logo
ޚަބަރު

ސްކޭމްކޮށްގެން ފާއިތުވި ހަފްތާގެ ތެރޭގައި ހަތަރު ލައްކަ އަށްވުރެ ގިނަ ރުފިޔާ ގެއްލުނު

ހުސައިން ވަސީމް
22 މޭ 2025 - 07:27
ސްކޭމްކޮށްގެން ފާއިތުވި ހަފްތާގެ ތެރޭގައި ހަތަރު ލައްކަ އަށްވުރެ ގިނަ ރުފިޔާ ގެއްލުނު

ސްކޭމްކޮށްގެން ފާއިތުވި ހަފްތާގެ ތެރޭގައި ހަތަރު ލައްކަ އަށްޑިހަ އެއްހާހަށް ވުރެ ގިނަ ރުފިޔާ ގެއްލިފައިވާކަން ދިވެހި ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެންޓި ސްކޭމް ސެންޓަރުން ވަނީ މި މަހުގެ 13ވަނަ ދުވަހުން ފެށިގެން 19ވަނަ ދުވަހުގެ ނިޔަލަށް ސްކޭމް މައްސަލަތަކުގެ ތަފާސްހިސާބުތައް ހިއްސާކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ތަފާސްހިސާބުތަކުން ދައްކާގޮތުގައި އެ ސެންޓަރަށް 45 މައްސަލައެއް ރިޕޯޓުކޮށްފައިވެ އެވެ.

ސްކޭމް މައްސަލަތަކުގައި މީހުންގެ އަތުން ގިނަ އަދަެއްގެ ފައިސާ ގެއްލެ އެވެ. އެހެންނަމަވެސް އެފައިސާ ފުލުހުން ހޯދަ އެވެ. އެގޮތުން ޖުމްލަ 481,520.67 ރުފިޔާ ގެއްލިފަވާއިރު 383,610.08 ރުފިޔާ ވަނީ އަނބުރާ ހޯދާފައެވެ.

ގެއްލުނު ފައިސާގެ ތެރެއިން 80 އިންސައްތަ ހޯދާފަވާއިރު އެންމެ ގިނައިން ހިންގާފައިވަނީ އީ-ކޮމާސް ސްކޭމްގެ މައްސަލަތަކެވެ. އެގޮތުން އެބާވަތުގެ 26 މައްސަލަ ހުށަހަޅާފައިވެއެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެންމެ ގިނައިން ސްކޭމަރުން ބޭނުންކޮށްފައިވަނީ ފޭސްބުކް މާކެޓްޕްލޭސްއެވެ. ފޭސްބުކް މާކެޓްޕްލޭސް 20 މައްސަލަ އެންޓި ސްކޭމް ސެންޓަރަށް ފާއިތުވި އެއް ހަފްތާގެ ތެރޭގައި ހުށަހަޅާފައިވެއެވެ.

ސްކޭމް އިން ރައްކާތެރިވުމަށް އޮންލައިން ޝޮޕިންގ ކުރާއިރު ރައްކާތެރިވުމުގެ ގޮތުން އޮންލައިން ޝޮޕިންގއަށް ވަކި އީމެއިލް އެޑްރެހެއް ބޭނުންކުރުމާއި ކްރެޑިޓް ކާޑު ނުވަތަ ވާރޗުއަލް ކާޑު ފަދަ ރައްކާތެރި ފައިސާ ދެއްކުމުގެ ގޮތްތައް ބޭނުންކުރުން އަދި އެޕްލިކޭޝަންތައް ޑައުންލޯޑުކުރަނީ ހަމައެކަނި ރަސްމީ ތަންތަނުން (ގޫގުލް ޕްލޭ ސްޓޯރ ނުވަތަ އެޕަލް އެޕް ސްޓޯރ) އިންކަން ކަށަވަރުކުރުމުގެ އިތުރުން އިތުރު ރައްކާތެރިކަމަށް އެންޓި-ފިޝިންގ ސޮފްޓްވެއަރ ބޭނުންކުރުމަކީ އެޅިދާނެ ފިޔަވަޅުތަކެކެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޮގަސްޓު މަހުގެ ނިޔަލަށް ވައްކަމުގެ 1833 މައްސަލަ ހުށަހަޅާފައިވޭ: ފުލުހުންޚަބަރު | މަހެއް ކުރިންސްކޭމްކޮށްގެން ފާއިތުވި ހަފްތާގެ ތެރޭގައި ހަތަރު ލައްކަ އަށްވުރެ ގިނަ ރުފިޔާ ގެއްލުނުޚަބަރު | 4 މަސް ކުރިންހުޅުމާލޭ ދެވަނަ ފިޔަވަހީގައި ފުލުހުންގެ މަސައްކަތް ފުޅާކުރުމަށް މަޝްވަރާކޮށްފިޚަބަރު | 4 މަސް ކުރިންކުރީގެ އަނބިމީހާ ބްލެކްމެއިލް ކުރި މީހަކު ހައްޔަރުކޮށްފިޚަބަރު | 5 މަސް ކުރިން