logo
Bank of Maldives

Bank of Maldives

ޚަބަރު

ބާރަށު ކައުންސިލްގެ އިލްތިމާސް: ގޮތްނޭނގޭ އުޅަނދުތަކަށް ނާރާ

އަޙްމަދު ޒަލީފް
29 ޖެނުއަރީ 2025 - 12:36
ބާރަށު ކައުންސިލްގެ އިލްތިމާސް: ގޮތްނޭނގޭ އުޅަނދުތަކަށް ނާރާ

ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެއުޅޭ ބޭރުގެ ގޮތްނޭނގޭ އުޅަނދުފަހަރަށް މަސްވެރިންނާ އަދި ދަތުރުފަތުރުކުރާ ފަރާތްތަކުން ނާރަން ބާރަށު ކައުންސިލުން އިލްތިމާސްކޮށްފި އެވެ.

މިފަހަކަށް އައިސް ރާއްޖޭގެ ސަރަހައްދަށް ވަދެ އުޅޭ ބޭރުގެ ގޮތްނޭނގޭ އުޅަނދުފަހަރަށް މަސްވެރިންގެ އުޅަނދުފަހަރުން އަރާ އެފަދަ އުޅަނދުތައް ހިފަހައްޓަމުން ގެންދާ ކަމަށް، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އާ ހަވާލާދީ ބާރަށު ކައުންސިލުގެ އިދާރާއިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިދިޔަ މަހުގެ ފަހުކޮޅު ވެސް ކަނޑުމަތިން ބެހިގެން އައި ބަޔަކު ފުވައްމުލަކު ސިޓީ ހުޅަނގު އުތުރުން 10 ވަރަކަށް މޭލު ބޭރުން ވަނީ ހިފަހައްޓާފަ އެވެ. އެމްއެންޑީއެފުން ބުނެފައި ވަނީ ތިން މީހުން ތިބި ޑިންގީ ހިފެހެއްޓީ ޝައްކުވެގެން ކަމަށެވެ. އޭގައި ތިބީ ސޯމާލިއާ މީހުން ކަމަށް ޝައްކު ކުރެވޭ ކަމަށް ވެސް ބުނެފައިވެ އެވެ.

ބާރަށު ކައުންސިލުން ހާމަކޮށްފައިވާ ގޮތުގައި އެފަދަ އުޅަނދުފަހަރު ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ފެނިއްޖެ ނަމަ އެފަދަ އުޅަނދުފަހަރަށް އެރުމުގެ ބަދަލުގައި ލަސްނުކޮށް ކޯސްޓްގާޑަށް ނުވަތަ ސަރުކާރުގެ ކަމާ ގުޅުންހުރި އިދާރާތަކަށް އެ މައުލޫމާތު ހިއްސާކުރަން އަތޮޅު ކައުންސިލުން އަންގާފައިވާ ކަމުގަ އެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަޑިއަށްދިޔަ ބޯޓުން ބައެއް ތަކެތި އޮޔާދާތީ ދަތުރުކުރާއިރު ސަމާލުވުމަށް އެދިއްޖެޚަބަރު | 20 ދުވަސް ކުރިންބަންޑުން ޖަހާލި ކޮޅުވެއްޓިން ގެއްލުނު ދެވަނަ މީހާގެ ހަށިގަނޑު ފެނިއްޖެޚަބަރު | 20 ދުވަސް ކުރިންދޯންޏެއް ބަންޑުންޖަހާލައި ދިވެއްސަކު ނިޔާވެއްޖެޚަބަރު | 2 މަސް ކުރިންރާއްޖޭގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅުނު ބޭރުގެ މަސްބޯޓެއް އަތުލައިގެންފިޚަބަރު | 3 މަސް ކުރިން