logo
Bank of Maldives

Bank of Maldives

ޚަބަރު

ނަތީޖާ ދަށް ދަރިވަރުންނަށް ނޭޝަނަލް ސާވިސް ޕްރޮގްރާމް ފަށަން ތައްޔާރުވަނީ

ރަނާ އަޙްމަދު ފަޔާޒް
2 ފެބްރުއަރީ 2025 - 08:10
ދިވެހި ސިފައިންގެ ހާއްސަ ހިނގާލުން -- ފޮޓޯ: އެޑިޝަން އެމްވީ
ދިވެހި ސިފައިންގެ ހާއްސަ ހިނގާލުން -- ފޮޓޯ: އެޑިޝަން އެމްވީ

ނަތީޖާ ދަށް ދަރިވަރުންނަށް ނޭޝަނަލް ސާވިސް ޕްރޮގްރާމް ފެށުމަށް ތައްޔާރުވުމުގެ ގޮތުން އެކުލަވަލާ ކޮމެޓީއަށް ފަރާތްތައް ހޯދުމަށް އިއުލާންކޮށްފިއެވެ.

އެގޮތުން މި ކޮމެޓީއަށް ޑެޕިއުޓީ ޑިރެކްޓަރެއްގެ އިތުރުން އެސިސްޓެންޓް ޑިރެކްޓަރެއް ބޭނުންވާ ކަމަށް ގެޒެޓުގައި ނެރުނު އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަގާމުތަކުގެ ޝަރުތުތަކުގެ ތެރޭގައި މަސައްކަތް ކުރުމުގެ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަގާމަށް ބޭނުންވާ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 (ޑިޕްލޮމާ) ،ލެވެލް 6 ،  ލެވެލް 7 ، ލެވެލް 8 ، ނުވަތަ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 9 އަހަރު، 6 އަހަރު ، ނުވަތަ 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ހިމެނެއެވެ.

ޑެޕިއުޓީ ޑިރެކްޓަރުގެ މަގާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ނޭޝަނަލް ސަރވިސް ޕުރޮގުރާމާ ގުޅޭގޮތުން އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ސެކްރެޓޭރިއެޓް ހިންގަވާ އިސްބޭފުޅެއްގެ މަޝްވަރާގެ މަތިން ހިންގުން އަދި ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ކުރަންޖެހޭ ކަންތައްތައް ވިލަރެސްކުރުމާއި،  ޕުރޮގުރާމް ހިންގުމަށްޓަކައި އެންމެ އިސްކަން ދޭންޖެހޭ ކަންތައްތައް ކަމާބެހޭ މުއައްސަސާތަކުގެ މަޝްވަރާއާއެކު އެކުލަވައިލުމާއި، ޕުރޮގުރާމް ފަރުމާކުރުމުގައި ބަލަންޖެހޭ ކަންތައްތައް ބެލުމާއި، ޕުރޮގުރާމުގެ މަގުސަދު ހާސިލުވަމުންދާ މިންވަރު ބަލައި އެސެސްމެންޓުތައް ހެދުމުގެ އިތުރުން ޕުރޮގުރާމާ ގުޅޭގޮތުން އޮފީހުގައި ބާއްވަންޖެހޭ ބައްދަލުވުންތައް އިންތިޒާމުކުރުމާއި، ޚާއްޞަ ގޮތެއްގައި ކުރަންޖެހޭ ކަންތައްތައް ކުރުން. ހިމެނެއެވެ.

އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމުގެ މައުގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ނޭޝަނަލް ސަރވިސް ޕުރޮގުރާމާ ގުޅޭގޮތުން އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، ޕުރޮގުރާމް ހިންގުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކުގެ ޓައިމްލައިން ތައްޔާރުކޮށް، މޮނިޓަރކުރުމާއި، ޕުރޮގުރާމް ފަރުމާކުރުމުގައި އެހީތެރިވެދިނުމުގެ އިތުރުން ޕުރޮގުރާމުގެ މަގުސަދު ހާސިލުވަމުންދާ މިންވަރު ބަލައި އެސެސްމަންޓުތައް ހެދުމާއި، ޕުރޮގުރާމާ ގުޅޭގޮތުން މި އޮފީހުގައި ބާއްވަންޖެހޭ ބައްދަލުވުންތައް އިންތިޒާމުކުރުމާއި، ޔައުމިއްޔާ ލިޔެ ބެލެހެއްޓުމުގެ އިތުރުން ޚާއްޞަ ގޮތެއްގައި ކުރަންޖެހޭ ކަންތައްތައް ކުރުން ހިމެނެއެވެ.

މި މަގާމުތަކަށް ޝަރުތު ހަމަވާ މީހުން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވަޒީފާއަށް އެދޭ މީހުން ފުރިހަމަކުރާ މައުލޫމާތު ފޯމު ފުރިހަމަކުރެއްވުމަށްފަހު އީމެއިލް މެދުވެރިކޮށް ނުވަތަ އޮފީހުގެ ރިސެޕްޝަން ކައުންޓަރަށް ފޮމު ހުށައްޅުއްވުމަށް އެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.

އޯލެވަލް ނިންމާ ކުދިންގެ ތެރެއިން އޭލެވަލްއަށް ނުދާ ކުދިންނާއި ވަޒީފާ ހޯދުމަށް ދަތިވާ ކުދިންނަށް އަސްކަރީ ތަމްރީން ހެދުމަށް މަޖުބޫރުކުރުވުމަށް ނިންމައިފައިވަނީ  ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ބޭއްވި ހާއްސަ ރަަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްކެވި ވާހަކަފުޅުގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މަގުމަތީގެ ރައްކާތެރިކަން ހަނދާންކޮށް ދިނުމަށް ހަރަކާތެއް ފަށައިފިޚަބަރު | 2 ގަޑިއިރު ކުރިންދިވެހި ވަޠަނީ ޚިދުމަތުގެ ތަމްރީނަށް 343 ޒުވާނުން، ރައީސްގެ މަރުޙަބާޚަބަރު | 4 ގަޑިއިރު ކުރިންފޭސްބުކް މާކެޓް ޕްލޭސްއިން އެއްޗެހި ގަތުމުގައި ސަމާލުވާން ފުލުހުން އިލްތިމާސްކޮށްފިޚަބަރު | 14 ގަޑިއިރު ކުރިން ޙަޤީޤަތް ބެލުމެއްނެތި އަނެކާއަށް ގެއްލުންދޭ ގޮތަށް ހިތަށް އައިހާ އެއްޗެއް ލިޔުމަކީ އިންސާނަކަށްވީތީ ވެސް ކުރެވޭނެ ކަމެއްނޫން: ރައީސްޚަބަރު | 20 ގަޑިއިރު ކުރިން