logo
ޚަބަރު

އަހަރުތަކެއްގެ މެދުކެނޑުމަށްފަހު އޭޝިއަން ޔޫތު ގޭމްސް ބަހްރޭނުގައި

މުހައްމަދު މޫސާމުހައްމަދު މޫސާ
1 ފެބްރުއަރީ 2025 - 06:11
އަހަރުތަކެއްގެ މެދުކެނޑުމަށްފަހު އޭޝިއަން ޔޫތު ގޭމްސް ބަހްރޭނުގައި

އަހަރުތަކެއްގެ މެދުކެނޑުމަކަށްފަހު، މިއަހަރުގެ އޮކްޓޫބަރު މަހު އޭޝިއަން ޔޫތު ގޭމްސް ބަހްރޭނުގައި ބޭއްވުމަށް ވަނީ ނިންމައިފިއެވެ.

އެ ޤައުމުގައި މި ގޭމްސް ބޭއްވުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރު 22 އިން 30 އަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިއަހަރުގެ ގޭމްސް ބާއްވާނެކަން ރަސްމީކޮށް އިޢުލާނުކުރީ ޖެނުއަރީ 28 ވަނަ ދުވަހު ބަހްރޭނުގެ ވެރިރަށް މަނާމާގައި ހުންނަ ރިޓްޒް ކާލްޓަން ހޮޓެލުގައި ބޭއްވުނު ކުލަގަދަ ރަސްމިއްޔާތެއްގައެވެ. މި ރަސްމިއްޔާތުގައި އޭޝިއަން ޔޫތު ގޭމްސްގެ ލޯގޯ ވެސް ވަނީ އިފްތިތާހުކޮށްފައެވެ.

މި ގޭމްސްގެ މުބާރާތްތައް ކުރިއަށްދާނީ ބަހްރޭނުގެ ސްޕޯޓްސް ސިޓީއާއި، ބަހްރޭން އިންޓަނޭޝަނަލް ސާރކިޓް އަދި ރޯޔަލް ގޮލްފް ކްލަބުގައެވެ. މިއަހަރުގެ ގޭމްސްގައި ބައިވެރިވެވޭނީ 14 އަހަރާއި 17 އަހަރާ ދެމެދުގެ އެތުލީޓުންނަށެވެ.

ޖުމުލަ 21 ކުޅިވަރެއް ހިމެނޭ މި ގޭމްސްގައި 45 ޤައުމަކުން 2000 އަށްވުރެ ގިނަ އެތުލީޓުން ބައިވެރިވާނެކަމަށް ލަފާކުރެވެއެވެ. ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ މި ގޭމްސްއަކީ ޒުވާން އެތުލީޓުންނަށް އެމީހުންގެ ހުނަރާއި ޤާބިލުކަން ދައްކާލުމުގެ މުހިންމު ފުރުޞަތެއް ކަމުގައި ބެލެވެއެވެ.

މި ގޭމްސް އަނެއްކާވެސް ބޭއްވުމަށް ނިންމުމަކީ އޭޝިއާގެ ޒުވާން އެތުލީޓުންނަށް ލިބުނު ވަރަށް ބޮޑު އުފަލެކެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މައިކަލް އޯވެން އާއި އެކު ރާއްޖޭގައި ފުޓްބޯޅަ ކޭމްޕެއްޚަބަރު | 2 މަސް ކުރިންޑިއޯގޯގެ މަރު: ސަލާހް ވެސް ހިތް ހަލާކުވެފައިކުޅިވަރު | 2 މަސް ކުރިންވޯލްޑްކަޕް މެޗުތަކުގެ މޫސުމާއި ގުޅޭ ގިނަ ޝަކުވާތަކެއް، އެއް މެޗެއްގައި 10 ކުޅުންތެރިން ބަދަލުކޮށްދިނުމަށް އެދެފިކުޅިވަރު | 2 މަސް ކުރިންއެކަޑަމީތަކުގެ މުބާރާތުގެ 13 އަހަރުންދަށުގެ ޗެމްޕިއަންކަން ހުއްރިއްޔާ އެކަޑަމީ ހޯދައިފިކުޅިވަރު | 3 މަސް ކުރިން