ހަފްތާއެއްގެ ތެރޭގައި ބައިލައްކަ އެއްހާ ފަތުރުވެރިން


09 ފެބްރުއަރީ 2025 - 16:00
މިދިޔަ ހަފްތާގައި ރާއްޖެއަށް ބައި ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މި މަހުގެ 8 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ވަނީ 279،916 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒޔާރަތްކޮށްފައިވާ 251،503 ފަތުރުވެރިންނާ އަޅާ ބަލާއިރު 11.2 އިންސައްތަ އިތުރު އަދަދެކެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. ޗައިނާއިން އަހަރުގެ މިހާތަނަށް ވަނީ ބައި ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އައިސްފައި ވަނީ ރަޝިއާއިންނެވެ.
ތަފާސްހިސާބުތައް ދައްކާގޮތުގައި، މިދިޔަ ހަފްތާތެރޭ ރާއްޖެއަށް 55،558 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. މި އަދަދަކީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 52،511 ފަތުރުވެރިންނާއި އަޅާބަލާއިރު ފަސް އިންސައްތަ އިތުރު އަދަދެކެވެ.
އަހަރުގެ މިހާތަނަށް އެއް ދުވަސްތެރޭ އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ މި މަހުގެ އެއް ވަނަ ދުވަހުއެވެ. އެދުވަހު ރާއްޖެއަށްވަނީ 9،495 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ.
ރާއްޖެއަށް މިހާރު އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަނީ ޗައިނާއިންނެވެ. ޗައިނާއިން އަހަރުގެ މިހާތަނަށް ވަނީ ބައި ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. ދެވަނައަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން ރާއްޖެއަށް އައިސްފައި ވަނީ ރަޝިއާއިންނެވެ.
އިތުރު ލިޔުންތައް

ބަންގްލަދޭޝްއިން ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެ
6 މަސް ކުރިން
ފެހުރިހި ބަލަން ވަންނަ އުޅަނދުތަކުގެ ބުރަފަތީގައި ގާޑުއަޅުވާ ގޮތަށް ހަދަނީ
3 މަސް ކުރިން.webp&w=3840&q=75)
ދިވެހިންގެ ހިތްހެޔޮކަން ފެނި، އިޓަލީގެ ފަތުރުވެރިއަކު މުސްލިމްވެއްޖެ
2 މަސް ކުރިން