު ކުޑަކޮށްވެސް ޤަބޫލުކުރާނެ ވާހަކައެއް ނޫނެވެ.

މުބީންވަނީ ސިޔާސީ މަޤްސަދު ހާޞިލްކުރުމަށް މީހުންގެ އަބުރު ކަތިލުމަށް ކުރަމުންގެންދާ މަސައްކަތް ހުއްޓާލުމަށް ސިޔާސީ ވާދަވެރިންނާއި އިދިކޮޅު ހަބަރުތައް ގެނެސްދޭ މީޑިއާތަކަށް ގޮވާލައްވާފައެވެ.

މައްސަލައިގައި މެމްބަރު މަމްދޫހުވެސްވަނީ ޕޯސްޓެއްކުރައްވާފައެވެ.

އަޅުގަނޑަކީ އެއްވެސް، ހާލަތެއްގައި، އެއްވެސް އާއިލާއަކަށް އަދި ވަކި ފަރުދަކަށްވެސް، ދެރައެއް ދިނުމަށް ނުވަތަ އެފަދަ ކަމަކަށް ބާރު އަޅާނެ، ހިތްވަރުދޭނެ އަދި ކުރާނެ ފަރާތެއް ނޫނެވެ.

މެމްބަރު ވިދާޅުވީ ސަރުކާރުގެ އެއްވެސް ކުންފުންޏެއްގެ ވަޒީފާއިން ވަކި ފަރާތެއް ވަކިކޮށް ދުރުކޮށް ކޮންޓްރެކްޓް އުވާލުމަށް އަދި އެނޫންކަމެއް ކުރުމަށްވެސް، އެއްވެސް ނުފޫޒެއް ފޯރުވާފައިނުވާނެކަމަށާއި ކުރިއަށްއޮތްތަނުގައި ނުވެސް ފޯރުވާނެކަމަށެވެ. އަދި އެފަދަ ކަމަކަށް އެއްވެސް ފަރާތަކަށް ހިތްވަރުވެސް ނުދޭނެކަން މެމްބަރުވަނީ ހާމަކުރައްވާފައެވެ.

މިކަމާ ގުޅިގެން ސޯޝަލް މީޑިއާގައި ވީޑިއޯއެއްވެސް އާއްމުވެފައިވާއިރު ވީޑިއޯގައިވެސް މެމްބަރު މަމްދޫހު ވިދާޅުވަނީ މައްސަލައިގެ ހަގީގަތް އެނގޭނީވެސް އަދި ބެލޭނީވެސް އެކުންފުންޏަށްކަމަށެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސުޕާ ކަޕްގެ ކާމިޔާބީގެ އަސްލަކީ، އަޑިއަޅާލާފައި އޮތް ދިވެހި ފުޓުބޯޅައަށް އިންވެސްޓުކުރި މަދަދުގާރު މާޒިޔާ: މުބީންކުޅިވަރު | 4 ދުވަސް ކުރިންހެއްކާއެކު މުބީންގެ ރައްދު: ދައުރުވަމުންދާ ނޫޓުތަކަކީ އިގްތިސާދަށް ފައިސާ އިތުރުކުރުން ކަމުގައި ނުބެލެވޭނެޚަބަރު | މަހެއް ކުރިންރީޖަނަލް އެއާޕޯޓްސްއިން އެމްއޭސީއެލްގެ މުވައްޒަފުންނަށް ހިތްވަރުދިނުމަށް، އައުޓާމިނަލަށް ދެކުމާގޮސްފި ޚަބަރު | 2 މަސް ކުރިންއެމްޑީޕީން ގޯތި ދިނުމުގެ ނަމުގައި ރައްޔިތުންނަށް ކުރީ ފުރައްސާރައެއް: މުބީންޚަބަރު | 2 މަސް ކުރިން