logo
Bank of Maldives

Bank of Maldives

ޚަބަރު

ސައިކަލެއްގެ މަޑިދަށުން ވަގަށްނެގި ގިނަ އަދަދެއްގެ ފައިސާ ހޯދައިފި

އައިޝަތު ނަޝާ
27 ސެޕްޓެމްބަރު 2026 - 05:55
ސައިކަލެއްގެ މަޑިދަށުން ވަގަށްނެގި ގިނަ އަދަދެއްގެ ފައިސާ ހޯދައިފި

މި މަހުގެ 23 ވަނަ ދުވަހުގެ ރޭ މާލެ ފަތާ ޓްރެކް ކައިރީގައި ޕާކުކޮށްފައި ހުރި ސައިކަލެއްގެ މަޑިދަށުން ވަގަށްނެގި 150،000 ރުފިޔާގެ ތެރެއިން 100،000 ރުފިޔާ ފުލުހުން ހޯދައިފިއެވެ.

ފުލުހުން ބުނީ މި މައްސަލައިގެ ތަހުގީގުގެ ތެރެއިން އެ ސަރަހައްދުގެ ސީސީޓީވީ ފުޓޭޖް ބަލައި، ސައިކަލު މަޑިދަށުން ފައިސާ ވަގަށްނެގި ކަމަށް ތުހުމަތުކުރެވޭ މީހާ ހޯދައި، އެ މީހާ ފުލުހަށް ހާޒިރުކޮށް ސުވާލުކުރުމުން، ފައިސާ ނެގިކަމަށް އޭނާ އިއުތިރާފުވެފައި ވާ ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި އެ ފައިސާގެ ތެރެއިން، އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ 55،000 ރުފިޔާ ފުލުހުންނާ ވަނީ ހަވާލުކޮށްފައި ކަމަށާއި،އަދި 40،000 ރުފިޔާ، ފައިސާގެ ވެރިފަރާތުގެ އެކައުންޓަށް ވަނީ ޖަމާކޮށްދީފައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ.އަދި 55،000 ރުފިޔާ، ތުހުމަތުކުރެވޭ ފަރާތުން ބޭނުންކޮށްފައިވާތީ އެ ފައިސާ ހޯދުމުގެ މަސައްކަތް ތަހުގީގުގެ ތެރެއިން ދަނީ ކުރަމުން ކަމަށް ވެސްފުލުހުން ވަނީ ބުނެފައެވެ.

 މި މައްސަލައާ ގުޅިގެން އަދި މީހަކު ހައްޔަރުކޮށްފައެއް ނުވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

 މި މައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސައިކަލެއްގެ މަޑިދަށުން ވަގަށްނެގި ގިނަ އަދަދެއްގެ ފައިސާ ހޯދައިފިޚަބަރު | 2 ގަޑިއިރު ކުރިން ގަވައިދާ ހިލާފަށް ފައިމަގުގައި ބްރިޖު ހުރަސްކުރާ ފަރާތްތަކަށް ފިޔަވަޅު އަޅަނީޚަބަރު | 3 ގަޑިއިރު ކުރިންހައުސިން މިނިސްޓްރީން އެއްވެސް ލިޔުމެއް މަދުނުވާކަން ޔަގީންވެއްޖެޚަބަރު | 20 ގަޑިއިރު ކުރިން48 ގުރާމުގެ މަސްތުވާތަކެއްޗާއެކު ދެއްވަދޫއިން 26 އަހަރުގެ މީހަކު ހައްޔަރުކޮށްފިޚަބަރު | ދުވަހެއް ކުރިން