logo
Bank of Maldives

Bank of Maldives

ޚަބަރު

ގަވައިދާ ހިލާފަށް ފައިމަގުގައި ބްރިޖު ހުރަސްކުރާ ފަރާތްތަކަށް ފިޔަވަޅު އަޅަނީ

އައިޝަތު ނަޝާ
27 ސެޕްޓެމްބަރު 2026 - 04:38
 ގަވައިދާ ހިލާފަށް ފައިމަގުގައި ބްރިޖު ހުރަސްކުރާ ފަރާތްތަކަށް ފިޔަވަޅު އަޅަނީ

ގަވައިދާ ހިލާފަށް ސިނަމާލެ ބްރިޖު ހުރަސްކޮށް އެއާޕޯޓަށާއި، ހުޅުމާލެއަށް ދާ މީހުންނަށް ފިޔަވަޅު އަޅާނެ ކަމަށް ފުލުހުން ބުނެފި އެވެ.

ބްރިޖު ހުރަސްކޮށް ހިނގާފައި ނުވަތަ ދުވެފައި އެއާޕޯޓަށާއި ހުޅުމާލެއަށް ދިއުމަކީ މަނާކޮށްފައިވާ ކަމެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފުލުހުން ބުނީ ސިނަމާލެ ބްރިޖުގެ އެއަޕޯޓާ ވީކޮޅުގެ ވޯކްވޭ ބަންދުކުރުމަށްޓަކައި ބަހައްޓާފައިވާ ބެރިކޭޑުތައް ހުރަސްކޮށް ބައެއް ފަރާތްތަކުން ދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިއީ މަނާ ކަމެއް ކަމަށާއި މިގޮތަށް އަމަލުކުރުމުގެ ސަބަބުން ހިތާމަވެރި ހާދިސާއެއް ހިނގުމަކީ އެކަށީގެންވާ ކަމެއްކަން ފުލުހުން ވަނީ ހަނދާން ކޮށްދީފައެވެ.

އެހެންކަމުން، އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، އެ ސަރަހައްދުގައިހިނގާބިނގާވެ އުޅުން މަނާކަން އަންގައިދޭ ނިޝާން ހަރުކޮށްފައިވާނެކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ މި ބޯޑުތަކާއި ނިޝާންތައް ހުރަސްކޮށްދާ ފަރާތްތަކާމެދު ގަވާއިދުގެ ތެރެއިން ފިޔަވަޅު އަޅަމުން ގެންދާނެ ކަމަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސައިކަލެއްގެ މަޑިދަށުން ވަގަށްނެގި ގިނަ އަދަދެއްގެ ފައިސާ ހޯދައިފިޚަބަރު | 36 މިނިޓު ކުރިން ގަވައިދާ ހިލާފަށް ފައިމަގުގައި ބްރިޖު ހުރަސްކުރާ ފަރާތްތަކަށް ފިޔަވަޅު އަޅަނީޚަބަރު | 2 ގަޑިއިރު ކުރިންހައުސިން މިނިސްޓްރީން އެއްވެސް ލިޔުމެއް މަދުނުވާކަން ޔަގީންވެއްޖެޚަބަރު | 19 ގަޑިއިރު ކުރިން48 ގުރާމުގެ މަސްތުވާތަކެއްޗާއެކު ދެއްވަދޫއިން 26 އަހަރުގެ މީހަކު ހައްޔަރުކޮށްފިޚަބަރު | 21 ގަޑިއިރު ކުރިން