logo
MPL

MPL

ޚަބަރު

ތަރައްގީ ކަށަވަރު ކުރެވުނީ ބޭރުގެ އިންވެސްޓްމަންޓްތަކަށް މަރުހަބާ ކީ ގައުމުތަކަށް: ރައީސް ނަޝީދު

އައިޝަތު އިނާޝާ
15 ނޮވެމްބަރު 2026 - 13:21
ތަރައްގީ ކަށަވަރު ކުރެވުނީ ބޭރުގެ އިންވެސްޓްމަންޓްތަކަށް މަރުހަބާ ކީ ގައުމުތަކަށް: ރައީސް ނަޝީދު

އިސްތިއުމާރީ އަޅުވެތިކަން ދުށް ގައުމުތަކުގެ ތެރެއިން ތަރައްގީ ކަށަވަރު ކުރެވުނީ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް އަށް މަރުހަބާ ކީ ގައުމުތަކަށް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ނަޝީދު ވިދާޅުވީ، ހަމައެކަނި ރޯ މެޓީރިއަލް ނެގުމަށް އަންނަ އިންވެސްޓްމަންޓްތަކުން ނުފުދޭ ކަމަށާއި، އޭގެ ބަދަލުގައި އެ ތަކެތި ޕްރޮސެސްކޮށް، އުފެއްދުންތެރިކަމަށް މަގުފަހިވާ ފަދަ އިންވެސްޓްމަންޓްތައް ވުން ލާޒިމު ކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމަނިކުފާނު މިސާލު ޖައްސަވަމުން ވިދާޅުވީ، ސިންގަޕޫރު ނުވަތަ ދެކުނު ކޮރެއާގެ މިނިވަންކަމަށް ނުވަތަ އިސްތިގުލާލަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓްގެ ސަބަބުން އެއްވެސް ނޭދެވޭ އަސަރެއް ކޮށްފައި ނުވާ ކަމަށެވެ. އޭގެ ބަދަލުގައި ބޭރުގެ އިންވެސްޓްމަންޓްތަކާއެކު އެ ގައުމުތަކުގެ އިގްތިސާދު ވަރުގަދަވެ، އެ ބާރުގައި ގައުމުގެ އިސްތިގުލާލު ހިމާޔަތް ކުރުމުގެ ފަންވަރު ލިބި، ބައިނަލްއަގްވާމީ ދަނޑުގައި އެ ގައުމުތަކަށް ޖާގަ ކަށަވަރުވެގެން ދިޔަ ކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

މި މޭރުމުން ރައީސް ނަޝީދު ވާހަކަފުޅު ދައްކަވާފައިވާއިރު، މިހާރުގެ ސަރުކާރުން ބޭރުގެ އިންވެސްޓްމަންޓްތަކަށް ހުޅުވާލައިގެން ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫއު ކަމަށްވާ "ރަސްމާލެ" މަޝްރޫއަށް ވެސް އެމަނިކުފާނު ގެންދަވަނީ ތާއީދު ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރަސްމާލެ މަޝްރޫއަކީ ރާއްޖޭގެ ތާރީހުގައި ހިންގޭ ބިން ހިއްކުމުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާއިރު، މި މަޝްރޫއު ކުރިއަށްގެންދަނީ ބޭރުގެ ކުންފުނިތަކާ ހަވާލުކޮށްގެން އިންވެސްޓްމަންޓް އުސޫލުންނެވެ. ބޭރުގެ އިންވެސްޓްމަންޓްތަކާއެކު ހިންގާ މިފަދަ ބޮޑެތި މަޝްރޫއުތަކާ ގުޅޭގޮތުން ސިޔާސީ މަސްރަހުގައި އެކި ގޮތްގޮތަށް ޚިޔާލުތަފާތުވުންތައް އުފެދިފައިވާ ދަނޑިވަޅެއްގައި، ރައީސް ނަޝީދު ވަނީ ތަރައްގީއަށްޓަކައި ބޭރުގެ އިންވެސްޓްމަންޓްތަކަށް މަރުހަބާ ކިޔުމުގެ މުހިންމުކަމަށް ބާރުއަޅުއްވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތަރައްގީ ކަށަވަރު ކުރެވުނީ ބޭރުގެ އިންވެސްޓްމަންޓްތަކަށް މަރުހަބާ ކީ ގައުމުތަކަށް: ރައީސް ނަޝީދުޚަބަރު | 34 މިނިޓު ކުރިން ނަޝީދާއި ފައްޔާޒް ހުށަހަޅުއްވައިގެން އުޅުއްވާ ކަންކަމަކީ މެންޑޭޓުން ބޭރު ކަންކަން: ރައީސްޚަބަރު | 7 މަސް ކުރިންސީވީއެފްގެ އެސްޖީ މަގާމަށް ފަހު ރައީސް ނަޝީދު ރާއްޖެއަށް ބަދަލުވެއްޖެޚަބަރު | 7 މަސް ކުރިން