logoEN
ޚަބަރު

މިދިޔަ އަހަރު ބީއެމްއެލްއަށް 2.1 ބިލިޔަން ރުފިޔާގެ ސާފު ފައިދާ ހޯދާފި

ބީއެމްއެލްގެ ހެޑް އޮފީސް -- ފޮޓޯ : ބީއެމްއެލް

ބީއެމްއެލްގެ ހެޑް އޮފީސް -- ފޮޓޯ : ބީއެމްއެލް

މިދިޔަ އަހަރު ބީއެމްއެލްއަށް 2.1 ބިލިޔަން ރުފިޔާގެ ސާފު ފައިދާ ހޯދާފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ބޭންކް އޮފް މޯލްޑިވްސް އިން 2024 ވަނަ އަހަރުގެ ހަތަރު ވަނަ ކުއާޓަރުގައި ހިންގުމުގެ ފައިދާގެ ގޮތުގައި 685 މިލިއަން ރުފިޔާ ވަނީ ހޯދައިފައެވެ. މި ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 725 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ ތިން ވަނަ ކުއާޓަރުއާ އަޅައިބަލާއިރު 47 އިންސައްތަ ކުރިއެރުމެކެވެ.

ސާފު ފައިދާ އިތުރުވެފައިވަނީ ޕްރޮވިޜަންގެ ގޮތުގައި ބެހެއްޓިފައިވާ ނިސްބަތުން ބޮޑު އަދަދެއް ލިބުމުންނެވެ އަހަރުގެ އޮޑިޓް ނުކުރާ މާލީ ހިސާބުން ދައްކާ ގޮތުގައި 2024 ބޭންކަށް ސާފު ފައިދާގެ ގޮތުގައި 2.1 ބިލިއަން ރުފިޔާ ލިބިފައި ވެއެވެ. މިއީ 2023 ވަނަ އަހަރާ އަޅައިބަލާއިރު 4 އިންސައްތައިގެ އިތުރުވުމެކެވެ.

އަދި ޖުމްލަ އެސެޓް ވަނީ 2023 ވަނަ އަހަރަށްވުރެ 3 ބިލިއަން ރުފިޔާ އިތުރުވެފައެވެ. ބޭންކުން ދޫކުރަމުންދާ ލޯނުގެ ފެންވަރު ރަނގަޅުވެފައިވާއިރު، މިދިޔަ އަހަރު އާންމު ފަރުދުންނާއި ވިޔަފާރިތަކަށް 5.2 ބިލިއަން ރުފިޔާގެ އައު ލޯނު ދޫކޮށްފައިވެއެވެ. ބޭންކުގެ ރައުސުލްމާލާއި ލިކުއިޑިޓީ ރޭޝިއޯ ގާނޫނު ލާޒިމްކުރާ މިންވަރަށްވުރެ މަތީގައި ދެމެހެއްޓިފައިވެއެވެ.

މި ނަތީޖާއާ ގުޅޭގޮތުން ވާހަކަ ދައްކަވަމުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަރީފް ވަނީ ފާއިތުވި އަހަރު ބޭންކަށް އަގުހުރި މަސައްކަތްތަކެއް ކޮށްދެއްވި މުވައްޒަފުންނަށް ވަރަށް ހާއްސަ ޝުކުރެއް އަދާކުރައްވާފައެވެ. 2024 ވަނަ އަހަރު ލިބުނު ހަރުދަނާ މާލީ ނަތީޖާއިން ބޭންކުގެ ކުރިއެރުން ދައްކުވައިދޭއިރު، މުޖުތަމައަށް ޚިދުމަތްކުރުމަށް ބޭންކުން ދޭ އަހުމިއްޔަތުކަން ހާމަވެގެންދާކަމަށާއި 2025 އަހަރު ބޭންކުން މަސައްކަތް ކުރާނީ މި ލިބުނު ނަތީޖާއާއެކު އިތުރު ކާމިޔާބީ ހޯދޭނެކަމުގެ ޔަގީންކަމާއެކުކަން އޭނާ ފާހަގަކުރެއްވިއެވެ.

ދިވެހި ރައްޔިތުންނަށް ފާގަތި މުސްތަގުބަލެއް ހޯދައިދ،ީ ކަސްޓަމަރުން ބޭނުންވާފަދަ ހެޔޮ ބަދަލެއް ހޯދައިދިނުމުގެ އަޒުމާއެކު ވޭތުވެ ދިޔަ ކުއާޓަރގައި ބޭންކުން ވަނީ 2025 ވަނަ އަހަރު ނިމެންވާއިރަށް ރާއްޖޭގެ ހުރިހާ ރަށެއްގައި އޭޓީއެމް ބެހެއްޓުމަށް " މުޅި ރާއްޖެއަށް ބީއެމްއެލް އޭޓީއެމް" މަޝްރޫޢު އިއުލާންކޮށްފައެވެ. އަދި ޖަމިއްޔާތައް ބާރުވެރިކުރުވައ،ި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެމެހެއްޓެނިވި ތަރައްގީގެ މަޝްރޫޢުތައް ހިންގުމަށް "ބޭންކް ފަންޑް" ލިބޭ 5 ފަރާތެއް ހޮވާފައިވެއެވެ.

މުޅި ރާއްޖެ ހިމެނޭ ބޭންކިންގެ ވިއުގަޔާއެކު 20 އަތޮޅުގައި 39 ބްރާންޗ،ް 95 ސެލްފްސަރވިސް ބޭންކިންގ ސެންޓަރ، 150 އޭޓީއެމް، އޭޖެންޓު ބޭންކިންގ ހިދުމަތުގެ އިތުރުން އެންމެ ޒަމާނީ އޮންލައިން ބޭންކިންގ ހިދުމަތާއެކު، ބޭންކް އޮފް މޯލްޑިވްސްގެ އަމާޒަކީ އާންމު ފަރުދުންނާއި ވިޔަފާރިތަކާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ މުޖުތަމައުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.

ކޮމެންޓް

871x217_placeholder