logo
MPL

MPL

ޚަބަރު

ރީޖަނަލް އެއާޕޯޓްސްއިން އެމްއޭސީއެލްގެ މުވައްޒަފުންނަށް ހިތްވަރުދިނުމަށް، އައުޓާމިނަލަށް ދެކުމާގޮސްފި

ޝަހްޒާ މުހައްމަދު
24 ޖުލައި 2025 - 14:12
ރީޖަނަލް އެއާޕޯޓްސްއިން އެމްއޭސީއެލްގެ މުވައްޒަފުންނަށް ހިތްވަރުދިނުމަށް، އައުޓާމިނަލަށް ދެކުމާގޮސްފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އައު ޓާމިނަލް ހުޅުވުމަށް ތައްޔާރުވަމުންދާއިރު، އެއާޕޯޓްގެ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތަށް ހިތްވަރު ދިނުމުގެ ގޮތުން ރީޖަނަލް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ފަރާތުން އެޓާމިނަލްއަށް ދެކުމާގޮސްފިއެވެ.

ދިވެހި އާދަކާދައިގެ ތެރޭގައި ބޮޑެތި މަސައްކަތްތައް ނިންމުމަށްފަހު، އެކަމަށް ތަރުހީބު ދިނުމުގެ ގޮތުން ގިނަ ބަޔަކު އެއްވެގެން ހަދިޔަ ހިފައިގެން ދިއުމަށް ކިޔަނީ ދެކުމާދިއުމެވެ. މިއީ ރާއްޖޭގެ އެކި ހިސާބުތަކުގައި މިހާރުވެސް ކުރަމުން އަންނަ އާދައެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރީޖަނަލް އެއާޕޯޓްސްގެ މެނޭޖިން ޑިރެކްޓަރ އަހްމަދު މުބީން ، ތާރީޚަށް އަލިއަޅުވާ ވިދާޅުވީ އެންމެ ފުރަތަމަ ރާއްޖޭގައި އެއަރޕޯޓެއްތަރައްގީ ކުރި އިރުވެސް ގިނަބަޔަކު ދެކުމާ ދިޔަކަމަށެވެ.

undefined

 

"ދިވެހީންނަކީ އެއްބައިވަންތަ ބައެއްކަން މިފަދަ ވަގުތުތަކުގައި ފެނިގެންދޭ. އެގޮތުން މިއީ އެމްއޭސީއެލްގެ މުވައްޒަފުންގެ މަސައްކަތުގެ އަގު ވަޒަންކުރުމުގެ ގޮތުން ވަރަށް ކުޑަކަމެއް"  މުބީން ވިދާޅުވިއެވެ.

ސަގާފީ ހަރަކާތްތަކާއި އެކު ފަރިވަޅު ހިފައިގެން އާރްއޭސީއެލްގެ މުވައްޒަފުން އާޓާމިނަލަށް ދިއުމުން، އެޓާމިނަލްއިން، އެމްއޭސީއެލްގެ މެނޭޖިން ޑިރެކްޓަރާއި ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުންގެ އިތުރުން ވެރިންނާއި މުވައްޒަފުން ވަނީ މަރުޚަބާވިދާޅުވެފައެވެ.

މި ހަރަކާތުގެ ތެރެއިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އައު ޓާމިނަލްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހިތްވަރު ދީ، އެމްއޭސީއެލްގެ އެމްޑީ ވަނީ އެ މުވައްޒަފުންގެ އަގު ވަޒަންކުރައްވާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޭވިއޭޝަން އިންސްޓިޓިއުޓްގެ ސަބަބުން ދާއިރާއަށް ގާބިލު މީހުން ބިނާކުރެވޭނެ: އެމްއޭސީއެލްގެ ސީއީއޯ  ޚަބަރު | 14 ދުވަސް ކުރިންއެމްއޭސީއެލްގެ އޭވިއޭޝަން އިންސްޓިޓިއުޓް ރަސްމީކޮށް އިފްތިތާހު ކޮށްފިޚަބަރު | 14 ދުވަސް ކުރިންކެމްބޯޑިއާއިން ކަނޑުމަގުން ގެންނަ މުދާ އެއާ ކާގޯ ކުރަން ފަށައިފިޚަބަރު | މަހެއް ކުރިންބޭންކުގެ ހިދުމަތާ އެކު، ދަތުރުވެރިން މަޑުކޮށްލާނެ ހިތްފަސޭހަ އާ ޖާގައެއް ވީއައިއޭގައި ހަދައިފިޚަބަރު | މަހެއް ކުރިން