logo
MPL

MPL

ޚަބަރު

ސީވީއެފްގެ އެސްޖީ މަގާމަށް ފަހު ރައީސް ނަޝީދު ރާއްޖެއަށް ބަދަލުވެއްޖެ

އައިޝަތު އިނާޝާ
17 އޭޕްރީލު 2026 - 15:40
ސީވީއެފްގެ އެސްޖީ މަގާމަށް ފަހު ރައީސް ނަޝީދު ރާއްޖެއަށް ބަދަލުވެއްޖެ

ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް) ގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމު ފުރިހަމަ ކުރެއްވުމަށް ފަހު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ދިރިއުޅުން ރާއްޖެެއަށް ބަދަލުކުރައްވައިފިއެވެ.

ކްލައިމެޓް ވަލްނަރަބަލް ފޯރަމްގެ ސެކްރެޓަރީ ޖެނެރަލްކަން ކުރައްވަން ނަޝީދު ހަވާލުވެވަޑައިގެންނެވީ އެމްޑީޕީގެ ވެރިކަން ނިމުމާއެކު ޑިސެމްބަރު، 2023 ގަ އެވެ. އެއާއެކު، ސީވީއެފްގެ ރިޔާސަތު ބަލަހައްޓާ ގާނާއަށް ޖެނުއަރީ، 2024 ގައި ވަގުތީ ގޮތުން ދިރިއުޅުއްވަން ބަދަލުކުރެއްވި އެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި ސިޔާސީ މައިދާނުން ފެޔަށް ޖެހިވަޑައިގެންކަން ނަޝީދު ވަނީ އިއުލާނު ކުރައްވާފައެވެ. ނަމަވެސް ދޭތެރެދޭތެރެއިން ރާއްޖެ ވަޑައިގެން، ބައެއް ސިޔާސީ ހަރަކާތްތަކުގައި އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވައެވެ. މިދިޔަ 2023ގެ ރިޔާސީ އިންތިހާބު ތެރޭ އުފެދުނު ހިޔާލު ތަފާތުވުންތަކަށް ނަޝީދާއި އަރިސް ބޭފުޅުން ވަނީ އެމްޑީޕީ ދޫކުރައްވައި ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީއެއް އުފައްދަވާފައެވެ. ނަމަވެސް މިދިޔަ އަހަރު އަލުން ނަޝީދު ހިމެނިވަޑައިގަންނަވާހެން ގިނަ ބަޔަކު ވަނީ އަލުން އެމްޑީޕީއާ ގުޅިވަޑައިގެންނަވާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ތަރައްގީ ކަށަވަރު ކުރެވުނީ ބޭރުގެ އިންވެސްޓްމަންޓްތަކަށް މަރުހަބާ ކީ ގައުމުތަކަށް: ރައީސް ނަޝީދުޚަބަރު | ގަޑިއިރެއް ކުރިން ނަޝީދާއި ފައްޔާޒް ހުށަހަޅުއްވައިގެން އުޅުއްވާ ކަންކަމަކީ މެންޑޭޓުން ބޭރު ކަންކަން: ރައީސްޚަބަރު | 7 މަސް ކުރިންސީވީއެފްގެ އެސްޖީ މަގާމަށް ފަހު ރައީސް ނަޝީދު ރާއްޖެއަށް ބަދަލުވެއްޖެޚަބަރު | 7 މަސް ކުރިން