logo
މާފަންނު ގެއެެއްގައި ވަރަށް ބޮޑަށް އަލިފާން ރޯވެ އަނދަނީBank of Maldives

Bank of Maldives

ޚަބަރު

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފުލުހުންގެ މަސައްކަތް ފުޅާކުރުމަށް މަޝްވަރާކޮށްފި

މުހައްމަދު މޫސާމުހައްމަދު މޫސާ
17 މޭ 2025 - 19:21
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފުލުހުންގެ މަސައްކަތް ފުޅާކުރުމަށް މަޝްވަރާކޮށްފި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފުލުހުންގެ މަސައްކަތް ފުޅާކުރުމަށް އެކަމާ ގުޅޭގޮތުން، ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީ)އާއެކު ފުލުހުން މިއަދު މަޝްވަރާކޮށްފިއެވެ.

މި މުހިންމު ބައްދަލުވުން ބާއްވާފައި ވަނީ އިސްކަންދަރު ކޮށީގައެވެ. މި ބައްދަލުވުމުގައި ފުލުހުންނާއި އެޗްޑީސީގެ އިސްވެރިން ބައިވެރިވެ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފުލުހުންގެ މަސައްކަތް ފުޅާކުރުމަށް މަޝްވަރާކޮށްފައިވާކަމަށް ފުލުހުން މައުލޫމާތު ދެއްވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ އިތުރުން ހުޅުމާލޭގެ ރައްޔިތުންނަށް ފަސޭހަ އަދި ރައްކާތެރި މާހައުލެއް ކަށަވަރު ކުރުމަށް އިތުރަށް ކުރެވެން ހުރި މަސައްކަތްތަކާ ގުޅޭ ގޮތުން މަޝްވާރާކުރެވުނުއިރު، މި މަޝްވަރާތަކުގައި ދެ މުއައްސަސާ ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ފާހަގަކުރެވުނުކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އެޗްޑީސީގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ފައްޔާޟް މަންސޫރު، ޗީފް ޕްލޭނިންގ އޮފިސަރ އަޙްމަދު ޒިނާފް، އެކްޓިންގ ޑިވިޝަން ހެޑް (ކޮމާޝަލް) އަޙްމަދު އަސްލަމް، އަދި ޑިރެކްޓަރ އޮފް ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް ސޭލްސް އަޙްމަދު ރަބީޢުއެވެ.

ފުލުހުންގެ ފަރާތުން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އިސްމާޢީލް ނަވީނުގެ އިތުރުން، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މޫސާ އަލީއެވެ.

މި ބައްދަލުވުމަކީ ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ރައްކާތެރިކަން އިތުރުކޮށް، ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތް ފަސޭހަކަމާއެކު ލިބޭނެ ގޮތް ހަމަޖެއްސުމަށް މަގުފަހިވެގެންދާނެ ބައްދަލުވުމެއްކަމަށް ބެލެވެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހިޝާންގެ ފަރާތުން ޖިންސީ ގޯނާ ލިބުނު ކަމަށް އެއްވެސް ކުއްޖަކު ނުބުނޭ: ފުލުހުންޚަބަރު | 6 ގަޑިއިރު ކުރިންކޮންޓްރެކްޓަރުންނަށް ލުއިތަކަކާއެކު އަގުހެޔޮ ފްލެޓްތައް އަޅަން ހުޅުވާލައިފިޚަބަރު | 9 ގަޑިއިރު ކުރިންހޯރަފުށީގައި ބުޅަލެއް މަރާލި މައްސަލަ ފުލުހުން ބަލަނީޚަބަރު | 3 ދުވަސް ކުރިންވިލިމާލެ ފެރީ ޓާމިނަލް ކައިރީގައި މީހަކަށް ވަޅިން ހަމަލާދިން މީހަކު ޖަލަށްލުމަށް ހުކުމްކޮށްފިޚަބަރު | 4 ދުވަސް ކުރިން