ގޮނޑިގެއްލޭ މައްސަލައިގެ ޝަރީޢަތް ފަށަނީ


30 ޖެނުއަރީ 2025 - 12:46
ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ޕާޓީ ބަދަލުކުރުމުން ނުވަތަ ޕާޓީން ވަކިކޮށްފި ނަމަ މެންބަރުކަން ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހުގެ މައްސަލައިގެ ޝަރީއަތް އަންނަ މަހު ފަށަން ސުޕްރީމް ކޯޓުގައި ތާވަލުކޮށްފި އެވެ.
މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެންބަރު އަދި ޤާނޫނީ ވަކީލު އަލީ ހުސައިންއެވެ. މި މައްސަލައަށް ތަދައްޚުލުވުމަށް އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓިކް ޕާޓީއަށް ފުރުޞަތު ދީފައިވާ ކަމަށް ވެސް މަޢުލޫމާތު ލިބިފައިވެއެވެ.
އަލީ ހުސައިން ހުށަހެޅުއްވި މައްސަލައިގައި ވަނީ މި އިޞްލާޙަކީ ޤާނޫނުއަސާސީގެ އަސާސީ މާއްދާތަކާ ފުށުއަރާ އިޞްލާޙެއް ކަމަށެވެ. ޚާއްޞަކޮށް ދިވެހި ދައުލަތުގެ އެންމެހައި ބާރުތައް ރައްޔިތުންގެ ކިބައިގައި ދެމިއޮތުމުގެ އަސާސާ ޚިލާފުވާކަމަށާއި ރައްޔިތުންގެ މަޖިލިސް މިނިވަން ބާރެއްގެ ގޮތުގައި ދެމިއޮތުމަށް ކަނޑައަޅާފައިވާ ދުސްތޫރީ ހަމައާ ވެސް ޚިލާފުވާކަމަށް ވަނީ ވިދާޅުވެފައެވެ.
ގާނޫނުއަސާސީއަށް އިސްލާހުތަކެއް ސަރުކާރުގެ ފަރާތުން ހުށަހެޅީ މިދިޔަ އަހަރުގެ ފަހުކޮޅެވެ. އިސްލާހު މަޖިލީހަށް ހުށަހެޅި ދުވަހު އެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށް، އެ ދުވަހުގެ ހަވީރު ތަޅުމުން ފާސްކޮށްފައިވެ އެވެ. އަދި ހަމަ އެދުވަހު ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ބިލު ތަސްދީގު ކުރައްވައިފަ އެވެ.
މި މައްސަލައިގައި އަލީ ހުސައިން އެދިވަޑައިގެންފައިވަނީ މި އިޞްލާޙަކީ ބާޠިލު އިޞްލާޙެއް ކަމަށް ކަނޑައަޅައި ދިނުމަށާއި، މިހާރު ހިނގަމުންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މައްޗަށް މި އިޞްލާޙު ނުހިނގާނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.
އިތުރު ލިޔުންތައް

ރައީސް ޔާމީނުގެ މައްސަލައިގާ އާހެކި ބަލައިގަތުމުގެ މައްސަލަ ސްޕްރީމް ކޯޓުން ބަލައިގެންފި
8 މަސް ކުރިން
ސަމާޙް މަރަން ކުރި ޙުކުމް ސްޕްރީމް ކޯޓުން ބާޠިލްކޮށްފި
7 މަސް ކުރިން
ޝަހުމް މަރަން ކުރި ޙުކުމް: އެންމެ ފަހު މަރުޙަލާގެ އަޑުއެހުންތައް ފަށަނީ
6 މަސް ކުރިން