logo
Bank of Maldives

Bank of Maldives

ޚަބަރު

އެމްއާރްއެމް އުވާލައި ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކޮށްފި

އާމިނަތު ޝަފާ
29 ޖެނުއަރީ 2025 - 11:56
އެމްއާރްއެމް އުފެއްދުމަށް ބޭއްވި ޖަލްސާގެ ތެރެއިން
އެމްއާރްއެމް އުފެއްދުމަށް ބޭއްވި ޖަލްސާގެ ތެރެއިން

މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމް.އާރު.އެމް) އުވާލައި އެ ޕާޓީ ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކޮށްފިއެވެ.

މިކަން ހާމަކޮށް އިލެކްޗަން ކޮމިޝަނުން ބުނީ ސިޔާސީ ޕާޓީގެ ޤާނޫނުގެ 30 ވަނަ މާއްދާގެ (ހ)ގެ 1 ވަނަ ނަންބަރުގައިވާ ގޮތުގެމަތިން ސިޔާސީ ޕާޓީއެއް ދެމިއޮތުމަށް ޤާނޫނު ލާޒިމުކުރާ 3000 މެންބަރުން ހަމަކުރުމަށް ދިން މުއްދަތުގައި 3000 މެންބަރުން ހަމަވެފައިނުވާތީ، މިއަދުން ފެށިގެން އެމް.އާރު.އެމް އުވާލައި އެ ޕާޓީ ސިޔާސީ ޕާޓީގެ ދަފްތަރުން އުނިކުރިކުރުމަށް ކޮމިޝަނުން ނިންމާފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމްއާރްއެމްއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ ވެރިކަމުގައި އޭރުގެ ޕީޕީއެމްގެ އެތެރޭގައި އުފެދުނު ހިޔާލު ތަފާތުވުންތަކާއި ރައީސް ޔާމީނާއި ކުރީގެ ރައީސް މައުމޫނާ ދެމެދު އުފެދުނު ސިޔާސީ ހިޔާލުތަފާތުވުމުގެ ތެރެއިން އުފެދުނު ޕާޓީއެކެވެ.

ރައީސް މައުމޫނު އިސްވެ ހުންނަވައި އުފެއްދެވި މި ޕާޓީގެ ލީޑަރަކީ އެމަނިކުފާނުގެ ދަރިކަލުން ފާރިސް މައުމޫނެވެ.

އިލެކްޝަންސް ކޮމިޝަނުން އެންމެ ފަހުން އާއްމު ކުރި ހިސާބުތައް ދައްކާ ގޮތުން އެމްއާރުއެމްގައި ތިބީ 1،867 މެމްބަރުންނެވެ.

އެ ޕާޓީ އުވާލަން ނިންމިކަން އިލެކްޝަންސް ކޮމިޝަނުން އެޕާޓިއަށް އެންމެ ފަހުން އެންގީ މިދިޔަ އޮގަސްޓްމަހުގެ 25 ވަނަދުވަހުއެވެ. އަދި އެދުވަހުން ފެށިގެން 30 ދުވަހުގެތެރޭގައި ޕާޓީގައި ހުރިއްޔާ ހުރި މުދަލާއި ދަރަންޏާއި މެދު ޤާނޫނުގައި ވާގޮތުގެ މަތިން އަމަލު ކުރުމަށްފަހު އެކަން 15 ދުވަހުގެ ތެރޭގައި ކޮމިޝަނަށް އެންގުމަށްވެސް އެމްއާރުއެމަށް އީސީން އެދުވަހު އެންގިއެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރު ދައްކާގޮތުން މިހާރު އެންމެ މެމްބަރުން ގިނައީ ވެރިކަންކުރާ ޕީއެންސީގައެވެ. އެޕާޓީގައި 68،968 މެމްބަރުން ތިބިއިރު، ދެވަނައަށް އެންމެ މެމްބަރުން ގިނަ އިދިކޮޅު އެމްޑީޕީގައި ތިބީ 43،755 މެމްބަރުންނެވެ. އަދި ތިންވަނައަށް އެންމެ މެމްބަރުން ގިނަ ޖުމްހޫރީ ޕާޓީގައި ތިބީ 13،826 މެމެބަރުންނެވެ.

ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި 10 ޕާޓީއެއް ރަޖިސްޓްރީކޮށްފައިވާއިރު އެމްއާރްއެމްއާ ލައިގެން 3 ޕާޓީއެއް ވަނީ އުވާލާފައިކަމަށް ދަފްތަރުން ދައްކައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މީޑިއާ ކޮމިޝަން އިންތިޚާބުގައި ވޯޓުލާން ރަޖިސްޓްރީކުރުމަށް އިތުރު އެއްދުވަސް ދީފިޚަބަރު | 2 މަސް ކުރިންއިންތިހާބުތަކަށް ރައްޔިތުން ކުރާ އިތުބާރު ބޮޑު - އީސީގެ ރައީސް ޚަބަރު | 6 މަސް ކުރިންއެމްއާރްއެމް އުވާލައި ސިޔާސީ ޕާޓީތަކުގެ ދަފްތަރުން އުނިކޮށްފި ޚަބަރު | 10 މަސް ކުރިންސިޔާސީ ޕާޓީތަކުގެ ދަފްތަރަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތުޚަބަރު | 10 މަސް ކުރިން