logo
Bank of Maldives

Bank of Maldives

ޚަބަރު

ނަޝީދާއި ފައްޔާޒް ހުށަހަޅުއްވައިގެން އުޅުއްވާ ކަންކަމަކީ މެންޑޭޓުން ބޭރު ކަންކަން: ރައީސް

އައިޝަތު ނަޝާ
20 އޭޕްރީލު 2026 - 10:10
 ނަޝީދާއި ފައްޔާޒް ހުށަހަޅުއްވައިގެން އުޅުއްވާ ކަންކަމަކީ މެންޑޭޓުން ބޭރު ކަންކަން: ރައީސް

ރާއްޖޭގެ ވެރިކަން ހިންގުމުގެ ނިޒާމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި އެމްޑީޕީގެ ކުރިގެ ޗެއަރޕާސަން ފައްޔާޒް އިސްމާއީލް ހުށަހެޅުއްވި ބަދަލުތަކަކީ މެންޑޭޓުން ބޭރު ކަންކަން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައަމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވީ،ރައްޔިތުން އެ މަނިކުފާނާ ހަވާލުކުރީ މި ސަރުކާރުންވީ ވައުދުތައް ފުއްދައި، ސަރުކާރުގެ ފަސް އަހަރުގެ މެނިފެސްޓޯގައިވާ މަސައްކަތްތައް ކުރުމަށް ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

"ރައްޔިތުން އަޅުގަނޑަށް ދެއްވާފައިވާ މެންޑޭޓަކީ ފަސް އަހަރުގެ ދައުރެއް އަޅުގަނޑާ ހަވާލުކުރިއޭ ތިމަންނަމެން މި ހަވާލުކުރިއޭ އަޅުގަނޑު އިއުލާންކުރި މެނިފެސްޓޯ އާއި ވައުދުތަކާ އެއްގޮތަށް ކަންކަން ކުރުމަށް،" ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައަމަދު މުއިއްޒު

ރައީސް ވިދާޅުވީ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ބެލުމަށާއި ގާނޫނުއަސާސީއަށް ބަދަލު ގެންނަން ހިޔާލު ހޯދުމުގެ ވޯޓެއް ނެގުމުން ރައްޔިތުންގެ ބޮޑު އަޣުލަބިއްޔަތެއް ނޫނެކޭ ބުނި ސަބަބަކީ ވެސް ގާނޫނުއަސާސީއަށް ބޮޑެތި ބަދަލުތަކެއް ގެންނަން ރައްޔިތުން ބޭނުންނުވާތީ ކަމަށެވެ.

އެހެންވެ، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން އިތުރުވިޔަ ނުދީ ހިފެހެއްޓުމާއި މަޖިލިހުގައި އަންހެނުންނަށް އަދި ޒުވާނުންނަށް ވަކި އިންސައްތައެއް ކަނޑައެޅުމާއި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ އެކުލެވުން ބަދަލުކުރުން ފަދަ ވައުދުތައް ފިޔަވައި އިތުރު ބަދަލެއް ނުގެންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

"ބޮޑު ބަދަލު" ގެ ނަމުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޝީދާއި ފައްޔާޒް ހުށަހެޅުއްވި މައިގަނޑު ބަދަލަކީ ސަރުކާރުގެ މަތީ ވެރިޔާ އާއި ދައުލަތުގެ މަތީ ވެރިޔާ ދެ މަގާމަކަށް ހެދުމެވެ. ދެ ބޭފުޅުން ހުށަހެޅުއްވި ޕްރެޒެންޓޭޝަންގައި ސަރުކާރުގެ މަތީ ވެރިޔާ އިންތިހާބުކުރާނީ މިހާރު ވެސް ރައީސް އިންތިހާބުކުރާ ގޮތަށް ރައްޔިތުންގެ ސާފު އަޣުލަބިއްޔަތު ވޯޓަކުންނެވެ. ދައުލަތުގެ ވެރިޔާ އިންތިހާބުކުރާނީ މަޖިލިސް މެމްބަރުންނާއި ކައުންސިލަރުންގެ ވޯޓަކުންނެވެ. އެކަމަކު، ވަކިކުރެވޭނީ ރައްޔިތުންގެ އާންމު ވޯޓަކުންނެވެ.

ނަޝީދާއި ފައްޔާޒް ހުށަހެޅުއްވި އެހެން ބަދަލުތަކުގެ ތެރޭގައި މަޖިލިހުގެ ކޮމްޕޮޒިޝަން ބަދަލުކޮށް މެމްބަރުންގެ އަދަދު ކޮންޓްރޯލް ކުރުމާއި ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ބާރުތައް ހަނިކުރުމާއި ރައްޔިތުންގެ ވޯޓަކުން ފަނޑިޔާރުން ވަކި ކުރެވޭނެ ގޮތަށް ހެދުމާއި ދައުލަތުގެ މާލިއްޔަތަށް އަސަރުތައް ކުރާ ބޮޑެތި ކަންކަމުގައި ރައްޔިތުންގެ ބަސް ހޯދަން ޖެހޭ ގޮތަށް ބަދަލުކުރުން ހިމެނެއެވެ. ނަޝީދު ވަނީ މި ބަދަލުތައް ގެނައުމަށް މަޝްވަރާކުރުމަށް އެއް މޭޒަކަށް ވަޑައިގަންނަވަން ރައީސަށް ދައުވަތު ދެއްވައިފައެވެ.

އަދި މިއީ 2028 ވަނަ އަހަރުގެ ފަހުން ހޯދަންޖެހޭ ބަދަލެއް ނޫން ކަމަށް ވިދާޅުވެ،ރައީސް ނަޝީދު ވަނީ އެކުގައި މަޝްވަރާކޮށްގެން މިހާރުން މިހާރަށް މި ބަދަލުތައް ގެންނަން އެދިވަޑައިގެންފައެވެ. އަދި ބަދަލުތައް ގެންނަން މަގުމަތީ ހަރަކާތްތައް ވެސް ކުރިއަށްގެންދާނެކަން ކުރީގެ ރައީސް ނަޝީދު އިއުލާނުކުރެއްވިއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނަޝީދާއި ފައްޔާޒް ހުށަހަޅުއްވައިގެން އުޅުއްވާ ކަންކަމަކީ މެންޑޭޓުން ބޭރު ކަންކަން: ރައީސްޚަބަރު | 2 ގަޑިއިރު ކުރިންވަޒީފާ ދިނުމުގައި އިސްކަންދޭނީ ތައުލީމާއި ތަޖުރިބާއަށް ބަލާފައި: ރައީސްޚަބަރު | 3 ގަޑިއިރު ކުރިންއެމްއޭސީއެލުން މަސައްކަތް ނުކުރާ ބަޔަކަށް މުސާރަ ދޭ ކަމަށް ބުނާ ލިސްޓެއް ނުލިބޭ: ރައީސްޚަބަރު | 4 ގަޑިއިރު ކުރިންތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދާ ސްޕީޑާ މެދު ހިތްހަމައެއް ނުޖެހޭ: ރައީސްޚަބަރު | 6 ގަޑިއިރު ކުރިން