logo
E-Platinum
ޚަބަރު

ހުޅުމާލެ ބްރިޖުމަތީ ހިނގި އެކްސިޑެންޓެއްގައި ބަންގްލަދޭޝް މީހަކު ނިޔާވެއްޖެ

މުހައްމަދު މޫސާމުހައްމަދު މޫސާ
1 ފެބްރުއަރީ 2025 - 05:08
 ހުޅުމާލެ ބްރިޖުމަތީ ހިނގި އެކްސިޑެންޓެއްގައި  މީހަކު ނިޔާވެއްޖެ

މިއަދު ހެނދުނު ހުޅުމާލެއިން މާލެއަށް އަންނަ ލޭނުގައި ހިނގި އެކްސިޑެންޓެއްގައި ބަންގްލަދޭޝް މީހަކު ނިޔާވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 8:19 ހާއިރުއެވެ.

ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވިގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ ބްރިޖުގެ ސޯލާ ޕެނަލްތައް ކައިރީގައި މަސައްކަތެއް ކުރަން އަންގައިދޭން ބަހައްޓާފައި ހުރި ކޯނެއްގައި ޖެހިގެންނެވެ.

އެކްސިޑެންޓްގައި އަނިޔާވި މީހާ ވަގުތުން ފަރުވާ ދިނުމަށްޓަކައި އައި.ޖީ.އެމް.އެޗަށް ގެންގޮސްފައިވެއެވެ.

ހޮސްޕިޓަލުން މަޢުލޫމާތު ދިންގޮތުގައި، ފަރުވާ ދެމުންދަނިކޮށް މިއަދު ހެނދުނު 9:05 ހާއިރު އެ މީހާ ނިޔާވެފައިވެއެވެ. ނިޔާވި މީހާއަކީ ބަންގްލަދޭޝްގެ ފިރިހެނެކެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ. އެކްސިޑެންޓް ހިނގި ސަބަބާއި އިތުރު ތަފްސީލު އަދި ހާމަކޮށްފައެއް ނުވެއެވެ.

Regional Airports
ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސްކޭމްކޮށްގެން ފާއިތުވި ހަފްތާގެ ތެރޭގައި ހަތަރު ލައްކަ އަށްވުރެ ގިނަ ރުފިޔާ ގެއްލުނުޚަބަރު | 2 މަސް ކުރިންހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފުލުހުންގެ މަސައްކަތް ފުޅާކުރުމަށް މަޝްވަރާކޮށްފިޚަބަރު | 2 މަސް ކުރިންކުރީގެ އަނބިމީހާ ބްލެކްމެއިލް ކުރި މީހަކު ހައްޔަރުކޮށްފިޚަބަރު | 4 މަސް ކުރިން ސްކޭމުގެ މައްސަލަތަކަށް ހައްލުހޯދަން ޚާއްސަ ސެންޓަރެއް ގާއިމުކޮށްފިޚަބަރު | 4 މަސް ކުރިން