logo
Bank of Maldives

Bank of Maldives

ޚަބަރު

ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބަލަހައްޓަން މީހުން ތަމްރީން ކުރަނީ

އަޙްމަދު ޒަލީފް
30 ޖެނުއަރީ 2025 - 12:58
ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް ބަލަހައްޓަން މީހުން ތަމްރީން ކުރަނީ

ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް އެންމެ އެކަށޭނަ ގޮތުގައި ބެލެހެއްޓުމުގެ ކޯހެއް ފަރުމާކޮށް މިކޯހުގެ ތަމްރީނުދިނުމުގެ އެއްބަސްވުމެއްގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއާއި ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީއާ ދެމެދު ސޮއިކޮށްފިއެވެ.

ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް އެންމެ އެކަށޭނަ ގޮތުގައި ބެލެހެއްޓުމުގެ ކޯހެއް ފަރުމާކޮށް މިކޯހުގެ ތަމްރީނުދިނުމުގެ އެއްބަސްވުމެއްގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް، މުޙައްމަދު ޒާހިރެވެ. އަދި ގައުމީ ޔުނިވަރސިޓީގެ ފަރާތުން ސޮއިކުރެއްވީ ވައިސް ޗާންސެލަރ ޑރ. އައިޝަތު ޝެހެނާޒް އާދަމެވެ.

Ad by Hajj Corporation

Ad by Hajj Corporation

މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވުޒާރާއިން ވިދާޅުވީ އެންދެރި މަޝްރޫޢުގެ ދަށުން ވެވުނު މި އެއްބަސްވުމުގެ މަގްސަދަކީ ރާއްޖޭގެ ތިމާވެއްޓާއި، އިޖްތިމާއީ އަދި އިދާރީ ހިންގުމުގެ ޚާއްސަ ސިފަތަކަށް ބައްޓަންކޮށްގެން ކޯހެއް ފަރުމާކުރުން ކަމަށެވެ.

އަދި ތިމާވެށީގެ ގޮތުން ހިމާޔަތްކޮށްފައިވާ ސަރަހައްދުތައް އެންމެ އެކަށޭނަ ގޮތެއްގައި ބެލެހެއްޓުމަށް ބޭނުންވާ މަޢުލޫމާތާއި ހުނަރު ހުރި މީހުން އުފެއްދުންކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

ލ.އަތޮޅަށް ޚާއްސަކޮށްގެން ހިންގާ މި ކޯހުގައި ތިމާވެށީގެ ސައިންސް، ތިމާވެށީގެ ޤާނޫނާއި ތަންފީޒީ މަސައްކަތް، އިޖްތިމާޢީ ބައިވެރިވުން އިތުރުކުރުމާއި ހޭލުންތެރިކަން އިތުރުކުރުން، އަސާސީ ކޮމްޕިއުޓަރުގެ މަސައްކަތް އަދި ނިޔަމި ކަމުގެ މާއްދާތައް ހިމެނޭކަމަށް އެ ވުޒާރާއިން މައުލޫމާތުދެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަގު ހަދަން އީއައިއޭ ހަދަން ނުޖެހޭ ގޮތް ހަދައިފިޚަބަރު | 5 ގަޑިއިރު ކުރިންއޭދަފުށީ އެމްއެންޔޫ ކެމްޕަހުގެ ބިންގާ އަޅައިފިޚަބަރު | 2 ދުވަސް ކުރިންޑޮކްޓަރ މުޙައްމަދު ޒާހިރު ޙުސައިން ރާއްޖޭގެ ތައުލީމަށް ކޮށްދެއްވި މަސައްކަތަަށް ރައީސްގެ ޝުކުރުޚަބަރު | މަހެއް ކުރިންމަތީ ތަޢުލީމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފިޚަބަރު | މަހެއް ކުރިން