logoEN
ޚަބަރު

މިދިޔަ މަހު ރާއްޖެއަށް ދެ ލައްކަ ފަތުރުވެރިން، ކުރީގައި ޗައިނާ

މުހައްމަދު މޫސާމުހައްމަދު މޫސާ

01 ފެބްރުއަރީ 2025 - 06:24

ފާއިތުވި ޖެނުއަރީ މަހު ރާއްޖެއަށް ދެ ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. މިއީ ކުރީ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 11.1 ޕަސެންޓުގެ ކުރިއެރުމެކެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މިދިޔަ ޖެނުއަރީ މަހު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. ޖެނުއަރީ 29 ގެ ނިޔަލަށް ޗައިނާގެ 31،388 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ.

ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ ތެރެއިން 69.7 ޕަސެންޓް (134،714 ފަތުރުވެރިން) ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓުތަކުގައެވެ. އަދި 25.5 ޕަސެންޓް (50،864 ފަތުރުވެރިން) ޗުއްޓީ ހޭދަކޮށްފައިވަނީ ގެސްޓްހައުސްތަކުގައެވެ.

ފަތުރުވެރިކަމުގެ ގަދަ 10 ގައުމުގެ ތެރޭގައި ޗައިނާގެ ފަހަތުން ދެވަނައަށް އަންނަނީ ރަޝިއާއެވެ. ރަޝިއާއިން 20،902 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ތިންވަނައިގައި އޮތީ އިޓަލީއެވެ. އިޓަލީއިން 19،042 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ. ހަތަރުވަނައިގައި އޮތީ އިނގިރޭސިވިލާތެވެ. އިނގިރޭސިވިލާތުން 17،714 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެއެވެ.

މިވަގުތު ރާއްޖޭގައި ފަތުރުވެރިކަމަށް 177 ރިސޯޓާއި 793 ގެސްޓްހައުސް އަދި 154 ސަފާރީ އުޅަނދާއި 15 ހޮޓާ ދަނީ ހިންގަމުންނެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން މިފަދަ ކުރިއެރުމެއް ލިބުމަކީ ރާއްޖޭގެ އިޤްތިޞާދަށް ލިބޭ ވަރަށް ބޮޑު ހިތްވަރެކެވެ. އަދި މިއީ ކޮވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށްފަހު ފަތުރުވެރިކަމުގެ ދާއިރާ އަލުން ކުރިއަރަމުންދާކަމުގެ ހެއްކެކެވެ.

ކޮމެންޓް

871x217_placeholder