ދިވެހިންގެ ހިތްހެޔޮކަން ފެނި، އިޓަލީގެ ފަތުރުވެރިއަކު މުސްލިމްވެއްޖެ
.webp&w=3840&q=75)
ފަތުރުވެރިންތަކެއް ރާއްޖޭގައި
.jpg&w=3840&q=75)
31 ޖެނުއަރީ 2025 - 12:45
ޗުއްޓީ ހޭދަކުރުމަށް ރާއްޖެއަށް އައި އިޓަލީގެ ފަތުރުވެރިއަކު، ދިވެހިންގެ ހިތްހެޔޮކަމުގެ ސަބަބުން މުސްލިމްވެއްޖެއެވެ.
ލޯބިވެރިޔާއާއެކު ރާއްޖޭގެ ރަށެއްގައި ޗުއްޓީ ހޭދަކުރުމަށް އައި އިޓަލީގެ ފިރިހެން ފަތުރުވެރިޔަކު މުސްލިމުވެފައިވަނީ، އޭނާގެ ލޯބިވެރިޔާއާ އެކު ފީނަން ގޮސް އުޅެނިކޮށް، މޫދަށް އޭނާގެ ލޯބިވެރިޔާގެ ފޯނު ގެއްލި ހިނގި ހާދިސާއެއްގެ ސަބަބުންނެވެ.
އެ ހާދިސާ ސޯޝަލް މީޑިޔާގައި ހިއްސާކުރަމުން އެ ފަތުރުވެރިޔާ ވަނީ އެ ހާދިސާ ހިނގި ގޮތް ކިޔައިދީފައެވެ. އެގޮތުން މޫދަށް ގެއްލުނު އެ ފޯނަކީ އެ ދެ ފަތުރުވެރިންގެ ގިނަ ހަނދާންތަކެއް ހިމެނޭ ފޯނަކަށް ވެފައި، އެ ފޯނުގެ ޑޭޓާތައް ބެކަޕްކޮށްފައި ނުވާތީ އެ ހާދިސާގެ ސަބަބުން އެމީހުން ތިބީ ވަރަށް މާޔޫސްވެފައިކަމުގައި ވެސް އޭނާ ބުންޏެވެ. އަދި އެ މާޔޫސީކަމުގައި ތިބެ، އެ ފޯނު ހޯދުމަށް އެންމެ ދިވެއްސަކު ގާތުން އެދުމުން، އެ ދިވެހި މީހާ އާއި ރަހްމަތްތެރިންތަކެއް ފީނަން ގޮސް އޭނާގެ ލޯބިވެރިޔާގެ ފޯނު ހޯދައިދީފައިވާ ކަމުގައި އެ ފަތުރުވެރިޔާ ބުނެފައިވެއެވެ.
އަދި އެ ފޯނު ފެނުނު އިރު އެ ފޯނަށް އެއްވެސް ގެއްލުމެއް ލިބިފައިނުވާކަން ވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.
އެއާއެކު، ދިވެހިންނަކީ އޭނާއަށް މިހާތަނަށް ދިމާވީ އެންމެ ހިތްހެޔޮ މީހުން ކަމުގައި އޭނާ ވަނީ ފާހަގަކޮށްފައެވެ. އަދި ދިވެހިން އެހާ ހިތްހެޔޮވީ، ދިވެހިންނަކީ މުސްލިމުންކަމުގައި ވުމުންތޯ ވެސް އޭނާ ވަނީ ސުވާލު އުފައްދައި، މުސްލިމަކަށް ވުމުގެ ޝައުގުވެރިކަން ފާޅުކޮށްފައެވެ.
އަދި އެ ފަތުރުވެރިޔާ ރާއްޖެ އައި ދަތުރު ދިގު ދަންމާލައި، އެ ރަށުގެ ޝެއިޚެއްގެ ފަރާތުން އިސްލާމް ދީނާ ގުޅޭ ގޮތުން މައުލޫމާތު ހޯދައި، ޝަހާދަތުގެ ދެ ކަލިމަ ކިޔައި މުސްލިމަކަށް ވެފައިވާ ކަމުގައި ވެސް އޭނާ ބުންޏެވެ. އެގޮތުން އިސްލާމް ދީނުގެ ރިވެތިކަމުގެ ވާހަކަ ހިއްސާކުރަމުން އޭނާ ބުނި ގޮތުގައި، އޭނާއަށް އިސްލާމްދީނުން އެންމެ ފާހަގަކުރެވުނު އެއް ކަމަކީ ޒަކާތެވެ.
އެގޮތުން ޒަކާތަކީ މީގެ ކުރިން ދުވަހަކު ވެސް އަޑުއެހި ކަމެއް ނޫންކަމަށާއި، ޒަކާތާ ގުޅޭގޮތުން އެނގުމުން އޭނާގެ ލޮލުން ކަރުނަ ފާއްދާލިކަމަށެވެ. އަދި އިސްލާމްދީނުގެ ހިދާޔަތު ލިބުނީތީ ޙަމްދުކޮށް، އެކަމުގައި ދިވެހިން އޭނާއަށް ދިން އެއްބާރުލުމަށް އޭނާ ވަނީ ޝުކުރުއަދާކޮށްފައެވެ.
އިތުރު ލިޔުންތައް

ބަންގްލަދޭޝްއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެ
6 މަސް ކުރިން
ފެހުރިހި ބަލަން ވަންނަ އުޅަނދުތަކުގެ ބުރަފަތީގައި ގާޑުއަޅުވާ ގޮތަށް ހަދަނީ
3 މަސް ކުރިން
ހަފްތާއެއްގެ ތެރޭގައި ބައިލައްކަ އެއްހާ ފަތުރުވެރިން
2 މަސް ކުރިން